އިންޑިއާގައި ވަޓްސްއެޕް ބޭނުންކުރާ 487 މިލިއަން ކަސްޓަމަރުން އެބަތިބި.

ވަޓްސްއެޕް ސްޕޭމް ކޯލުތަކުގެ މިންވަރު އިންޑިއާގައި އިންތިހާ މައްޗަށް ހިނގައްޖެ

އިންޑިއާގައި ގައި ވަޓްސްއެޕް ބޭނުންކުރާ 487 މިލިއަން ކަސްޓަމަރުން އެބަތިބި

ގޮތް ނޭނގޭ ބައިނަލްއަގްވާމީ ގިނަ ނަމްބަރުތަކަކުން ވަޓްސްއެޕް އެޕްލިކޭޝަން މެދުވެރިކޮށް ގިނަ ސްޕޭމް ކޯލުތަކެއް ލިބެމުން އަންނަ ކަމަށް އިންޑިއާގެ ގިނަ ބަޔަކު ޝަކުވާ ކުރުމުން މިފަދަ ނަމްބަރުތައް ބްލޮކުކޮށް ރިޕޯޓު ކުރުމަށް ވަޓްސްއެޕް އިން ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފި އެވެ. 

އިންޑިއާގެ ކަސްޓަމަރުން އަންނަނީ މިފަދަ އޯޑިއޯ އަދި ވީޑިއޯ ކޯލުތަކުގެ ސްކްރީންޝޮޓާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ނެވެ. މިފަދަ ޕޯސްޓުތަކުގައި ސްޕޭމް ކޯލުތައް ލިބެމުން އަންނަނީ އެފްރިކާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ ނަމްބަރުތަކުން ކަމަށް ކަސްޓަމަރުން ވަނީ ހިއްސާކޮށްފަ އެވެ. 

އަދި ފާއިތުވެ ދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭ މިގޮތަށް ލިބެމުން އަންނަ ސްޕޭމް ކޯލުތައް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

ވަޓްސްއެޕްގެ 487 މިލިއަން ކަސްޓަމަރުން އިންޑިއާގައި ތިބި އިރު، މިއީ އެ ހިދުމަތް ބޭނުންކުރާ އެންމެ ގިނަ އަދަދެއްގެ ކަސްޓަމަރުން ތިބި ގައުމެވެ.

ސްޕޭމް ކޯލުތަކުގެ މައްސަލައާ ބެހޭގޮތުން އިންޑިއާގެ އެންޑީޓީވީއަށް ވަޓްސްއެޕް އިން ފޮނުވާފައިވާ ބަޔާނެއްގައި ޕްރައިވެސީ ކޮންޓްރޯލުތައް ބޭނުންކޮށް އަމިއްލަ ކޮންޓެކްޓު ލިސްޓުގައިވާ މީހުން ނޫން އެހެން ފަރާތްތަކަށް ތިމާގެ އަމިއްލަ ތަފްސީލުތައް ހިއްސާ ނުކުރެވޭ ގޮތް ހެދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި "ވަޓްސްއެޕް އަށް މިފަދަ ނަމްބަރުތައް ރިޕޯޓުކުރުން މުހިންމު، އޭރުން އަހަރުމެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ލިބި، ޕްލެޓްފޯމް އިން މި ފަރާތްތައް ބްލޮކު ކޮށްލެވޭނީ،"  ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތު ދެއްވި ވަޓްސްއެޕްގެ ތަރުޖަމާނެއް ވިދާޅުވި އެވެ.

އިންޑިއާގައި ވަޓްސްއެޕުން ލިބެމުން އަންނަ ސްކޭމު ކޯލުތަކާ ގުޅޭ (ވީޑިއޯ/ސީއެންބީސީ)

"ފުރައްސާރަކުރުން ހުއްޓުވުމުގެ ގޮތުން އެޅޭ ފިޔަވަޅުތަކުގެ" ދަށުން މާޗު މަހު އެކަނި ވެސް 4.7 މިލިއަން އެކައުންޓު ބްލޮކުކޮށްފައިވާ ކަމަށް ވަޓްސްއެޕް އިން ބުނެ އެވެ.

އޮންލައިން ސްކޭމްތަކާއި މިފަދަ އެހެނިހެން ކަންތައްތަކުން ރައްކާތެރިކުރުމަށް  ވަޓްސްއެޕުގައި ހުރި ސަލާމަތީ ފީޗާތަކަށް ކަސްޓަމަރުން ހޭލުންތެރި ކުރުވުމުގެ ކެމްޕެއިނެއް ފައްޓައިގެން ކުރިއަށް ގެންދަމުން އަންނަ ކަމަށް ވަޓްސްއެޕް އިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް