ސައުދީ އަރަބިއްޔާގައި ކުޅެމުން އަންނަ ކޮލިފައިން މެޗުތަކުގައި ވާދަކުރާ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުގެ ބައެއް ކުޅުންތެރިން (ދައުރު ފޮޓޯ: އަބްދުﷲ ޔަޝާއު)

ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހައި ސައުދީން ކުރި ހޯދައިފި

ކުވޭތު ބަލިކޮށް އިންޑިއާއިން ވަނީ ގްރޫޕް ދެ ވަނައަށް ޖެހިލާފައި
6 އޮކްޓޯބަރު 2022

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވާން ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ގްރޫޕް ޑީގައި ރޭ ސައުދީން ރާއްޖޭގެ މައްޗަށް ހޯދި 9-0ގެ ކާމިޔާބީއާ އެކު ގްރޫޕްގެ އެއް ވަނާގައި ފައި ހަރުކޮށްފި އެވެ.

މިހާރު މި ގްރޫޕްގެ އެއް ވަނަ އާއި ދެވަނަ ހޯދުމުގެ ފުރުސަތު ބޮޑީ ރާއްޖެ އާއި މިޔަންމާ ކޮޅަށް ވީހާވެސް ގިނަ ލަނޑު ޖަހާ ބަޔަކަށެވެ. މި ދެ ޓީމު އުޅެނީ އެންމެ ޕޮއިންޓެއް ވެސް ނުލިބި ފުލުގަ އެވެ. ހާއްސަކޮށް ރާއްޖެ އެވެ. ބައިކޮޅަށް މިހާތަނަށް 20 ލަނޑު ވަދެ، އެންމެ ލަނޑެއް ވެސް ނުޖެހެ އެވެ. 

އިންޑިއާއިން ރޭ ކުވޭތު 3-0 އިން ބަލިކޮށް، ހަ ޕޮއިންޓާއި ކުވޭތަށް ވުރެ ފައިދާ ގޯލު ހަތަރު ލަނޑު އިތުރުވުމުން އޮތީ ދެ ވަނައިގަ އެވެ. ސައުދީއަށް ހަ ޕޮއިންޓް އޮތް އިރު ދެ މެޗުން 15 ލަނޑު ޖަހާފައިވެ އެވެ. 

ރޭ ރާއްޖެ ކޮޅަށް ރާމިޒް ޒައިދު އަލްއައްތާރު ހެޓްރިކެއް ހެދި އެވެ. އަދި ނަވާފް ބަދުރު އަލްޖަނާހީ ދެ ލަނޑު ވައްދާލި އެވެ.

ރާއްޖޭގެ އޮފިޝަލަކު ކުރިން 'ދައުރު'އަށް ބުނެފައި އޮތީ އިންޑިއާ އިން ސައުދީ އާއި ކުވޭތާ ދެކޮޅަށް ރަނގަޅު ވާދައެއް ކުރާނެ ކަމަށެވެ. އެކަން ކުވޭތު ބަލިކޮށް އިންޑިއާގެ ޒުވާން ޓީމުން އެ ވަނީ ސާބިތުކޮށްދީފަ އެވެ.

އޭޝިއާގެ މުބާރާތަށް ކޮލިފައިވާނީ ގްރޫޕް އެއް ވަނަ އާއި ދެ ވަނަ ޓީމެވެ.

ރާއްޖެއަށް މިހާރު އޮތީ މިޔަންމާ މެޗު އެކަންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް