ޔޫރޯ 2024 ކޮލިފިކޭޝަންގައި ނޯވޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ހޯސެލޯ އުފާ ފާޅުކުރަނީ

ފުޓްބޯޅަ

ސްޕެއިން ޔޫރޯ ކޮލިފިކޭޝަންގެ ފެށުން ރަނގަޅުކޮށްފި

އުމުރުން 32 އަހަރުގައި ގައުމީ ޓީމަށް ފުރަތަމަ ކުޅެ ހޯސެލޯ ދެ ލަނޑު ޖަހައިދީފި
26 މާރިޗު 2023

އުމުރުން 32 އަހަރުގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ފޯވަޑް ހޯސެލޯ ދެ ގޯލް ޖަހައި، ނޯވޭގެ މައްޗަށް ހޯދި 3-0ގެ ކާމިޔާބީއާ އެކު ޔޫރޯ 2024ގެ ކޮލިފިކޭޝަންގެ ފެށުން ރަނގަޅުކޮށްދީފި އެވެ.

ވޯލްޑް ކަޕަށް ފަހު ކޯޗުކަމުން ބޭރުކުރި ލުއިސް އެންރީކޭގެ ބަދަލުގައި އެ މަގާމާ ހަވާލުވި ޑެ ލަ ފުއެންތޭއަށް މި ކާމިޔާބު ވަރަށް މުހިންމެވެ. ފުރަތަމަ 11އަށް އޭނާ ނެގީ އާންމުކޮށް ގިނަ މީހުންނަށް އެނގޭ ކުޅުންތެރިންތަކެއް ވެސް ނޫނެވެ. ނަމަވެސް މި ނަތީޖާއަކީ އެ ޓީމަށް ލިބުނު ބޮޑު އުއްމީދެކެވެ. 

މިވަގުތު އެންމެ ފޯމުގައި ހުރި މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލެންޑްއާ ނުލައި ނޯވޭއިން ކުޅުނު މެޗުގައި ލިބުނު ފުރުސަތުތައް ދިޔައީ ބޭނުންނުކުރެވި އެވެ. 

ސްޕެއިންގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖެހީ އޮލްމޯ ކަވާޖާ އެވެ. ހޯސެލޯގެ ދެ ލަނޑު އައީ 83 އާއި 85 ވަނަ މިނިޓްގަ އެވެ.

އުމުރުން 32 އަހަރުގައި ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް އެރުމަކީ އާންމު ކަމެއް ނޫނެވެ. ހާއްސަކޮށް ސްޕެއިން ކަހަލަ މޮޅު ކުޅުންތެރިން ގިނަ ގައުމެއްގަ އެވެ.

މިހާރު ސްޕެއިންގެ އެސްޕަންޔޯލްއަށް ކުޅެމުން އަންނަ ފޯވަޑަށް އިނގިރޭސި ޕްރިމިއަ ލީގުގައި ނިއުކާސަލް އާއި ސްޓޯކްގައި މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް