ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ސައުދީ އަރަބިއްޔާގައި ތަމްރީން ހަދަނީ: މާދަމާ ނުކުންނާނީ އިންޑިއާއާ ދެކޮޅަށް

ކުވޭތާ ދެކޮޅަށް ރާއްޖޭގެ ފެށުން ނިމުނީ ހަ ލަނޑުން

ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ލަނޑު ވަނުމުން ރާއްޖޭގެ ޓީމުން ގިނަ އިރުތަކެއް ވަންދެން ހިފެހެއްޓި
2 އޮކްޓޯބަރު 2022

ސައުދީ އަރަބިއްޔާގައި އިއްޔެ ފެށި އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ގްރޫޕް ޑީގައި ރާއްޖޭގެ ފުރަތަމަ ވާދަކުރުން ކުވޭތުން 6-0 އިން ކާމިޔާބުކޮށްފި އެވެ.

އޭޝިއާގެ ފުޓްބޯޅައިގެ ހައިރާކީއަށް ބަލާއިރު ރާއްޖެއަށް ވުރެ މޮޅު ޓީމުތައް ހިމެނޭ މި ގްރޫޕްގައި ދިވެހި ޓީމުން ފުރަތަމަ ހާފުގައި ރަނގަޅަށް ދިފާއުކޮށްގެން ކުވޭތު ހިފެހެއްޓި އެވެ. މި ހާފުގެ ފުރަތަމަ 12 މިނިޓްގައި ކުވޭތުން ދެ ލަނޑު ޖެހި ނަމަވެސް، ބާކީ ބަޔާއި ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނިޓްގައި ވެސް ދިވެހި ކުޅުންތެރިން ކުވޭތު ޓީމު އިތުރު ގޯލަކުން ދުރުގައި ބޭތިއްބި އެވެ.

ނަމަވެސް 60 ވަނަ މިނިޓުން ފެށިގެން 80 ވަނަ މިނިޓާ ދެމެދު އިތުރު ހަތަރު ލަނޑު ޖަހައި، ކުވޭތު މެޗު ކާމިޔާބުކުރި އެވެ.

މި ގްރޫޕްގެ ދެ ވަނަ މެޗުގައި ސައުދީ އަރަބިއްޔާ ވަނީ މިޔަންމާ 6-0 އިން ބަލިކޮށްފަ އެވެ.

ރާއްޖޭގެ ދެ ވަނަ މެޗުގައި މާދަމާ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް