އާސެނަލްގެ ވިލިއަމް ސަލިބާ ނިއުކާސަލްގެ ކީޕަރަށް ހުރަސްއަޅަނީ

ތިން ޓީމު ވެސް މޮޅުވެ، އިނގިރޭސި ލީގުގެ ވާދަވެރިކަން ވަރަށް ބޮޑު

ލިވަޕޫލް، މެންޗެސްޓަ ސިޓީ އަދި އާސެނަލް އޮތީ އެއްބަޔަކު އަނެއް ބައެއްގެ ފަހަތުގައި ރަނގަޅަށް ވިއްދާފައި
25 ފެބްރުއަރީ 2024
1

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭގެ މެޗުތައް ނިމުނު އިރު ލިވަޕޫލް އާއި މެންޗެސްޓަ ސިޓީ އަދި އާސެނަލްގެ މެދުގައި އޮތް ވަރުގަދަ ވާދަވެރިކަން ހަމަ އެގޮތަށް ދަމަހައްޓައިފި އެވެ.

ލިވަޕޫލް ވަނީ މިދިއަ ބުރާސްފަތިދުވަހު ލޫޓަން ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން 4-1 އިން މޮޅުވެފަ އެވެ. މި ކާމިޔާބީއާ އެކު ތާވަލްގައި ދަމަހައްޓަމުން އަންނަ ދެ ޕޮއިންޓްގެ ތަފާތުގައި ހަމަ އެގޮތަށް ހިފަހައްޓާލެވުނެވެ.

ރޭ މެންޗެސްޓަ ސިޓީ 1-0ގެ އުނދަގޫ މޮޅެއް ހޯދީ ރަށުން ބޭރުގައި ބޯންމައުތު އަތުންނެވެ. އެކަމަކު މުހިންމީ ތިން ޕޮއިންޓްކަމުން ޕެޕް ގާޑިއޯލާގެ ޓީމުން އެކަން ހާސިލްކުރި އެވެ. މި މެޗާ އެކު ސިޓީ މިހާރު ވަނީ މެޗުގެ އަދަދުން ލިވަޕޫލާއި އާސެނަލްއާ އެއްވަރުވެފަ އެވެ.

ރޭ ދަންވަރު އަމިއްލަ ދަނޑުގައި އާސެނަލް 4-1އިން މޮޅުވީ ނިއުކާސަލް ޔުނަައިޓެޑް އަތުންނެވެ.

މި ތަފާތު ބޮޑު މޮޅުން ލިވަޕޫލް އާއި ސިޓީއަށް ވުރެ އެއް ކަމަކުން އާސެނަލް ވަނީ ކުރި ހޯދައިފަ އެވެ؛ ފައިދާ ގޯލެވެ.

މިހާ އެއްވަރަށް ކުރިއަށް ދާ މުބާރާތެއްގައި ފައިދާ ގޯލަކީ ވަރަަށް މުހިންމު ބައެކެވެ. ރޭގެ ހަތަރު ލަނޑާ އެކު އާސެނަލްގެ ފައިދާ ގޯލު 39އަށް އެރީ އެވެ. ލިވަޕޫލަށް 38 ގޯލު އަދި އެންމެ ފަހު ތިން ސީޒަންގެ ޗެމްޕިއަން ސިޓީއަށް 33 ގޯލެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް، ކުޅުނު 26، ޕޮއިންޓް 60

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 26، ޕޮއިންޓް 58

  • 3-

    އާސެނަލް، ކުޅުނު 26، ޕޮއިންޓް 58

  • 4-

    އެސްޓަން ވިލާ، ކުޅުނު 26، ޕޮއިންޓް 52

  • 5-

    ޓޮޓެންހަމް، ކުޅުނު 25، ޕޮއިންޓް 47

ކޮމެންޓް (1)

ވިންސެންޓް ކޮމްޕެނީ

25 ފެބްރުއަރީ 2024
"މިހާ އެއްވަރަށް ކުރިއަށް ދާ މުބާރާތެއްގައި ފައިދާ ގޯލަކީ ވަރަަށް މުހިންމު ބައެކެވެ. ރޭގެ ހަތަރު ލަނޑާ އެކު އާސެނަލްގެ ފައިދާ ގޯލު 39އަށް އެރީ އެވެ. ލިވަޕޫލަށް 38 ގޯލު އަދި އެންމެ ފަހު ތިން ސީޒަންގެ ޗެމްޕިއަން ސިޓީއަށް 33 ގޯލެވެ." މިއީ ތެދެއްކަމަށް ވާނަމަ، ލީގުގެ 2 ވަނައިގައި އޮންނާނީ އާސެނަލެވެ. ސިޓީއެއް ނޫނެވެ. ބައްލަވާލައްވާފައި އިސްލާހުކޮށްދެއްވުން އެދެމެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް