ސިޓީގެ ކުޅުންތެރިން އިނގިރޭސި ޕްރިމިއަ ލީގުގެ ތަށި އުފުލާލަނީ: މިރޭ ކުޅޭނީ އެންމެ މުހިންމު މެޗު

ޗެމްޕިއަންސް ލީގުގެ ފައިނަލް: ޔުނައިޓެޑްގެ ދިވެހި ސަޕޯޓަރުން އެދޭނީ މިރޭ ސިޓީ ބަލިވާން

އިންޓަ މިލާން ބަލިކޮށް މިރޭ ޗެމްޕިއަންސް ލީގު ނެގިއްޖެ ނަމަ، އެއް ސީޒަނެއްގައި ތިން މުބާރާތެއްގެ ތަށި ނެގި އިނގިރޭސި ދެވަނަ ޓީމަށް ވާނެ
10 ޖޫން 2023
1

މިރޭ ރާއްޖޭގެ ގަޑިން ދަންވަރު 12 ޖަހާއިރު، ތުރުކީގެ އިސްތަންބޫލްގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި މެންޗެސްޓަ ސިޓީ ބަލިވާން މެންޗެސްޓަ ޔުނައިޓެޑްގެ ދިވެހި ސަޕޯޓަރުން ބޭނުންވެދާނެ އެވެ. އެކަމަކު އިންޓަ މިލާން އާއި ސިޓީ މިހާރު އޮތް ފެންވަރަށް ބަލާއިރު، ނަތީޖާ ބުރަވަނީ ސިޓީ ކޮޅަށެވެ.

ޔުނައިޓެޑްގެ ދިވެހި ބައެއް ސަޕޯޓަރުން ސިޓީ ބަލިވާން އެދެނީ މެޗުން މޮޅުވެ ޗެމްޕިއަންކަން ލިބުމަކީ 1999ގައި މިހާތަނަށް ސިޓީން ހޯދި ކާމިޔާބީއާ އެއްވަރުގެ ކާމިޔާބީއަކަށް ވާނެތީ އެވެ. އެއް ސީޒަނެއްގައި އިނގިރޭސި ލީގު، އިނގިރޭސި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ނެގި އެހެން ކްލަބެއް ޔުނައިޓެޑް ނޫނީ ނެތެވެ.

އިނގިރޭސި ޓީމުތަކަށް ސަޕޯޓްކުރާ ދިވެހިން ގިނަ އެވެ. ޔުނައިޓެޑް ނޫން ޓީމުތަކަށް ސަޕޯޓްކުރާ ބައެއް ދިވެހިން ތިބީ ސިޓީ މޮޅުވާން އުއްމީދުކޮށްކޮށެވެ.

"އޭރުން ޔުނަައިޓެޑްގެ ފޭނުންގެ ފޮނިކަން ކަނޑުވާލެވޭނެތާ،" އެކަކު ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އޭސީ މިލާން ކޮޅަށް ލަނޑު ޖެހުމަށް ފަހު އިންޓަ މިލާންގެ ކުޅުންތެރިން ހިތްހަމަޖައްސާލަނީ: އިންޓައަކީ ގޮތް ނޭނގޭ ވަރުގަދަ ޓީމެއް

އިޓާލިއަން ލީގުގެ ހަ ވަނައަށް ވެއްޓުނަސް އިންޓަ މިލާންއަކީ ނުރައްކާތެރި ޓީމެކެވެ. ކޯޗު ސިމިއޮނީ އިންޒާގީއަކީ، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފަދަ ކާމިޔާބު ކޯޗަކަށް ނުވިޔަސް، އިންޓަ މިލާނަށް އޭނާ ގެނައި ބަދަލުތަކާއި ކުޅުންތެރިންގެ ޖޯޝްއަށް ބަލާއިރު، އެއީ އެފަދަ އެއް ވަނަ އެވެ.

ސިޓީގައި ތިބި ކަހަލަ ދުނިޔޭގެ ފެންވަރުގެ ތަރިންތަކެއް ވެސް އިންޓާގައި ނެތެވެ. ނަމަވެސް ޓީމެއްގެ ގޮތުގައި ދައްކާ ކުޅުމަކީ އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ވެސް ނުރައްކަލެކެވެ.

ސިޓީއަށް މިހާތަނަށް ނުލިބި އޮތީ ޗެމްޕިއަންސް ލީގެވެ. އެހެންކަމުން ގާޑިއޯލާ އާއި ސިޓީގެ ތާރީހު އަލުން ލިޔާ ނަމަ މިރޭގެ ފައިނަލަށް ވުރެ މުހިންމު މެޗެއް ނެތެވެ.

އެކަމަކު އިންޒާގީއަކީ އިދިކޮޅަށް ނުކުންނަ ޓީމުތައް ވަރަށް ރަނގަޅަށް ދިރާސާކޮށްގެން އޭނާގެ ޓީމު ނެރޭ ކޯޗަކަށް ވާތީ، މިރޭގެ މެޗުގައި އިންޓަ ހަދާނެ ގޮތާ މެދު ފުޓްބޯޅައިގެ ތަޖުރިބާކާރުން ތިބީ ބަލަބަލަ އެވެ.

ޔަގީނުން ވެސް ސިޓީގެ ޒުވާން ފޯވަޑް އާލިން ހާލޭންޑްއަކީ ނުރައްކަލެކެވެ.  ސީޒަންގައި 51 ލަނޑު ޖެހުމަކީ އާދަޔާ ހިލާފު ކުޅުންތެރިޔަކަށް ނޫނީ ނުވާނެ ކަމެކެވެ. ހާލޭންޑް ބަލަހައްޓަން އިންޓަގެ ފަހަތުގައި ހުންނާނެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ ފްރާންސެސްކޯ އަޗާބީ އެވެ.

ހާލޭންޑް ދެކެ ދިފާއީ ކުޅުންތެރިން ޖެހިލުންވެދާނެ އެވެ. އެކަމަކު އަޗާބީގެ ހަޔާތުގައި ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުރެ ނުރައްކާތެރި ކަމަކާ ވަނީ ދިމާވެފަ އެވެ؛ ކެންސަރެވެ. އެ ބައްޔާ ދެކޮޅަށް އޭނާ ކުރި ހަނގުރާމައަށް ވުރެ މިރޭ ހާލޭންޑް ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތް ކުޑަވާނެކަމުގެ އިހުސާސް އޮވެދާނެ އެވެ؛ މާނައަކީ އޭނާގެ ބިރެއް ނެތުމެވެ.

ކޮމެންޓް (1)

ޚައްދަ

10 ޖޫން 2023
ތީ ޝައްކެއް، ވަސްވާހެއް އޮތްކަމެއް ނޫން. މެންޗެސްޓަރ އިޒް ރެޑް!!!!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް