މިދިއަ އަހަރުގެ ނޮވެމްބަރު މަހު އޮތް ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު ދުވުމުގައި މުހައްމަދު ރަޝީދު ކުރީގައި: އޭނާ އަންނަނީ ވަރަށް ބޮޑަށް ތަމްރީންތައް ހަދަމުން

އެތުލެޓިކްސް

ރަޝީދުގެ އަމިއްލަ ރެކޯޑް އާކޮށްފި، އެކަމަކު އަދިވެސް ގައުމީ ރެކޯޑާ ހިސާބަކަށް ނުދެވޭ

މުހައްމަދު ރަޝީދުގެ އާ ވަގުތު އުޅެނީ ގައުމީ ހާފް މެރަތަންގެ ރެކޯޑަށް ވުރެ 2 މިނިޓް ލަސްކޮށް
22 ޖެނުއަރީ 2022

މުހައްމަދު ރަޝީދު، މަޝްހޫރު ނަމުން ނަމަ މޯޑުގެ އެންމެ ބޮޑު އެއް އަމާޒަކީ ހާފު މެރެތަން އާއި މެރަތަންގައި ވެސް ގައުމީ ރެކޯޑު މުގުރާލުމެވެ. އޭނާ އަންނަނީ އެކަމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް މިއަދު ކޮލަމްބޯ ހާފް މެރެތަންގައި ދުވެގެން ވެސް، އެ ހިސާބަށް ދެވޭ ގޮތެއް ނުވި އެވެ.

މި ރޭސް ރަޝީދު ނިންމީ 1 ގަޑި 15 މިނިޓް 13 ސިކުންތުންނެވެ. މިއީ މިހާތަނަށް އޭނާއަށް ހާފް މެރެތަން އެންމެ ބާރަށް ދުވެވުނު ރޭހެވެ. އެކަމަކު އޭނާއާ އެކު ކުރިން ތަމްރީން ހެދި ޝިފާޒް މުހައްމަދުގެ ގައުމީ ރެކޯޑަށް ވުރެ ދެ މިނިޓް ލަހެވެ. ޝިފާޒް ރާއްޖޭގެ ހާފް މެރެތަން ރެކޯޑް 2019 ގައި ހެދީ 1 ގަޑި 13 މިނިޓް 04 ސިކުންތުން ނިންމައިގެންނެވެ.

ރަޝީދުގެ އިތުރުން މިއަދުގެ ރޭހުގައި ގައުމީ އެހެން ދުވުންތެރިއެއް ކަމަށްވާ އަހުމަދު ޝަރަފް ވެސް ދުވި އެވެ. އެކަމަކު އޭނާގެ ވަގުތު އެނގޭ ގޮތެއް އަދި ނުވެ އެވެ. ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުން އައި ނަމަވެސް މި ފަހުން ޝަރަފަށް މާ ބޮޑު ކުރިއެރުންތަކެއް ލިިބިފައެއް ނުވެ އެވެ.

އަންހެނުންގެ ބައިގައި ދުވި އައިޝަތު ރިޝްމީ ވަނީ އޭނާގެ ޕާސަނަލް ބެސްޓް ހަދައިފަ އެވެ. ރިޝްމީއަށް ރޭސް ނިންމުނީ 1 ގަޑި 38 މިނިޓް 59 ސިކުންތުންނެވެ.

ހާފު މެރެތަންގައި ރާއްޖޭގެ އަންހެން ރެކޯޑް އޮންނަ މަރިޔަމް އަބްދުލްކަރީގެ ވަގުތަކ ީ1 ގަޑި 32 މިނިޓް 42 ސިކުންތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް