ޗެލްސީގެ ފޯވަޑް ރަހީމް ސްޓާލިން: އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ރޭ ލަނޑު ޖެހި

ޗެލްސީއާ އެއްވަރުވުމުން ސިޓީއަށް އިތުރު އުނދަގޫތަކެއް

ތާވަލްގެ އެއްވަނައަށް އަރަން ކުރަމުން އަންނަ މަސައްކަތުގައި މިހާރު މިވީ ގޮތުން ސިޓީއަށް އަތުގައި އޮތް ބާރެއް އެ ވަނީ ދޫކޮށްލެވިފައި
18 ފެބްރުއަރީ 2024

އަމިއްލަ ދަނޑުގައި ޗެލްސީއާ އެއްވަރުވުމުން މެންޗެސްޓަ ސިޓީއަށް ތާވަލްގެ އެއްވަނަ ހޯދަން އަމިއްލަ އަތުގައި އޮތް ބާރު ގެއްލިއްޖެ އެވެ.

އެންމެ ޕޮއިންޓެއް ނަމަވެސް ލިބުމަކީ ރަނގަޅަކަށް ވިޔަސް ދެ ޕޮއިންޓް އުނިވުމުން ގެއްލުނު އެއްޗެއް ބޮޑެވެ. ލިވަޕޫލް ކުޅުނު މެޗުތަކުގެ އަދަދާ އެއްވަރުވާން ސިޓީއަށް ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެ މެޗުން މޮޅުވި ނަމަވެސް ލިވަޕޫލްއަށް ވުރެ އުޅޭނީ އެއް ޕޮއިންޓް ފަހަތުގަ އެވެ. ޗެލްސީ އަތުން މޮޅުވި ނަމަ ލިވަޕޫލްއަށް ވުރެ ދެ ޕޮއިންޓް ކުރިއަށް ޖެހިލަން ފުރުސަތު އޮތީހެވެ.

ރޭ ފުރަތަމަ ހާފުގައި ޗެލްސީއަށް ލަނޑު ޖަހައިދިނީ ސިޓީގެ ކުރީގެ ފޯވަޑް ރަހީމް ސްޓާލިން އެވެ. ސިޓީއަށް އެއްވަރުކުރެވުނީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ރޮޑްރީ ޖެހި ލަނޑުންނެވެ.

މި މެޗުގެ ކުރިން ލިވަޕޫލާއި އާސެނަލް އޮތީ އެ ދެ ޓީމުގެ ދެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފަ އެވެ. ތާވަލްގެ އެއްވަނަ ދަމަހައްޓަމުން އަންނަ ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން 4-1 އިންނެވެ. އާސެނަލް ރަށުން ބޭރުގައި ބާންލީ ބަލިކުރީ 5-0 އިންެނެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް، ކުޅުނު 25، ޕޮއިންޓް 57

  • 2-

    އާސެނަލް، ކުޅުނު 25، ޕޮއިންޓް 55

  • 3-

    މެންޗެސްޓަ ސިޓީ، ކުޅުނު 24، ޕޮއިންޓް 53

  • 4-

    އެސްޓަން ވިލާ، ކުޅުނު 25، ޕޮއިންޓް 49

  • 5-

    ޓޮޓެންހަމް، ކުޅުނު 25، ޕޮއިންޓް 47

އިތުރު އާޓިކަލް

އިތުރު އާޓިކަލް