ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރަހުމަތްތެރިކަމުގެ ދެ ވަނަ މެޗުން ވެސް ރާއްޖެ މޮޅުވެއްޖެ

ފުރަތަމަ މެޗުގައި ބުރުނާއީ އަތުން ވެސް ރާއްޖެ ވަނީ މޮޅުވެފައި
24 ސެޕްޓެމްބަރު 2022

ބުރުނާއީގައި ތިން ގައުމުގެ މެދުގައި ކުޅެމުން އަންނަ ރަހުމަތްތެރިކަމުގެ މެޗުތަކުގެ ސިލްސިލާގައި މިއަދު ރާއްޖެ ކުޅުނު ފަހު މެޗުގައި ލާއޯސް އަތުން 3-1 އިން މޮޅުވެއްޖެ އެވެ.

މި ދެ ގައުމުގެ އިތުރުން ބުރުނާއީ ވެސް ހިމެނޭ މި މެޗުތަކުގައި ރާއްޖެ ވަނީ މީގެ ކުރިން ބުރުނާއީ 3-0 އިން ބަލިކޮށްފަ އެވެ.

މިއަދު ލާއޯސް އަތުން މޮޅުވާން ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގެ 11 ވަނަ މިނިޓްގައި ހަސަން ރާއިފް އަހުމަދާއި 60 ވަނަ މިނިޓްގައި ހުސެއިން ނިހާން އަދި 67 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން 42 ވަނަ މިނިޓްގައި ލާއޯސްގެ ކެޕްޓަން ބައުންޕަޗަން ބައުންކޮންގް ލަނޑެއް ޖަހައި ނަތީޖާ 1-1 އަށް ބަދަލުކުރި އެވެ.

ދެ މެޗުގައި ރާއިފް އާއި އިބްރާހިމް ވަހީދު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ބުރުނާއީ ކޮޅަށް ފުރަތަމަ މެޗުގައި މި ދެ ކުޅުންތެރިން ޖެހި ދެ ލަނޑުގެ އިތުރުން ދެން ލަނޑު ޖެހީ ހަމްޒާ މުހައްމަދު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް