ސްޕޮޓިފައިގެ ވެރިޔާ ޑެނިީލް އެކް ބީބީސީއަށް ބަސްދީގަތުމެއް ދެނީ.

އޭއައި ބޭނުންކޮށް އުފައްދާ މިއުޒިކް މަނާ ނުކުރާނެ ކަމަށް ސްޕޮޓިފައިގެ ވެރިޔާ ބުނެފި

ފަންނީ ސިނާއަތްތަކުގެ ގިނަ އާޓިސްޓުންތަކެއް އަންނަނީ އޭއައިއާ ދެކޮޅަށް އަޑުއުފުލަމުން
26 ސެޕްޓެމްބަރު 2023

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށް އުފައްދާފައި ހުންނަ މިއުޒިކް މަނާކުރުމުގެ ވިސްނުމެއް ސްޕޮޓިފައި އިން ނުގެންގުޅޭ ކަމަށް އެ ކުންފުނީގެ ވެރިޔާ ޑެނީލް އެކް ވިދާޅުވެއްޖެ އެވެ.

މިއަހަރު ކުރީކޮޅު ސްޕޮޓިފައި އިން ވަނީ އޭއައި އިން އުފައްދާ އެ ޕްލެޓްފޯމަށް ލި މަޝްހޫރު ދެ މިއުޒީޝަނުންގެ ލަވައެއް އެ ޕްލެޓް ފޯމުން ނަގައިފަ އެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި އެކް ވިދާޅުވީ މިއުޒިކް އުފެއްދުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފެން އޮތް އިރު، އެއްވެސް އާޓިސްޓެއްގެ ހުއްދަ ނެތި އެމީހުންގެ މިއުޒިކް އޭއައި ބޭނުންކޮށް ބަދަލުކޮށް ވިޔަފާރީގެ ބޭނުމެއް ހިފައިގެން ނުވާނެ ކަމަށެވެ.  

އަދި ކުރިއަށް އޮތް ގިނަ އަހަރުތަކެއް ވަންދެން މިއުޒިކުގައި  އޭއާއި ބޭނުންކުރުމާ ބެހޭގޮތުން ވަކާލާތު ކުރެވެމުން ދާނެ ކަމަށް އެކް ވިދާޅުވި އެވެ. 

އާންމުކޮށް މީޑިއާއާ ވަރަށް ދުރުން އުޅުއްވާ އެކް ވިދާޅުވީ މިއުޒިކް ސިނާއަތުގައި އޭއައިގެ ބޭނުން ތިން ގޮތަކަށް ހިފަމުން އަންނަ ކަމަށެވެ.  އެއީ :

  • 1-

    ބޭނުންކުރުން ރަނގަޅުކަމަށް އެކް ގަބޫލުކުރައްވާ މިއުޒިކު އިތުރަށް ފުރިހަމަކުރަން އޮޓޯ-ޓިއުން ކުރާ ޓޫލްތައް،

  • 2-

    އެކް ތާއީދު ނުކުރައްވާ އާޓިސްޓުން މިމިކް ކުރާ ޓޫލްތައް، އަދި

  • 3-

    އާޓިސްޓުންގެ މިއުޒިކުން ނުފޫޒު ފޯރާފައި ހުންނަ އެކަމު އެ އާޓިސްޓުން ސީދާ ކޮޕީކޮށްފައި ނުހުންނަ މިއުޒިކު އުފެއްދުމަށް

މިއުޒިކް ސިނާއަތަށް އޭއައިގެ ސަބަބުން އޮތް ގޮންޖެހުމާ ބެހޭ ގޮތުން އެކް ވިދާޅުވީ "މިއީ އުނދަގޫ ކަމަކަށް ވާނެ" ކަމަށެވެ. 

ސްޕޮޓިފައިގައި އޭއައިއާ ބެހޭ ހުރިހާ ކަމެއް މަނާކޮށްފައި ނުވި ނަމަވެސް އެ ޕްލެޓްފޯމުގައި ހުންނަ ކޮންޓެންޓުތައް ބޭނުންކޮށް އޭއައި މޮޑެލްތައް ތަމްރީނު ކުރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. 

ފަންނީ ސިނާއަތްތަކުގައި މަސައްކަތް ކުރާ ގިނަ އާޓިސްޓުންތަކެއް އަންނަނީ އޭއައިއާ ދެކޮޅަށް އަޑު އުފުލަމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް