އެއާބީއެންބީގެ ސީއީއޯ ބްރަޔަން ޗެސްކީ.

އެއާބީއެންބީ

ދެވަނަ ކުއާޓަރުގެ ކަންބޮޑުވުންތަކާ އެކު އެއާބީއެންބީގެ ހިއްސާގެ އަގު %10 ދަށަށް

ހިއްސާގެ އަދު ދަށަށް ދިޔަ ނަމަވެސް ފުރަތަމަ ކުއާޓަރުގައި އެއާބީއެންބީއަށް ލިބުނު އާމްދަނީ ވަނީ %20 އިތުރުވެފައި

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންވެސްޓަރުންގެ އަންދާޒާތަކަށް ވުރެ އެއާބީއެންބީގެ މާލީ ހިސާބުތައް ރަނގަޅު ކަމުގައިވީ ނަމަވެސް ދެވަނަ ކުއާޓަރުގައި ވިޔަފާރި ދަށްވާނެ ކަމަށް އެ ކުންފުނިން ލަފާކުރުމާ އެކު ކުންފުނީގެ ހިއްސާގެ އަގު %10 ދަށަށް ހިނގައްޖެ އެވެ.

މިދިޔަ މާޗު މަހުގެ ނިޔަލަށް ނިމުނު 12 މަސްދުވަހު އެއާބީއެންބީއަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ 12 މަސްދުވަހާ އަޅާބަލާއިރު %20 މައްޗަށް ޖެހިލާފަ އެވެ. މާޗު މަހަށް ނިމުނު 12 މަސްދުވަހު އެ ކުންފުންޏަށް 117 މިލިއަން ޑޮލަރުގެ ފައިދާއެއް ވަތް އިރު އޭގެ ކުރިން ނިމުނު 12 މަސްދުވަހު އެ ކުންފުންޏަށް ލިބިފައި ވަނީ 19 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ. 

އެއާބީއެންބީގެ މެނޭޖްމަންޓުން ހިއްސާދާރުންނަށް ފޮނުވި ސިޓީއެއްގެ ބުނީ އަހަރު ފެށުނީ ވިޔަފާރި "ވަރުގަދަކޮށް" ކަމަށާއި "ރަނގަޅު ހޫނު މޫސުމަކަށް" އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި އަހަރުގެ ހޫނު މޫސުމުގެ ވިޔަފާރި މިދިޔަ އަހަރަށް ވުރެ ދަށްވާނެ ކަަމަށާއި އެއީ ކޮވިޑަށް ފަހު މިދިޔަ އަހަރު މެދުތެރޭ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ދަތުރުތަށް ކޮށްފައި ވާތީ ކަމަށް އެ ސިޓިގައި ބުނެފައި ވެ އެވެ.

އެއާބީއެންބީ އަކީ ބޭނުން ކޮންމެ މީހެއް އެމީހެއްގެ އަމިއްލަ ގެދޮރު ނުވަތަ ގެދޮރުގައިވާ ކޮޓަރިއެއް ނަމަވެސް ދަތުރުވެރިންނަށް ކުއްޔަށް ދޫކުރުމަށް ލިސްޓުކުރާ ވެބްސައިޓެކެވެ. މިގޮތަށް ވިއްކާ ކޮންމެ ބުކިންއަކުން އެއާބީއެންބީއަށް ކޮމިޝަނެއް ނަގަ އެވެ. އެއާބީއެންބީ މެދުވެރިކޮށް މީހުން ގަނެފައިވާ ބުކިންތަކާއި ހިދުމަތްތަކުގެ ޖުމްލަ އާމްދަނީ މިދިޔަ ކުއާޓަރުގައި 20.4 ބިލިއަން ޑޮލަރަށް އެރި އެވެ. 

މިހާރު ހިނގަމުން މިދާ ދެވަނަ ކުއާޓަރުގެ އާމްދަނީ ހުންނާނެ ކަމަށް އެއާބީއެންބީ އިން އަންދާޒާކޮށްފައި ވަނީ 2.35 އާއި 2.45 ބިލިއަން ޑޮލަރާ ދެމެދުގަ އެވެ. އިންވެސްޓަރުން މި އަދަދު ހުންނާނެކަމަށް ލަފާކޮށްފައި ވަނީ 2.42 ބިލިއަން ޑޮލަރުގަ އެވެ.

އެއާބީއެންބީގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާ ގުޅޭ (ވީޑިއޯ/ޔާހޫ ފައިނޭންސް)

ކުންފުނީގެ އަމާޒަކީ މުހިންމު ތިން ލަނޑުދަނޑިއެއް ހާސިލުކުރުން ކަމަށް، އިންވެސްޓަރުންނަށް ފޮނުވި ސިޓީގައި، އެއާބީއެންބީ އިން ވަނީ ފާހަގަކޮށްފަ އެވެ. އެއީ އެ ޕްލެޓްފޯމުގައި ލިސްޓުކުރެވޭނެ ގޮތްތައް ފަސޭހަ ކުރުމާއި ގެސްޓުންނަށް ހެޔޮ އަގުތަކުގައި ތަންތަން ކުއްޔަށް ނެގޭނެ ގޮތް ފަހިކޮށްދިނުން އަދި ކުދި މާކެޓުތަކުގައި އޮޕަރޭޝަންތައް ވަރުގަދަކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް