ޔޫސުފް އިބްރާހިމް ތުރުކީގައި ރާއްޖޭގެ ގައުމީ މެރެތަން ރެކޯޑް މުގުރާލުމަށް ފަހު ގައުމީ ދިދައާ އެކު

މެރެތަން

އުއްމީދީ އާ މެރެތަން ދުވުންތެރިއެއް، ޔޫސުފް ގައުމީ ރެކޯޑް ހަދައިފި

ދިގު ދިވުމުގައި މިހާރު އަރަމުން އަންނަ ޔޫސުފް އިބްރާހިމް އާ ރެކޯޑް ހެދީ އިއްޔެ ތުރުކީގެ އަނަޓޯލިޔާގައި އޮތް މެރެތަންގައި
4 މާރިޗު 2024

އިއްޔެ ތުރުކީގެ އަނަޓޯލިޔާގައި އޮތް މެރެތަންގައި ދުވެ ޔޫސުފް އިބްރާހިމް ރާއްޖޭގެ ގައުމީ ރެކޯޑް މުގުރާލައި، ރޭހުން ދެވަނަ ހޯދައިފި އެވެ.

މިވަގުތު ހާފް މެރެތަންގެ ވެސް ރެކޯޑް އޮތް ޔޫސުފް ރޭސް ނިންމީ 2 ގަޑި 29 މިނިޓް 48 ސިކުންތުންނެވެ. މިއީ 2019ގައި ޝިފާޒް މުހައްމަދު 2:32.56 ގަޑިއިރުން ހެދި ރެކޯޑަށް ވުރެ ގާތްގަނޑަކަށް ތިން މިނިޓްގެ ތަފާތެކެވެ.

ތުރުކީގެ އަނަޓޯލިޔާ މެރެތަންގައި ދުވެ ދެ ވަނަ ހޯދުމަށް ފަހު ޔޫސުފް އިބްރާހިމް އިނާމު ލިިބިގަންނަނީ

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މެރެތަން ދުވުނު ނަސްރުﷲ އަހުމަދު ކައިރިން ތަމްރީން ހަދަމުން އަންނަ ޒުވާން ދުވުންތެރިޔާ ވަނީ މިދިއަ އަހަރު އޮސްޓްރޭލިޔާގެ ގޯލްޑް ކޯސްޓްގައި ރާއްޖޭގެ ހާފް މެރެތަންގެ ރެކޯޑް ވެސް ހަދައިފަ އެވެ. އޭނާ 21 ކިލޯމީޓަރުގެ އެ ރޭސް ނިންމީ 1 ގަޑި 09 މިނިޓް 58 ސިކުންތުންނެވެ.

ނަސްރުﷲ ވެސް އިއްޔެގެ މެރެތަންގައި ދުވި އެވެ. މިއީ އޭނާގެ 95 ވަނަ މެރެތަން އެވެ.

ޔޫސުފް އޭނާގެ ކޯޗު އަދި މެރެތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދާ އެކު އިއްޔެގެ ރޭހަށް ފަހު

އިތުރު އާޓިކަލް

އިތުރު އާޓިކަލް