ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލް ބުރުގެ ގުރުނެގުން.

ޗެމްޕިއަންސް ލީގުގެ ފޯރިގަދަ ކުއާޓަ ފައިނަލް؛ ފުރަތަމަ ލެގު 10، 11 އޭޕްރީލްގައި

ޗެމްޕިއަންސް ލީގުގެ މެޗުތައް މީޑިއާނެޓްގެ ސޮނީ ސްޕޯޓްސް ނެޓްވޯކުގެ ޗެނަލްތަކުން ވަގުތުން ދައްކާނެ
8 އޭޕްރީލު 2024

ޔޫރަޕުގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލާ ހިސާބަށް މި ވަނީ ދަތުރުކޮށްފަ އެވެ.

ގަދަ 16ގެ ފޯރިގަދަ މެޗުތަކަކަށް ފަހު ކުއާޓަ ފައިނަލަށް ދަތުރުކުރި ޓީމުތަކަކީ:

  • އާސެނަލް (އިންގްލިޝް ޕްރިމިއަ ލީގު)

  • ބަޔާން މިއުނިކް (ޖާމަން ބުންޑަސްލީގާ)

  • ރެއާލް މެޑްރިޑް (ސްޕެނިޝް ލަ ލީގާ)

  • މެންޗެސްޓާ ސިޓީ (އިންގްލިޝް ޕްރިމިއަ ލީގު)

  • ޕީއެސްޖީ (ފްރެންޗް ލީގު 1)

  • ބާސެލޯނާ (ސްޕެނިޝް ލަ ލީގާ)

  • އެތުލެޓިކޯ މެޑްރިޑް (ސްޕެނިޝް ލަ ލީގާ)

  • ބޮރޫސިއާ ޑޯޓްމަންޑް (ޖާމަން ބުންޑަސްލީގާ)

ކުއާޓަ ފައިނަލުގެ މެޗުތަކުގެ ފުރަތަމަ ލެގު ކުޅޭނީ 10 އަދި 11 އޭޕްރިލްގަ އެވެ. އަދި ދެވަނަ ލެގު ކުޅޭނީ 17 އާއި 18 އޭޕްރިލްގަ އެވެ. ކުއާޓަ ފައިނަލް މެޗުތަކުގެ ގުރުއަތު ނަގައި ނިމިފައިވާއިރު މުބާރާތުގެ މި ބުރުގައި ފޯރިގަދަ އަދި ވާދަވެރި މެޗުތަކެއް ފެނިގެންދާނެ އެވެ.

އާސެނަލް – ބަޔާން މިއުނިކް: 10 އޭޕްރިލް، ރޭގަނޑު 12 ޖަހާއިރު

އިންގްލިޝް ޕްރިމިއަ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނަ އާސެނަލް ކުއާޓަ ފައިނަލަށް ދަތުރުކުރީ ގަދަ 16ގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯ 4-2ގެ އެގްރިގޭޓުން ބަލިކުރުމަށް ފަހު އެވެ. ބަޔާން މިއުނިކް ކުއާޓާއަށް ދަތުރުކުރީ ފަސޭހަކަމާ އެކު އިޓަލީގެ ލާޒިއޯގެ މައްޗަށް 3-0 ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ބަޔާން މިއުނިކަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު އާސެނަލް ކުއާޓަ ފައިނަލަށް މި ދަތުރުކުރީ ގިނަ އަހަރުތަކެއް ވަންދެން ގަދަ 16އަށް ވުރެ ކުރިއަށް ނުދެވި ހޭދަކުރުމަށް ފަހު އެވެ.

ރެއާލް މެޑްރިޑް – މެންޗެސްޓާ ސިޓީ: 10 އޭޕްރިލް، ރޭގަނޑު 12 ޖަހާއިރު

މި ދެ ޓީމަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެ ޓީމެވެ. ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމަށް ވާއިރު މެންޗެސްޓާ ސިޓީއަކީ މިހާރު ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލް ސްޓޭޖުގައި އާންމު ނަމެކެވެ. ރިއަލް މެޑްރިޑް ކުއާޓަ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ކުރިމަތިލުމަކަށް ފަހު 2-1 އެގްރިގޭޓުން ޖަރުމަނުގެ ލައިޕްޒިގްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަނެއްކޮޅުން މެންޗެސްޓާ ސިޓީއިން ވަނީ ފަސޭހަކަމާ އެކު 6-2 ގެ އެގްރިގޭޓުން ގަދަ 16ގައި އެފްސީ ކޯޕަންހޭގަން ބަލިކޮށްފަ އެވެ.

ޕީއެސްޖީ – ބާސެލޯނާ: 11 އޭޕްރިލް، ރޭގަނޑު 12 ޖަހާއިރު

ތާރީހީ ގޮތުން މި ދެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފޯރިގަދަ އެއް މެޗު ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. އަދި އެއް ޓީމުން އަނެއް ޓީމަށް ގިނަ ތަރިންތަކެއް ވަނީ ޓްރާންސްފާތަކެއް ހަދާފަ އެވެ. އޭގެ ތެރޭގައި ލިއޮނެލް މެސީ، ނޭމާ އަދި ޑެމްބެލޭ ފާހަގަކޮށްލެވެ އެވެ. ބާސެލޯނާ ކުއާޓާއަށް ދަތުރުކުރީ ވަރުގަދަ ނަޕޯލީ 4-2ގެ އެގްރިގޭޓުން ބަލިކުރުމަށް ފަހު އެވެ. ޕީއެސްޖީއިން ވަނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑް 4-1ގެ އެގްރިގޭޓުން ބަލިކޮށްފަ އެވެ. މި މެޗަކީ ދުނިޔޭގެ އެންމެ ބޮޑެތި ތަރިން އަދި ޒުވާން މޮޅެތި ކުޅުންތެރިން ފެނިގެންދާނެ މެޗެކެވެ.

އެތުލެޓިކޯ މެޑްރިޑް – ބްރޫސިއާ ޑޯޓްމަންޑް: 11 އޭޕްރިލް، ރޭގަނޑު 12 ޖަހާއިރު

މި ދެ ޓީމަކީ ވެސް ޗެމްޕިއަންސް ލީގުގެ މި ސްޓޭޖާ ރައްޓެހި ދެ ޓީމެވެ. ބްރޫސިއާ ޑޯޓްމަންޑްއިން ގަދަ 16ގައި ބައްދަލުކުރީ ނެދަލޭންޑްސްގެ ޕީއެސްވީއާ އެވެ. އެގްރިގޭޓުން 3-1އިން ޑޯޓްމަންޑްއިން ވަނީ ކުރި ހޯދާފަ އެވެ. އެތުލެޓިކޯ ބައްދަލުކުރީ އިޓަލީގެ ރަސްކަން ކުރަމުންދާ ޓީމު އިންޓަ މިލާންއާ އެވެ. ފޯރިގަދަ ކުޅުމަކަށް ފަހު އެގްރިގޭޓުން ވެސް އެއްވަރު ވުމުން އެ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. 3-2 އިން ޕެނަލްޓީއިން ކުރި ހޯދީ އެތުލެޓިކޯ މެޑްރިޑެވެ.

ފުރަތަމަ ލެގަށް ފަހު ދެވަނަ ލެގުގެ މެޗުތައް އޮންނާނީ ހަމަ 17-18 އޭޕްރިލްގަ އެވެ. ސެމީ ފައިނަލަށް ދަތުރުކުރާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލް މެޗުތަކުގެ ފުރަތަމަ ލެގު ކުޅޭނީ 30 އޭޕްރިލްގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހަތަރު ލީގުގެ އިތުރުން ފުޓުބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތްތައް މީޑިއާނެޓުން އަންނަނީ ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ. ޗެމްޕިއަންސް ލީގުގެ މެޗުތައް ދައްކާނީ މީޑިއާނެޓުގެ ސޮނީ ސްޕޯޓްސް ނެޓްވޯކުގެ ޗެނަލްތަކުންނެވެ. ޓީވީގެ އިތުރުން މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެ ވެސް މުޗުތައް ވަގުތުން ބެލޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް