ނޮވަކް ޖޮކޮވިޗް އިއްޔެ އެޑެލައިޑް އިންޓަނޭޝަނަލްގައި ވާދަކުރަން ކޯޓަށް ނުކުންނަނީ: އޭނާއަށް އެތައް ބައެއްގެ ލޯބި ލިބުނު

ޓެނިސް

ޖޮކޮވިޗު އެނބުރި އޮސްޓްރޭލިޔާއަށް، އެތައް ބައެއްގެ ސަޕޯޓާއި ލޯބި

އޮސްޓްރޭލިޔަން އޯޕަންގައި ވާދަކުރަން މިފަހަރު ދެވޭ ގޮތް ވީ ތިން އަހަރުގެ ނިންމުން ބަދަލުކުރުމުން
3 ޖެނުއަރީ 2023

މީގެ އަހަރެއް ކުރިން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އޮސްޓްރޭލިޔާއަށް ދިއުމުން ކޮވިޑް-19ގެ އުސޫލުތަކާ ހިލާފު ކަމަށް ނިންމައި، ޑިޕޯޓްކޮށްލި ހަބަރުން ދުނިޔޭގެ މީޑިއާގެ ސުރުހީތައް ފުރުނެވެ. އެއީ އޮސްޓްރޭލިޔަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރަން ދިޔަ ކުޅުންތެރިޔާގެ ހަޔާތުގައި ވެސް ހިތާމަވެރި ހާދިސާއެކެވެ.

ޖޮކޮވިޗް ،35، އޮސްޓްރޭލިޔާއަށް އެތެރެވީ ދޮގު މައުލޫމާތު ދީގެންނެވެ. އެހެންކަމުން 10 ދުވަހުގެ ކޯޓު މަރުހަލާގެ އަޑުއެހުންތަކާއި އޭގެ ފަހުން އޭނާ ޑިޕޯޓްކޮށްލަން ސަރުކާރުން ނިންމި ނިންމުންތަކުން ކުޅިވަރުގެ ދުނިޔެ ވެސް ހއިރާންވި އެވެ.

ބޭރު މީހުން އޮސްޓްރޭލިޔާއަށް ވަންނަ އިރު ކޮވިޑް-19ގެ ވެކްސިން ފުރިހަމަކުރަން ޖެހެ އެވެ. ޖޮކޮވިޗް އެ ވެކްސިންއެއް ނުޖަހަ އެވެ.

އޭރު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗު އޮސްޓްރޭލިޔާ އިން ޑިޕޯޓްކޮށްލަން ގެންދަނީ

ޖޮކޮވިޗް ޑިޕޯޓްކުރީ ތިން އަހަރު ދުވަހަށެވެ. ނަމަވެސް މިދިއަ ނޮވެމްބަރު މަހު އޮސްޓްރޭލިޔާއިން ވަނީ އެ ނިންމުން އުވާލައިފަ އެވެ. އެހެންކަމުން މި މަހު 16ގައި ފަށާ އޮސްޓްރޭލިޔަން އޯޕަންގައި ވާދަކުރަން އޭނާ މިހާރު ހުރީ އޮސްޓްރޭލިޔާގަ އެވެ. އަދި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެޑެލައިޑް އިންޓަނޭޝަނަލް ޓެނިސް މުބާރާތުގައި އިއްޔެ ވާދަކުރި އިރު ކުޅިބަލާ މީހުންގެ ފަރާތުން އޭނާއަށް ލިބުނީ ސަޕޯޓާއި ލޯތްބެވެ.

އެޑެލައިޑް އިންޓަނޭޝަނަލް މުބާރާތުގެ ޑަބަލްސްގައި ވާދަކޮށް ބަލިވިޔަސް، ކޯޓުން ނުނިކުމެ އޭނާގެ ސަޕޯޓަރުންނާ އެކު ފޮޓޯ ނަގައި، އޮޓޯގްރާފް ދިނުމުގައި ޖޮކޮވިޗް ވަގުތު ހޭދަކުރި އެވެ. މި މުބާރާތުގެ ސިންގަލްސް ބައިގައި ވެސް އޭނާ ވާދަކުރެ އެވެ.

މެލްބަންގައި އޮންނަ އޮސްޓްރޭލިޔަން އޯޕަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދިއްޖެ ނަމަ ޖޮކޮވިޗްގެ ރެކޯޑް ސްޕެއިންގެ ރަފޭލް ނަޑާލްއާ އެއްވަރުވާނެ އެވެ. މިހާތަނަށް 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްގެން ނަޑާލް ހުރީ ކުރީގަ އެވެ. ޖޮކޮވިޗްގެ އަދަދަކީ 21 އެވެ.

ޖޮކޮވިޗް ވަނީ މިހާތަނަށް ހަ ފަހަރު އޮސްޓްރޭލިޔަން އޯޕަންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް