ގަދަ ހަތަރަކުން ޖާގަ ހޯދަން ލިވަޕޫލް ކުރާ މަސައްކަތުގައި ހިތްވަރު ދޫކުރުމެއް ނެތް

ޕްރެމިއަ ލީގު

ލިވަޕޫލް މޮޅުވެ، ޔުނައިޓެޑާއި ނިއުކާސަލްގެ ފަހަތުން ވިއްދާފައި

ގަދަ ހަތަރެއް ކަށަވަރުކުރަން މި ތިން ޓީމުގެ މެދުގައި އޮތް ވާދަވެރިކަން އަންނަނީ ބޮޑުވަމުން
16 މޭ 2023

ލެސްޓާ ސިޓީ އަތުން 3-0 އިން މޮޅުވެ، ލިވަޕޫލުން ޕްރިމިއަ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ ރޭހުގައި މެންޗެސްޓަ ޔުނައިޓެޑް އާއި ނިއުކާސަލްގެ ފަހަތުގައި، ރަނގަޅަށް ރޭ ވިއްދާލައިފި އެވެ.

ރެލިގޭޝަން ޒޯނުގައި ކުރިއަށް ވުރެ ބޮޑު ގޮންޖެހުންތަކެއްގެ ތެރެއަށް ލެސްޓާ ވައްޓާލައި، ލިވަޕޫލް ހޯދި ކާމިޔާބީއާ އެކު ތާވަލްގައި އެ ޓީމު އޮތީ، ޔުނައިޓެޑް އާއި ނިއުކާސަލްއަށް ވުރެ އެންމެ ޕޮއިންޓެއްގެ މަދުން ލިބިގެން، ފަސް ވަނައިގަ އެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    މެންޗެސްޓަ ސިޓީ، ކުޅުނު 35، ޕޮއިންޓް 85

  • 2-

    އާސެނަލް، ކުޅުނު 36، ޕޮއިންޓް 81

  • 3-

    ނިއުކާސަލް، ކުޅުނު 35، ޕޮއިންޓް 66

  • 4-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 35، ޕޮއިންޓް 66

  • 5-

    ލިވަޕޫލް، ކުޅުނު 36، ޕޮއިންޓް 65

ލިވަޕޫލަށް އޮތް ބޮޑު ހުރަަހަކަށް ވާނީ ޔުނައިޓެޑާއި ނިއުކާސަލްއަށް ވުރެ އެއް މެޗު ގިނައިން ކުޅެފައި އޮތުމެވެ. ލިވަޕޫލަށް ދެން އޮތީ ދެ މެޗެވެ. އެކަމަކު އަނެއް ދެ ޓީމަށް ތިން މެޗު އެބަ އޮތެވެ.

ރޭގެ މޮޅަކީ ޔާގެން ކްލޮޕްގެ ޓީމުން ޖެހިޖެހިގެން ހޯދި ހަތް ވަނަ މޮޅެވެ.

ޔުނައިޓެޑަށް އޮތް ބިރަކީ ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެ ނަމަ ލިވަޕޫލްއަށް ވުރެ ލަނޑުގެ ތަފާތުން މާ ބޮޑަށް ފަހަތުގައި އުޅުމެވެ. މިހާތަނަށް ލިވަޕޫލަށް ފައިދާ 28 ގޯލް އޮތް އިރު ޔުނައިޓެޑްގެ އަދަދަކީ 10 އެވެ. ނިއުކާސަލް 32 އެވެ.

ޗެމްޕިއަންސް ލީގުން ސީދާ ޖާގަ ލިބޭނީ ޕްރިމިއަ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް