Majlis 2024

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ފުޓްބޯޅަ

197 ގައުމަކުން ވޯޓުދީ ލަންކާ ފީފާއިން ސަސްޕެންޑްކޮށްފި

ފީފާގެ އިންތިހާބުގައި ޒިމްބާބްވޭ އާއި ސްރީލަންކާ އަށް ވޯޓުލުމުގެ ހައްގު ނުދީ ބުރާސްފަތި ދުވަހު އެ ދެ ގައުމު ފީފާއިން ސަސްޕެންޑްކޮށްފި އެވެ.

ގިނަ ދުވަސްތަކެއްގެއްގެ އިންތިޒާރަކަށް ފަހު ފީފާގެ 73 ވަނަ ކޮންގްރެސްއަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ އިސް ވެރިން ހިމެނޭ ގޮތަށް 2،000 މަންދޫބުން ރްވާންޑާގެ ކިގާލީގައި ވަނީ ބައްދަލުކޮށްފަ އެވެ. ފީފާގެ އެންމެ މަތީ ލެޖިސްލޭޓިވް ބޮޑީ، ފީފާ ކޮންގްރެސްގައި ފީފާގެ އިސް ވެރިންނާއި ކޮންފެޑެރޭޝަންތަކުގެ އިތުރުން 211 މެމްބަރުން ހިމެނޭ އެސޯސިއޭޝަންތަކުގެ މަންދޫބުންނާއި ފުޓްބޯޅައިގެ އެހެނިހެން ސްޓޭކްހޯލްޑަރުން ވަނީ އެއްތަންވެފަ އެވެ.

ދުއިސައްތަ އެގާރަ އެސޯސިއޭޝަންގެ ތެރެއިން 199 މެމްބަރު އެސޯސިއޭޝަނަކުން ޒިމްބާބުވޭ ސަސްޕެންޑް ކުރަން ހުށަހެޅި ގަރާރަށް ތާއީދުކޮށް ވޯޓު ދިންއިރު ފީފާގެ އިންތިހާބުގައި ސްރީ ލަންކާއަށް ވޯޓު ނުލެވޭ ގޮތަށް ހުށަހެޅި ގަރާރަށް 197 އެސޯސިއޭޝަނަކުން ވަނީ ވޯޓުދީފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ފީފާއިން ވަނީ ފުޓްބޯލް ފެޑެރޭޝަން އޮފް ސްރީލަންކާ (އެފްއެފްއެސްއެލް) ސަސްޕެންޑް ކުރީ އެ ފެޑެރޭޝަންގެ އިންތިހާބު ޒިއުރިކްގެ މިންގަނޑަށް ވުރެ ދަށްވެ، ސިޔާސީ ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް