ރޭ ލޫޓަން ޓައުން ކޮޅަށް ފަސް ލަނޑު ޖެހި އާލިން ހާލޭންޑް (މެދުގައި): މިއީ މެންޗެސްޓަ ސިޓީގެ މެޗެއްގައި އޭނާ ފަސް ލަނޑު ޖެހި ދެވަނަ ފަހަރު

ހާލޭންޑް އެކަނި ފަސް ލަނޑު، މިއީ ދެވަނަ ފަހަރު

އެފްއޭ ކަޕްގެ ކްއާޓާ ފައިނަލްގައި ލޫޓަން ޓައުން 6-2 އިން ބަލިކޮށް މެންޗެސްޓަ ސިޓީން ވަނީ ތަށި ދިފާއުކުރުމުގެ އުއްމީދު ބޮޑުކޮށްފައި
28 ފެބްރުއަރީ 2024

އާލިން ހާލޭންޑްގެ ލަނޑު ޖެހުން އަނެއްކާވެސް މިހާރު މި އަންނަނީ ފެންނަމުންނެވެ. ރޭ އެފްއޭ ކަޕްގެ ގަދަ 16ގައި ލޫޓަން ޓައުން ކޮޅަށް އޭނާ އެކަނި ފަސް ލަނޑު ޖެހި އެވެ. މި މެޗު 6-2 އިން މޮޅުވުމަކީ ތަށި ދިފާއުކުރުމުގެ މަސައްކަތުގައި މެންޗެސްޓަ ސިޓީއަށް އެޅުނު އުއްމީދީ ފިޔަވަޅެކެވެ.

ލޫޓަންގެ ދަނޑުގައި ކުޅުނު މެޗުގައި ހާލޭންޑްގެ އިތުރުން ދެން ލަނޑު ޖެހީ މަޓެއޮ ކޮވަސިޗް އެވެ.

މިއީ ސިޓީއަށް މެޗެއްގެ ތެރޭގައި ހާލޭންޑް ފަސް ލަނޑު ޖަހައިދިން ދެވަނަ ފަހަރެވެ. މިދިއަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ފަސް ލަނޑު ކާމިޔާބުކޮށްދީ އާރުބީ ލިޕްޒިގްއާ ދެކޮޅަށް ކުޅެ އެވެ.

ސިޓީއަށް ބަދަލުވި ފަހުން ކުޅުނު 83 މެޗުގައި މިހާތަނަށް ހާލޭންޑް ވަނީ 79 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި އަށް ހެޓްރިކް ހިމެނެ އެވެ.

އެފްއޭ ކަޕަކީ މިދިއަ ސީޒަންގައި ސިޓީން ކާމިޔާބުކުރި ތިން ތަށީގެ ތެރެއިން އެއް ތައްޓެވެ. ދެން ހޯދީ އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް