އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރިޒްމަން: ފްރާންސްގެ ތަރި ރޭ ވަނީ އެތުލެޓިކޯއަށް މުހިންމު ލަނޑެއް ޖަހައިދީފައި

އިންޓަ މިލާން މޮޅުވާން ދަނިކޮށް ހުއްޓުވައި އެންމެ ފަހުން ގަދަ އަށަކުން ޖާގަ ހޯދީ އެތުލެޓިކޯ މެޑްރިޑް

ެޗެމްޕިއަންސް ލީގުގެ ގަދަ އަށަކުން ފަހު ޖާގަ ކަށަވަރުކުރީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް
14 މާރިޗު 2024

އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި މެޗުގެ 33 ވަނަ މިނިޓްގައި އިންޓަ މިލާނުން ޖެހި ލަނޑާ އެކު އެ ތަނަވަސްވީ ކްއާޓާ ފައިނަލަށް ދާން ވަރަށް ބޮޑު ފުރުސަތެކެވެ. އެހާ ހިސާބުން އިންޓަ އޮތީ ދެ މެޗު އެއްކޮށްލާ އިރު ދެ ލަނޑުގެ ލީޑެއްގަ އެވެ.

ނަމަވެސް އޭގެ ދެ މިނިޓް ފަހުން އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމެން ލަނޑެއް ޖަހައި އެއްވަރުކޮށްދީ، އަމިއްލަ ސަޕޯޓަރުންގެ އުއްމީދު އާކޮށްދިނެވެ. އަދި މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް މެމްފިސް ޑިޕޭގެ ލަނޑާ އެކު، އެތުލެޓިކޯ އިން ހުރިހާ މަގެއް ތަނަވަސްކުރި އެވެ.

އިޓަލީގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން އިންޓަ ކާމިޔާބުކޮށްފައި އޮތުމުން 2-1ގެ ނަތީޖާއަކީ ދެ ޓީމު އެއްވަރުވުމެވެ. އެހެންކަމުން އިތުރު 30 މިނިޓް ކުޅުނެވެ. ނަތީޖާއަކަށް ބަދަލެއް ނަ އެވެ. ދެން ދިޔައީ ޕެނެލްޓީއަށެވެ.

އިންޓަގެ ފުރަތަމަ ދެ ޕެނެލްޓީ އެތުލެޓިކޯގެ ކީޕަރު ޖެން އޮބްލެކް މަތަކުރި އެވެ. ތިން ވަނަ ޕެނެލްޓީ ޖެހީ ބޭރަށެވެ.

މިދިއަ އަހަރުގެ ފައިނަލްގައި ކުޅުނު އިންޓައަށް މިއީ ހިތްދަތި ބައްޔެކެވެ. އިޓާލިއަން ލީގުގައި އެ ޓީމު އޮތީ އަތްނުލެވާ ކުރީގަ އެވެ. އަދި ރެއަކީ މި އަހަރުގެ ފުރަތަމަ ބަލި ވެސް މެ އެވެ.

ރޭ ކުޅުނު ގަދަ 16ގެ ފަހު މެޗުގައި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް ވަނީ ޕީއެސްވީ އެއިންދޯވަން 2-0 އިން ބަލިކޮށް ގަދަ އަށެއްގެ ޖާގަ އަތުލައިފަ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބް ފުޓްބޯޅަ މުބާރާތުގެ ގަދަ އަށަކުން ޖާގަ ހޯދީ؛

  • މެންޗެސްޓަ ސިޓީ (އެންމެ ފަހުގެ ޗެމްޕިއަން)

  • ރެއާލް މެޑްރިޑް

  • ބާސެލޯނާ

  • އާސެނަލް

  • ޕީއެސްޖީ

  • ބަޔާން މިޔުނިކް

  • އެތުލެޓިކޯ މެޑްރިޑް

  • ބޮރޫޝިއާ ޑޯޓްމުންޑް

ކްއާޓާ ފައިނަލްގެ ގުރުއަތުލުން އޮންނާނީ މާދަމާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް