ރެއާލް މެޑްރިޑާއި ފްރާންސްގެ ތަރި ކަރީމް ބެންޒީމާ، ސައުދީގެ އަލް-އިއްތިހާދުގެ ޖާޒީ ދައްކާލަނީ

ކަރީމް ބެންޒެމާ

ބެންޒީމާ، ސައުދީގެ އަލް-އިއްތިހާދާ ގުޅެން ނިންމައިފި

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ، އޭނާގެ ކުރީގެ ކުޅިވަރުގެ ބައިވެރިޔާ ރޮނާލްޑޯއާ އެއް ލީގަކަށް ދަނީ މުހިންމު މަސައްކަތެއް ކަމަށް ބަލައިގެން
7 ޖޫން 2023

ރެއާލް މެޑްރިޑް އާއި ފްރާންސްގެ ތަރި ކަރީމް ބެންޒީމާ، ސައުދީ އަރަބިއްޔާގެ އަލް-އިއްތިހާދާ ގުޅެން ނިންމައި، އެކަން އިއްޔެ އިއުލާންކޮށްފި އެވެ.

އުމުރުން 35 އަހަރުގެ ފޯވަޑް ސައުދީގެ ޗެމްޕިއަންއާ ގުޅެނީ ތިން އަހަރު ދުވަހުގެ އަގުބޮޑު އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިއަ 14 އަަހަރު ރެއާލްއަށް ކުޅެ ބޮޑެތި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ އަދި ކެޕްޓަން ބުނީ އޭނާގެ އާ މި ފެށުމަކީ ވެސް ފުޓްބޯޅައިގެ ހަޔާތުގެ މުހިންމު ބައެއް ކަމަށެވެ.

"އެއީ ރަނގަޅު ލީގެއް، އެ ލީގުގައި ވަރަށް ރަނގަޅު ކުޅުންތެރިން ވެސް އެބަ ކުޅޭ،" ބެންޒީމާ ބުންޏެވެ.

"ކްރިސްޓިއާނާ ރޮނާލްޑޯ ވެސް އެ ހުރީ އެތަނުގައި. އެކަމުން އެނގެނީ ސައުދީ އަރަބިއްޔާގެ ފެންވަރު ކުރިއެރުވުމުގެ މަސައްކަތް ފަށައިފިކަން."

މިދިއަ އަހަރު ރޮނާލްޑޯ ގުޅުނީ އަލް-ނަސްރުއާ އެވެ.

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބެންޒީމާ އުފާ ފާޅުކުރަނީ: އެ މެޗުގައި އޭނާ ހެޓްރިކެއް ހެދި

ބެންޒީމާއަކީ ރޮނާލްޑޯގެ ފަހަތުން ރެއާލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ރޮނާލްޑޯގެ ޖުމްލައަކީ 450 ލަނޑެވެ. ބެންޒީމާ ރެއާލް ދޫކޮށްލި އިރު 354 ލަނޑު ޖަހާފައިވެ އެވެ. ފަސް ފަހަރު ޗެމްޕިއަންސް ލީގު އަދި ހަތަރު ފަހަރު ލަ ލީގާގެ ޗެމްޕިއަންކަން ހޯދި އެވެ.

"އަހަރެންގެ ހަޔާތުގައި އެހާ ގިނަ ކާމިޔާބީތައް ލިބުމަކީ ނަސީބެއް. ސްޕެއިން އާއި ޔޫރަޕްގައި އަހަންނަށް ހޯދޭނެ ހުރިހާ އެއްޗެއް ލިބިއްޖެ. މިއީ އެހެން ލަނޑުދަނޑިއަކަށް، އެހެން ކަމަކާ ކުރިމަތިލާން ރަނގަޅު ވަގުތުކަން އިހުސާސްކުރެވޭ،" ބެންޒީމާ ބުންޏެވެ.

އަލް-އިއްތިހާދުގެ މިހާރުގެ ކޯޗަކީ ޓޮޓެންހަމް ހޮޓްސްޕާ އާއި ވޮލްވްސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ އެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ނިއުކާސަލް ޔުނައިޓެޑްގެ ވެރިޔާ ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން މިދިއަ ހޯމަދުވަހު އިއުލާންކުރި ގޮތުގައި އަލް-އިއްތިހާދާއި އަލް-ނަސްރުއާ ވެސް އެ ފަންޑުން ހަވާލުވާނެ އެވެ. އޭގެ އިތުރުން ލިއޮނެލް މެސީ ގެންދަން މަސައްކަތް ކުރަމުން އަންނަ އަލް-ހިލާލް އަކީ ވެސް އެ ފަންޑުގެ ކްލަބަކަށް ހަދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް