އިނގިރޭސި ލީގު ކަޕްގައި ރޭ މެންޗެސްޓަ ސިޓީ ބަލިކުރަން ލަނޑު ޖެހި ނިއުކާސަލްގެ އެލެގްޒެންޑާ އިސާކް، ލަނޑަށް ފަހު އުފާ ފާޅުކުރަނީ

މެންޗެސްޓާ ސިޓީ

ނިއުކާސަލް އަތުން ބަލިވެ ސިޓީއަށް ފުރަތަމަ މުބާރާތް ގެއްލިއްޖެ

އިނގިރޭސި ލީގު ކަޕްގައި ނިއުކާސަލްގެ ދަނޑުގައި ކުޅެ 1-0 އިން މެންޗެސްޓަ ސިޓީ ބަލިވުމަކީ އާ ސީޒަންގެ ކުރީކޮޅު ލިބުނު ނާކާމިޔާބީއެއް
28 ސެޕްޓެމްބަރު 2023

އިނގިރޭސި ލީގު ކަޕްގައި ނިއުކާސަލް އަތުން 1-0 އިން ބަލިވެ ކެޓުމުން މެންޗެސްޓަ ސިޓީއަށް، އާ ސީޒަންގެ ފުރަތަމަ ކޮޅު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުކޮށްދިނީ 53 ވަނަ މިނިޓްގައި އެލެގްޒެންޑަ އިސާކް ޖެހި ލަނޑުންނެވެ. 

މިދިއަ ސީޒަންގައި އިނގިރޭސި ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތަށި ވެސް ނެގި ސިޓީގެ ބޭނުމަކީ ސީޒަންގެ ހުރިހާ މުބާރާތެއް ވެސް ކާމިޔާބުކުރުމެވެ. ނަމަވެސް ކޯޗު ޕެޕް ގާޑިއޯލާގެ އެ ހުވަފެނަށް މިފަހަރު ހުރަސް މި އެޅީ، ނިއުކާސަލް އެވެ.

ރޭގެ މެޗަށް ދެ ޓީމުން ވެސް ނެރުނީ އެންމެ ފަހުން އޮތް ލީގުގެ ވާދަކުރުމަށް އެރުވި ފުރަތަމަ 11އަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ. ނިއުކާސަލްގެ ޓީމަށް އަށް ބަދަލު، އަދި ސިޓީން ހަތް ބަދަލު ގެނެސްފައި އޮތެވެ.

ނިއުކާސަލްއަކީ އެންމެ ފަހުން އޮތް ލީގު ކަޕްގެ ފައިނަލް ކުޅުނު ޓީމެކެވެ. ފައިނަލްގައި ބަލިވީ މެންޗެސްޓަ ޔުނައިޓެޑް އަތުންނެވެ. މި މުބާރާތުގައި ނިއުކާސަލް ދެން ޖެހޭނީ ވެސް ޔުނައިޓެޑާ އެވެ. މިއީ މިދިއަ މުބާރާތުގެ ފައިނަލް މެޗު އަލުން ތަކުރާރުވުން ފަދަ ކަމެކެވެ.

ފުޓްބޯޅައިގެ ތަދު ކަންކަމުގެ ތެރޭގައި ސިޓީގެ މައްޗަށް މި ކަހަލަ މޮޅެއް ހޯދުން ހިމެނެ އެވެ. މިއީ އެންމެ ފަހު 38 މެޗުގެ ތެރެއިން 90 މިނިޓްގެ ތެރޭގައި ސިޓީ ބަލިވި ދެވަނަ މެޗެވެ. އެހެންކަމުން ސިޓީއަކީ ބަލިކުރަން އެންމެ އުނދަގޫ އެއް ޓީމުކަން އެނގެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް