ބާސެލޯނާގެ ޒޮއާއޮ ފީލިކްސް. ރޭގެ މެޗުގައި ވެލެންސިއާ ކޮޅަށް އޭނާ ލަނޑު ޖެހި ނަމަވެސް މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

ލަލީގާ

ބާސެލޯނާއަށް މޮޅުނުވެވި ތާވަލްގެ އެއް ވަނައަށް ވުރެ ހަ ޕޮއިންޓް ފަހަތަށް

ސްޕެއިންގެ ލީގުގައި ބާސެލޯނާއަށް މޮޅުނުވެވި ދެ މެޗު ނިންމާލަން ޖެހުމަކީ ތާވަލްގެ އެއްވަނަ ހޯދަން ކުރާ މަސައްކަތަށް ބޮޑު ހުރަހެއް
17 ޑިސެމްބަރު 2023

ސްޕެއިންގެ ލަލީގާގައި ބާސޯލާ ރޭ ވެލެންސިއާއާ 1-1 އިން އެއްވަރުވުމާ އެކު ތާވަލްގެ އެއްވަނާގައި އޮތް ޖިރޯނާއަށް ވުރެ ހަ ޕޮއިންޓް ފަހަތަށް ވެއްޓިއްޖެ އެވެ.

މިއީ މޮޅެއް ނުލިބި ބާސެލޯނާއިން ނިންމާލި ތިން ވަނަ މެޗެވެ. ލީގުގައި މިދިއަ ހަފުތާގައި ޖިރޯނާ އަތުން 4-2 އިން ބަލިވުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ރޯޔަލް އެންޓްވާޕްގެ މެޗު 3-2 އިން ގެއްލުނެވެ.

ތާވަލްގެ 10 ވަނާގައި އޮތް ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ 55 ވަނަ މިނިޓްގައި ޒޮއާއޮ ފީލިކްސް ލަނޑެއް ޖަހާފައި ވަނިކޮށް ވެލެންސިއާއަށް އެއްވަރުކޮށްދިނީ 70 ވަނަ މިނިޓްގައި ހޫގޯ ގުލިއަމަން އެވެ.

ބާސެލޯނާ މިހާރު އޮތީ 35 ޕޮއިންޓާ އެކު ތިން ވަނާގަ އެވެ. އެކަމަކު މިއީ 41 ޕޮއިންޓާއި ބާސެލޯނާއަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ޖިރޯނާއަށް ވުރެ ހަ ޕޮއިންޓް މަދު އަދަދެެކެވެ.

ތާވަލްގެ ދެ ވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 39 ޕޮއިންޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް