ޕެލޭ

ފުޓްބޯޅައިގެ ޝަހުސިއްޔަތު ޕެލޭ މަރުވެއްޖެ

ޕެލޭ މަރުވެފައިވަނީ ކެންސަރު ބަލީގައި
30 ޑިސެމްބަރު 2022

ބްރެޒިލް އާއި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ޕެލޭ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އުމުރުން 83 އަހަރުގައި ޕެލޭ މަރުވެފައި ވަނީ އިޒްރެލިޓާ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލްގައި ކެންސަރު ބަލީގައިކަން އޭނާގެ އާއިލާއިން ވަނީ ޔަގީންކޮށްދީފަ އެވެ. ކެންސަރުގެ ބަލި ގޯސްވެ، ނޮވެމްބަރު 29 ވަނަ ދުވަހު ޕެލޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް އައީ ފަރުވާދެމުންނެވެ.

އެނގުން މުހިންމު - ކޮލޯން ކެންސަރުގެ ސަބަބުން ސެޕްޓެމްބަރު 2021ގައި ޕެލޭ ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވާއިދުން ފަރުވާ ހޯދަމުންނެވެ. މިދިޔަ ހުކުރު ދުވަހު އެއިންސްޓެއިން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ހަށިގަނޑަށް ވަރަށް ބޮޑަށް ކެންސަރު ފެތުރުމުގެ ސަބަބުން ޕެލޭގެ ބައެއް ގުނަވަންތަކަށް މައްސަލަތައް ކުރިމަތިވެ ވަރަށް ކައިރިން ހާލަތު މޮނީޓާކުރަން ޖެހިފައިވާ ކަމަށެވެ.

ޕެލޭއަކީ ބްރެޒިލް އިން 1958 ،1962 އަދި 1970ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ބްރެޒިލްއަށް 92 މެޗުގައި 77 ލަނޑު ޖަހައިދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް