ޓެކާސް މުބާރާތުގެ މެޗެއް ކުޅެނީ (ފޮޓޯ/ޓެކާސް)

ދިވެހި އިންޝުއަރެންސާ އެކު ބާއްވާ މުބާރާތުގެ ރ އަތޮޅު މެޗުތައް ފަށަނީ

ޓެކާސް އިން މި އަހަރު ބާއްވާ ދެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިވެހި އިންޝުއަރެންސް
3 ޖޫން 2023

ދިވެހި އިންޝުއަރެންސުން ސްޕޮންސަކޮށްގެން ބާއްވާ ޓެކާސް ރިސޯޓް ކަޕްގެ ރ. އަތޮޅު މެޗުތައް މިއަދު ފަށާނެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ކުޅިވަރު މުބާރާތްތައް ރާވައި އިންތިޒާމުކުރާ ޓެކާސް އިން މި އަހަރު ބާއްވާ ދެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިވެހި އިންޝުއަރެންސެވެ. އެގޮތުން:

  • ރިސޯޓު ކަޕް - މި އަހަރުގެ މުބާރާތުގައި އަށް އަތޮޅެއްގެ ރިސޯޓުތަކުން ވާދަކުރާނެ

  • ޓެކާސް ރާއްޖެ ކަޕް - މިއީ ކުރިން ބޭއްވި ޓެކާސް މޯލްޑިވްސް ކަޕްގެ ބަދަލުގައި ބާއްވާ މުބާރާތެއް

ދިވެހި އިންޝުއަރެންސުން ބުނީ މި ދެ މުބާރާތަށް އެ ކުންފުނީގެ އެއްބާރުލުން ދިނުމުގެ އެއް މަގުސަދަކީ ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުުރުމަށް ކުރާ މަސައްކަތަށް ސަޕޯޓު ދިނުން ކަމަށެވެ.

ތަފްސީލް - މުބާރާތުގެ ދ. އަތޮޅު މެޗުތައް ކަނޑިންމަ ރިސޯޓުގައި ބޭއްވުމަށް ފަހު، ރ. އަތޮޅު މެޗުތައް ފަށާނީ ޖޯލި މޯލްޑިވްސްގަ އެވެ. ރ. އަތޮޅުން4 ޓީމެއް މުބާރާތުގައި ވާދަކުރެ އެވެ. އެއީ

  • ޖޯލި މޯލްޑިވްސް

  • ޖޯލި ބީން

  • އަމާރީ ރާޔާ މޯލްޑިވްސް

  • ކޯރާ ކޯރާ މޯލްޑިވްސް

އެނގުން މުހިއްމު - ދިވެހި އިންޝުއަރެންސަކީ ޒަމާނީ އިންޝުއަރެންސް ކަވަރޭޖް ފޯރުކޮށްދީ، ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކަށް ހިދުމަތް ދިނުމަށް އަބަދު ވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ރީ އިންޝުއަރެންސް ކުރާ ފަރާތްތަކާއި ޕާޓްނަރުންނާ އެކު ގުޅުން ބަދަހިކުރުމަކީ ވެސް އެ ކުންފުނީގެ މަގުސަދެކެވެ.

ޓެކާސް އާއި ދިވެހި އިންޝުއަރެންސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ދުވަހުން ދުވަހަށް ރަނގަޅު ކުރުމަށް މުހިންމު ދާއިރާތަކުގައި ފަރުދުން ތަރައްގީކުރުމަށް އެހީތެރިވުމަށް ކޯޕަރޭޓް ޓްރޭނިން ޕްރޮގްރާމްތައް ފޯރުކޮށްދޭނެ އެވެ.

ދިވެހި އިންޝުއަރެންސް

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް