މިދިޔަ މަހުގެ ފަހުކޮޅު ނައްޓާލަން އޮތް މި ރޮކެޓު ލޯންޗުކުރުން ފުރަތަމަ ލަސް ކުރަން ޖެހުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން. (ފޮޓޯ/ރޮއިޓާސް)

ސައިންސް

ނާސާގެ ރޮކެޓު އުދުއްސާލުން ތޫފާނާ ހެދި އަނެއްކާވެސް ފަސްކޮށްފި

މިއީ ނާސާ އިން މި ރޮކެޓު ލޯންޗުކުރުން ފަސްކުރި ތިންވަނަ ފަހަރު
26 ސެޕްޓެމްބަރު 2022

ނާސާގެ ތާރީހުގައި ވެސް އުފައްދާފައިވާ އެންމެ ބާރުގަދަ ރޮކެޓު ޖައްވަށް ފޮނުވާލުން، ތޫފާން އިއާންއާ ގުޅިގެން އަނެއްކާވެސް ފަސްކޮށްފި އެވެ.

ނާސާ އިން ކުރިއަށް ގެންދާ އާޓީމިސް 1 މިޝަންގެ ސްޕޭސް ލޯންޗު ސިސްޓަމް (އެސްއެލްއެސް) ރޮކެޓު ނައްޓާލަން ހަމަޖައްސާފައި އޮތީ މާދަމާ، ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.

ނާސާ އިން އެސްއެލްއެސް ރޮކެޓު ތައްޔާރުކޮށް ޑިޒައިންކޮށްފައި މި ވަނީ 50 އަހަރަށް ފަހު އެސްޓްރޮނޯޓުންނާއި ނާސާ އިން ބޭނުންވާ ސާމާނުތައް ހަނދަށް ފޮނުވުމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ނައްޓާލަން އޮތް މި ރޮކެޓު ލޯންޗުކުރުން ފުރަތަމަ ލަސް ކުރަން ޖެހުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މި މަހުގެ ކުރީކޮޅު ދެވަނަ ފަހަރަށް މި ރޮކެޓު ލޯންޗުކުރުން ފަސްކުރަން މަޖުބޫރުވީ ތެޔޮ ލީކަކާ ގުޅިގެންނެވެ.

ނާސާގެ އެސްއެސްއެލް ރޮކެޓުން ޖައްވަށް ދޫކޮށްލާ އޮރާޔަން ކެޕްސޫލު ހަނދުގެ ފުރަގަހުގައި ބުރުތަކެއް ޖަހާނެ އެވެ. އަދި 2025 ވަނަ އަހަރު އިންސާނުން އަނބުރާ ހަނދަށް ފޮނުވުމަށް ނާސާ އިން ކުރަމުން އަންނަ މަސައްކަތްތަކަށް މައުލޫމާތު އެއްކުރުމަށް އެހީތެރިވެދޭނެ އެވެ.

އާޓިމިސް މިޝަން ނާސާއިން ފަސްކުރުމާ ގުޅޭ (ވީޑީއޯ/ ޑަބްލިއުކޭއެމްޖީ ނިއުސް 6)

ކެރީބިއަންގެ ސަރަހައްދުތަކަށް ހޮނިހިރު ދުވަހު އެރި ތޫފާން އިއާން ދަތުރުކުރާނެ ކަމަށް ބެލެވިފައި ވަނީ ދެކުނު ޖެމެއިކާ އިން ފްލޮރިޑާއާ ދިމާލަށެވެ. 

މި ތޫފާން ފްލޮރިޑާއަށް އަރާ ނަމަ އެސްއެލްއެސް ރޮކެޓު މިހާރު ހުރި ލޯންޗިން ސްޓޭޝަނުން ނަގައި ރޮކެޓު ރޭވި ތަނަށް ގެންދަން ޖެހޭނެ އެވެ. މިހެން ހަދަން މަޖުބޫރުވެއްޖެ ނަމަ މި ރޮކެޓު އުދުއްސާލުމަށް އަންނަ މަހުގެ 4އާ ހަމައަށް މިހާރު ލިބިފައިވާ ފުރުސަތު ބަންދު ވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް