ޕެލޭއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ

ޕެލޭ

ޕެލޭގެ ކެންސަރުގެ ހާލަތު ގޯސް ކަމަށް ހޮސްޕިޓަލުން ބުނެފި

ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ ވަރަށް ކެންސަރުގެ މައްސަލަ ބޮޑު
23 ޑިސެމްބަރު 2022

މީގެ ތިން ހަފުތާ ކުރިން ބްރެޒިލްގެ ސައޮ ޕޯލޯގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭގެ ކެންސަރުގެ ހާލަތު ގޯސް ކަމަށް، އެ ހޮސްޕިޓަލުން އިއްޔެ ބުނެފި އެވެ.

އިޒްރެލިޓާ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ކެންސަރުގެ ފެތުރުން ބޮޑުވުމުގެ ސަބަބުން ބައެއް ގުނަވަންތަކަށް ކުރިމަތިވި މައްސަލަތަކާ ގުޅިގެން ވަރަށް ބޮޑު އަޅާލުމެއް ބޭނުންވާ ކަމަށެވެ.

ކޮލޯން ކެންސަރުގެ ސަބަބުން ސެޕްޓެމްބަރު 2021ގައި ޕެލޭ ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވާއިދުން ފަރުވާ ހޯދަމުންނެވެ.

އުމުރުން 82 އަހަރުގެ ޕެލޭގެ އާއިލާއިން ބުނީ ކްރިސްމަސް ބަންދު ގޭގައި ހޭދަކުރުމުގެ ބަދަލުގައި ހޮސްޕިޓަލްގައި ތިބެން ނިންމާފައިވާ ކަމަށެވެ. އެއީ ޕެލޭއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް، އާއިލާއިން ބުންޏެވެ.

ޕެލޭއަކީ ބްރެޒިލް އިން 1958،1962 އަދި 1970ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ބްރެޒިލްއަށް 92 މެޗުގައި 77 ލަނޑު ޖަހައިދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް