
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: (
ޓިކެޓް ހަމަނުޖެހިގެން 23 އަހަރުން ދަށުގެ މުބާރާތުން ފަހު ވަގުތު ރާއްޖެ ވަކިވެއްޖެ
އޭއެފްސީގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަން މެޗުތަކަށް ޗައިނާއަށް ދާން ރާއްޖޭގެ ޓީމަށް ޓިކެޓް ހަމަނުޖެހިގެން އެންމެ ފަހުން މުބާރާތުން ވަކިވެއްޖެ ކަމަށް، އެފްއޭއެމުން މިއަދު ބުނެފި އެވެ.
މިއީ ޓިކެޓް ހަމަނުޖެހިގެން ބޭރުގެ މުހިންމު މުބާރާތަކުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމެއް ފަހުގެ ތާރީހެއްގައި ވަކިވި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ އެފްއޭއެމްގެ އިތުރުން ދިވެހި ފުޓްބޯޅައަށް ވެސް ކުރިމަތިވި ލަދެއް ކަމަށް ބެލެވެ އެވެ.
ޗައިނާގެ ޑާލިއާންގައި މާދަމާ ފަށާ ގްރޫޕް ޖީގެ މެޗުތަކަށް ރާއްޖޭގެ ޓީމު ފުރަން ކުރިން އޮތީ މިދިއަ އާދިއްތަދުވަހެވެ. ނަމަވެސް ޓިކެޓް ހަމަނުޖެހިގެން ފުރޭނެ ގޮތް ނުވެ، އެންމެ ފަހުން އެފްއޭއެމުން ބުނީ، ފަހު ވަގުތު ފައިސާ ހޯދުނަސް، އެއާލައިންތަކުން ޓިކެޓް ނުލިބުނީ ކަމަށެވެ.
އެކަމަކު މާ ކުރިން މެޗުތަކުގެ ދުވަސްތައް ކަނޑައަޅައި ނިމިފައި އޮންނަ މުބާރާތަކަށް ފުރަން ކުޑަތަންވުމުން އެފްއޭއެމުން އެހެން ބުންޏަސް، ގައުމީ ފުޓްބޯޅަ އިދާރާއަށް ކުރިމަތިވެފައި އޮތް ފާޑުކިއުންތައް ހައްތަހާ ގިނަވާނެ ކަމަށް ބެލެވެ އެވެ.

އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕްގައި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު (ޖަވާ) އިނގިރޭސި ބަހުން ހިއްސާކުރެއްވި ބަޔާނެއްގައި ބުނީ އުމުރު ފުރައިގެ ޓީމުތަކުގެ ބޭރު ދަތުރުތަކުގެ މައުލޫމާތު 7 އޮގަސްޓްގައި ސްޕޯޓްސް މިނިސްޓްރީއަށް ފޮނުވި ކަމަށެވެ.
ގައުމީ ޓީމުތައް ބޭރުގެ މުބާރާތްތަކަށް ކުރާ ދަތުރުތަކަށް ސަރުކާރުން އެހީވެ އެވެ. އެފްއޭއެމުން ބުނީ ޓިކެޓްތަކަށް ބޭނުންވާ ފައިސާގެ ބައެއް އެ އިދާރާއިން ހޯދައި، ސަރުކާރުން ދޭނެ އެހީތެރިކަމަށް ބެލި ކަމަށެވެ.
ސަރުކާރުން މާލީ އެހީތެރިކަން ނުލިބުމުން، ޖަވާޒު ވިދާޅުވި ގޮތުގައި، އެފްއޭއެމުން މަސައްކަތްކޮށްގެން ޓިކެޓަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެއްސި އެވެ.
"އެކަމަކު ދަތުރުގެ ވަގުތު ޖެހިފައި އޮތުމުން [އެއާލައިންތަކުން] ޖާގަ ނުލިބުނީ އެވެ،" ޖަވާޒު ވިދާޅުވި އެވެ.
ޗައިނާ އާއި ޔޫއޭއީ އަދި އިންޑިއާ ވެސް ހިމެނޭ ގްރޫޕްގެ މެޗުތައް ފަސްކުރަން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން މެދުވެރިކޮށް އެފްއޭއެމުން މަސައްކަތްކުރި ކަމަށް ވެސް، ބަޔާނުގައި ބުންޏެވެ. އެކަމަކު ހުރިހާ މެޗެއް ފަސްކުރަން ފަހު ވަގުތު އެދުނު އެދުން އެހެން ޓީމުތަކަށް ގަބޫލެއްނުކުރެވުނެވެ.
އެފްއޭއެމް އޮތީ މާލީ މައްސަލަގަނޑެއްގެ ތެރޭގަ އެވެ. މިހާރު ބޫޓާންގައި ކުރިއަށްދާ ސާފްގެ 16 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ ޒުވާން ޓީމު ވެސް ފުރުނީ ކިރިޔާ އެވެ. ފުރަތަމަ ފުރަން އޮތް ދުވަހަށް މުޅި ޓީމު އެމްޓީސީސީ ބަސް ޓާމިނަލަށް ވެސް ދިޔަ އެވެ. އެކަމަކު ދިޔަ ފަހުން އެފްއޭއެމުން އެންގީ ޓިކެޓް ހަމަނުޖެހޭ ކަމަށެވެ.
އެފްއޭއެމްގެ މާލީ މައްސަލަތައް ވަރަށް އަވަހަށް ހައްލުވާނެ ކަމަށް، އެންމެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އޮތީ ވިދާޅުވެފަ އެވެ.
އިތުރަށް ކިޔާލަން
ކޮމެންޓް (1)
މީމީ