ޓޮޓެންހަމްގެ ޕަޕޭ މާޓާ ސާ، ރޭ މެންޗެސްޓަ ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެކަން ފާހަގަކުރަނީ

ުޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމްއިން ބޮޑު އިތުބާރެއް ހޯދައިފި

ޓޮޓެންހަމްގެ މި ނަތީޖާއަކީ ލީގުގައި ރަނގަޅު ކުޅުމަކާއި ވާދައެއް ފެންނާނެ ކަމަށް ސަޕޯޓަރުން ކުރާ އުއްމީދަށް ފަހި މަގެއް
20 އޯގަސްޓު 2023

އަމިއްލަ ދަނޑުގައި މެންޗެސްޓަ ޔުނައިޓެޑް 2-0 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ އިން ވަރަށް ބޮޑު އިތުބާރެއް ރޭ ހޯދައިފި އެވެ.

މިއީ ކެޕްޓަން އަދި ފޯވަޑް ހެރީ ކޭން، ބޮޑު އަގުގައި ޖަރުމަންގެ ބަޔާން މިޔުނިކަށް ވިއްކާލުމަށް ފަހު ޓޮޓެންހަމްގެ ކުރިމަގަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށް ވެސް، ބެލެވެ އެވެ.

ދެ ލަނޑު ވެސް އައީ މެޗުގެ ފަހު ހާފުގަ އެވެ. ފުރަތަމަ ލަނޑު 49 ވަނަ މިނިޓްގައި ޕަޕޭ މާޓާ ސާ އެވެ. ދެވަނަ ލަނޑު ޔުނައިޓެޑްގެ ދިފާއީ ކުޅުންތެރިޔާ ލިސެންޑްރޮ މާޓިނޭޒްގެ ފައިގައި ޖެހިފައި، އަމިއްލަ ގޯލަށެވެ.

މިއީ ޓޮޓެންހަމްގެ އާ ކޯޗު އެންޖީ ޕޮސްޓެކޮގްލޫގެ ފެށުން ވެސް ރަނގަޅުކަން ސާބިތުކޮށްދޭ ނަތީޖާއެކެވެ. ލީގުގެ ފުރަތަމަ މެޗުގައި ބްރެންޓްފޯޑާ ކުޅެގެން ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ޓޮޓެންހަމްގައި އެންމެ ފަހުން ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ އާއި އެންޓޯނިއޯ ކޮންޓޭގެ ދަށުން ފެނުނީ ކްލަބްގެ ސަޕޯޓަރުން ހިތްހަމަޖެހުނު ނަތީޖާތަކެއް ނޫނެވެ. އެހެންކަމުން ރަނގަޅު ކޯޗެއްގެ ބެލުމުގައި ރަނގަޅު ނަތީޖާއަކާ ހަމައަށް ދެވިދާނެކަމުގެ އުއްމީދު އޮތީ ލިބެން ޖެހިފަ އެވެ.

ޔުނައިޓެޑް ބަލިކޮށްލުމަކީ، އަދި ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ފެނުނު ކުޅުމުގެ ސްޓައިލަކީ ޓޮޓެންހަމްގެ ސަޕޯޓަރުންނަށް އޮތް ބޮޑު އިތުބާރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް