ޕީއެސްޖީގެ ފޯވަޑް ކީލިއަން އެމްބާޕޭ ލަނޑެއް ޖަހާފައި އުފާފާޅުކުރަނީ

އެމްބާޕޭ، ރެއާލް މެޑްރިޑަށް ދާން ނިންމި ވާހަކަ ފެތުރެން ފަށައިފި

މި ސީޒަން ނިމެންދެން ޕީއެސްޖީގައި މަޑުކުރަން އެމްބާޕޭ ބޭނުންވީ ވެސް ފީއެއް ނެތި ރެއާލްއަށް ދާންވެގެން
4 ފެބްރުއަރީ 2024

އަނެއްކާވެސް ހަމަ އެ ވާހަކަތަކެވެ. މިދިއަ އަހަރު ވެސް ހަމަ އެ ވާހަކަ އެވެ. ޕީއެސްޖީގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭ ސްޕެއިންގެ ވަރުގަދަ ކްލަބް ރެއާލް މެޑްރިޑަށް ބަދަލުވުމެވެ. ފްރާންސްގެ ނޫހަކުން އިއްޔެ ބުނީ މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާގައި ރެއާލްއަށް ދާން އެމްބާޕޭ ނިންމައިފި ކަމަށެވެ.

އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު ހަދާފައި އޮތް އެއްބަސްވުން މި ހޫނު މޫސުމުގައި ނިމޭނެ އެވެ. އެހެންކަމުން އެހެން ކްލަބަކަށް ބަދަލުވާން އެއްވެސް ފީއެއް ނެތި އޭނާ ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ.

އެމްބާޕޭ ހޯދަން ލިވަޕޫލުން ވެސް ބޭނުންވެ އެވެ. އެކަމަކު 25 އަހަރުގެ ކުޅުންތެރިޔާ އަަބަދުވެސް ބޭނުންވަނީ ރެއާލްއާ ގުޅެން ކަމަށްވެ އެވެ. އެހެންކަމުން 25-2024 ސީޒަންގައި އޭނާ ފެންނާނީ، މީޑިއާ ރިޕޯޓް ބުނި ގޮތުގައި، ރެއާލްއިންނެވެ.

ޕީއެސްޖީން މިދިއަ ހޫނު މޫސުމުގެ ޓްރާންސްފާ މުއްދަތުގެ ތެރޭގައި އެމްބާޕޭ ވިއްކާލަން ވެސް އުޅުނެވެ. އެކަމަކު އޭނާ އެގޮތް ބޭނުންނުވުމުން އެންމެ ފަހުން ދެ ފަރާތުން ވާހަކަ ދައްކައިގެން ނިންމީ މި ސީޒަން ނިމެންދެން ޕީއެސްޖީގައި މަޑުކުރާށެވެ.

ބެލެވޭ ގޮތުގައި ރެއާލްއިން އެމްބާޕޭއަށް ވަރަށް ބޮޑު މުސާރައެއް ދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް