ރޭ ބާންލީ ކޮޅަށް ފުރަތަމަ ލަނޑު ޖެހުމަށް ފަހު މެންޗެސްޓަ ސިޓީގެ އާލިން ހާލަންޑް އުފާ ފާޅުކުރަނީ

ހާލަންޑްގެ ނުރައްކަލާ އެކު ސިޓީން ފުރިހަމަ ފެށުމެއް ދައްކާލައިފި

އިނގިރޭސި ޕްރިމިއަ ލީގު ރޭ ފެށި މެޗަށް ޗެމްޕިއަން ސިޓީއާ ދެކޮޅަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ބާންލީ ނުކުމެ ބަލިވީ 3-0 އިން
12 އޯގަސްޓު 2023

މިދިއަ ސީޒަންގައި ވެސް ގޯލު ޖެހުމުގައި އާދަޔާ ހިލާފު ހުނަރެއް ދެއްކި އާލިން ހާލަންޑްގެ ފުރިހަމަ ދެ ލަނޑާ އެކު 3-0 އިން ބާންލީ ބަލިކޮށް އިނގިރޭސި ޕްރިމިއަ ލީގުގެ ތަށި ދިފާއުކުރުމުގެ މަސައްކަތް މެންޗެސްޓަ ސިޓީން ރޭ ވަރަށް ފުރިހަމައަށް ފަށައިފި އެވެ.

ސިޓީގެ އެހާމެ ކާމިޔާބު ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި މިދިއަ ސީޒަންގެ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައި ޕްރިމިއަ ލީގަށް ކޮލިފައިވި ބާންލީ ކޮޅަށް ފުރަތަމަ ހާފުގައި ހާލަންޑް ޖަހާލި ދެ ލަނޑު، ތިން ޕޮއިންޓް ކަށަވަރުކުރަން ފުދުނެވެ.

ނަމަވެސް ދެވަނަ ހާފުގައި ރޮޑްރީ އިތުރު ލަނޑެއް ޖަހައި، 3-0ގެ ތަފާތު ނަތީޖާއަކާ އެކު ބާންލީގެ ދަނޑުން ފޭބުމުގެ ފުރުސަތު ސިޓީއަށް ލިބުނެވެ.

މިދިއަ ސީޒަންގައި އިނގިރޭސި ޕްރިމިއަ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތަށި ހޯދަން 51 ލަނޑު ޖަހައިގެން ހާލަންޑް ފެނުނީ ބޮޑު ނުރައްކަލެއްގެ ގޮތުގަ އެވެ.

އެކަމަކު އޭނާގެ ދެ ލަނޑުން ކޯޗު ޕެޕް ގާޑިއޯލާގެ ހިތްހަމައެއް ނުޖެހުނެވެ. ފުރަތަމަ ހާފަށް ފަހު ދަނޑުން ފޭބި ވަގުތު އޭނާއަށް ކުރިމަތިވީ ގާޑިއޯލާގެ ހޫނު އިރުޝާދުތަކެކެވެ. ނުވަތަ އިތުރު ގޯލުތަކެއް ނުޖެހުމުގެ ޝަކުވާތަކެވެ. ދައްކާ ވާހަކަ އިވޭހާ ކައިރީގައި ޓީވީ ކެމެރާމޭނަކު ހުރުމުން އެ ހިސާބުން ދުރަށް ދާން ވެސް ގާޑިއޯލާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް