ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ލުއިޒް ޑައާޒް އުފާ ފާޅުކުރަނީ

ލިވަޕޫލް ވަރުގަދަކަމާ އެކު ކުރިއަށް، އަނެއްކާވެސް ބޮޑު ތަފާތެއް

އަމިއްލަ ދަނޑުގައި ޗެލްސީ 4-1 އިން ބަލިކޮށް ތާވަލްގެ އެއްވަނާގައި ލިވަޕޫލުން ފައި ވިއްދާލާފައި ވަނީ ވެސް އެހާމެ ވަރުގަދައަށް
1 ފެބްރުއަރީ 2024

އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ ކުރީގައި ލިވަޕޫލުން ދަމަހައްޓަމުން އަންނަ ތަފާތު ރޭ ޗެލްސީގެ މައްޗަށް ހޯދި 4-1ގެ ކާމިޔާބީއާ އެކު ކުރިއަށް ގެންގޮސްފި އެވެ.

ކޮންމެ ހާފެއްގައި ޖެހި ދެ ލަނޑަކީ ލިވަޕޫލަށް މުހިންމު މޮޅެކެވެ. ސަބަބަކީ ފަހަތުން ވާދަކުރަމުން އަންނަ އާސެނަލް އާއި މެންޗެސްޓަ ސިޓީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ފަރަގު ކުޑަކުރުމުންނެވެ. ނަމަވެސް ޗެލްސީގެ މައްޗަށް ހޯދި ފުރިހަމަ ކާމިޔާބީއަކީ ތާވަލްގެ އެއް ވަނާގައި ފަސް ޕޮޮއިންޓްގެ ލީޑެއް ދަމަހައްޓަން ލިބުނު ފުރުސަތެކެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް، ކުޅުނު 22، ޕޮއިންޓް 51

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 21، ޕޮއިންޓް 46

  • 3-

    އާސެނަލް، ކުޅުނު 22، ޕޮއިންޓް، 46

  • 4-

    ޓޮޓެންހަމް، ކުޅުނު 22، ޕޮއިންޓް 43

  • 5-

    އެސްޓަން ވިލާ، ކުޅުނު 22، ޕޮއިންޓް 43

ލިވަޕޫލަށް ރޭ ލަނޑު ޖަހައިދިނީ ކޯނާ ބްރެޑްލީ އާއި ޑިއޯގޯ ޖޯޓާ އާއި ޑޮމިނިކް ޒޮބޮސްލައީ އަދި ލުއިޒް ޑިއާޒް އެވެ. 

އެންމެ ފަހު ތިން ސީޒަންގެ ޗެމްޕިއަން ސިޓީން ދެވަނާގައި އޮތީ އެއް މެޗު މަދުން ކުޅެގެން ކަމަށް ވިޔަސް ލިވަޕޫލްގެ މި ތަފާތަކީ ވަރަށް ބޮޑު ހިތްވަރެކެވެ. އަންނަ  އާދިއްތަދުވަހު އާސެނަލްގެ ދަނޑުގައި ލިވަޕޫލާއި އާސެނަލް ކުޅޭ މެޗަކީ، މިހާތަނަށް ލީގުގެ އެންމެ މުހިންމު އަދި އެންމެ ވަރުގަދަ ވާދަކުރުމަށް ވުން ކައިރި އެވެ. އެ މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަމަ އަށް ޕޮއިންޓްގެ ތަފާތެއް ނެރެވޭނެ އެވެ. އެކަމަކު އާސެނަލް މޮޅުވެއްޖެ ނަމަ، އެ ތަފާތު އެންމެ ދެ ޕޮއިންޓަށް ދަށްވާނެ އެވެ.

މިހާ އެއްވަރަށް ޕްރިމިއަ ލީގުގެ ގަދަ ތިން ޓީމު ވާދަކުރަމުން އައުމަކީ ކުރިއަށް ހުރި މެޗުތަކުގެ ފޯރި ގަދަވާނެ ސަބަބެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް