އެޕަލް މިއުޒިކް

އެޕަލް އިން ކްލެސިކަލް މިއުޒިކަށް ހާއްސަކޮށް އެޕްލިކޭޝަނެއް ލޯންޗުކުރަނީ

އެޕަލް މިއުޒިކް ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލާ މި އެޕް ބޭނުން ކުރެވޭނެ

ކްލެސިކަލް މިއުޒިކަށް ހާއްސަކޮށް 'އެޕަލް މިއުޒިކް ކްލެސިކަލް'ގެ ނަމުގައި ވަކިން އެޕްލިކޭޝަނެއް ލޯންޗުކުރާނެކަން އެޕަލް އިން އިއްޔެ އިއުލާނުކޮށްފި އެވެ. 

މާޗް 28 ވަނަ ދުވަހު ލޯންޗު ކުރުމަށް ހަމަޖެހިފައިވާ މި އެޕްލިކޭޝަންގައި ފަސް މިލިއަނަށް ވުރެ ގިނަ ޓްރެކް ހިމެނޭނެ ކަމަށާއި އެޕްލިކޭޝަން ލޯންޗު ކުރާ އިރު އެކްސްކްލޫސިވް ކޮށް އެތައް ހާސް އަލްބަމެއް ހިމެނޭނެ ކަމަށް އެޕަލް އިން ބުންޏެވެ.

ކްލެސިކަލް މިއުޒިކްގެ ގިނަ އުފެއްދުންތައް އެކި އާޓިސްޓުން އެކި ގޮތްގޮތަށް އަލުން އުފައްދައި ނެރެފައިވާއިރު، އެޕަލް އިން ބުނަނީ އެޕަލްގެ އެޕްލިކޭޝަނުގައި އެފަދަ ހުރިހާ އުފެއްދުންތަކެއްގެ "ފުރިހަމަ އަދި ސައްހަ މެޓަޑޭޓާ" ހިމެނޭނެ ކަމަށާއި ކޮމްޕޯޒަރުގެ ނަން، އެ އުފެއްދުމެއްގެ ނަން، ކޮންޑަކްޓަރުގެ ނަން އަދި ކެޓަލޮގް ނަމްބަރު ބޭނުންކޮށްގެން ވެސް، ބޭނުންވާ އެއްޗެއް ހޯދާލެވޭނެ ކަމަށެވެ.

އެޕަލް އިން ވަނީ ކްލެސިކަލް މިއުޒިކް ސްޓްރީމް ކުރަމުން އައި މަޝްހޫރު ޕްރައިމްފޮނިކް ކުންފުނި އޮގަސްޓް 2021 ގައި ގަނެފަ އެވެ. އެއާއެކު، އެޕަލް މިއުޒިކްގެ ކަސްޓަމަރުންނަށް ލިބެމުން އައި ކްލެސިކަލް މިއުޒިކުގެ ތަޖުރިބާ ވަރަށް ބޮޑަށް ފުރިހަމަ ވެގެންދާނެ ކަމަށް އެޕަލް އިން ބުނެފައިވެ އެވެ. 

އެޕަލް މިއުޒިކްގެ ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލާ އެޕަލް މިއުޒިކް ކްލެސިކަލް ބޭނުން ކުރެވޭނެ އެވެ.

މި އެޕްލިކޭޝަންގެ އެންޑްރޮއިޑް ވާޝަންއެއް ވެސް ވަރަށް އަވަހަށް ލޯންޗު ކުރާނެ ކަމަށް އެޕަލް އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް