ނޯތު މެސެޑޯނިއާ ކޮޅަށް ހެޓްރިކް ހެދުމަށް ފަހު ބުކާޔޯ ސަކާ، ތިން އިނގިލި ދައްކާލަނީ: މިއީ އިންގްލެންޑްގެ ކުޅުންތެރިޔާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކް

ޔޫރޯ 2024

ސަކާގެ ފުރަތަމަ ހެޓްރިކާ އެކު އިންގްލެންޑަށް ތަފާތު މޮޅެއް

ނޯތު މެސެޑޯނިއާ އަތުން 7-0 އިން މޮޅުވެ އިންގްލެންޑް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައި
20 ޖޫން 2023

އަންނަ އަހަރުގެ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ނޯތު މެސެޑޯނިއާ ކޮޅަށް ޒުވާން ކުޅުންތެރިޔާ ބުކާޔޯ ސަކާ ހެދި ހެޓްރިކްއާ އެކު އިންގްލެންޑްއަށް ތަފާތު މޮޅެއް ލިބި، ތާވަލްގައި 100 ޕަސެންޓްގެ ރެކޯޑެއް ދަމަހައްޓައިފި އެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ، 38 ،47 އަދި 51 ވަނަ މިނިޓްގައި ޖެހި ތިން ލަނޑަކީ އޭނާގެ ފުރަތަމަ ހެޓްރިކް ވެސް މެ އެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ދެ ލަނޑު، މާކަސް ރަޝްފޯޑާއި ކެލްވިން ފިލިޕްސް، މިއިން ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑު ޖެހި އެވެ.

ޖަރުމަންގައި އޮންނަ ޔޫރޯއަށް ކޮލިފައިވާން އިންގްލެންޑް ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ހޯދި 12 ޕޮއިންޓާ އެކު އޮތީ ތާވަލްގެ ކުރީގަ އެވެ. ޔޫކްރެއިން ދެ ވަނައިގަ އެވެ. އިޓަލީ އަދި ކުޅުނީ ދެ މެޗެވެ. ތިން ޕޮއިންޓާ އެކު އޮތީ ތިން ވަނައިގަ އެވެ. ނޯތު މެސެޑޯނިއާއާ އެކު ގްރޫޕްގައި ދެން އޮތީ މޯލްޓާ އެވެ. 

އާސެނަލްގެ ސަކާއަކީ އިންގްލެންޑްގެ އުއްމީދުތަކުގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. ވެމްބްލީގައި ތިބި އިންގްލެންޑްގެ ސަޕޯޓަރުން ވަނީ، ސަކާ ބަދަލުކުރި ވަގުތު ކޮޅަށް ތެދުވެ، އޭނާގެ ހެޓްރިކްއަށް މަރުހަބާ ކިޔައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް