ޔޫއެފާގެ ރައީސް އެލެކްސެންޑާ ކެފެރިން

ވޯލްޑް ކަޕް

ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން ބާއްވަން ޔޫއެފާ ދެކޮޅު

ވޯލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮންމެ ދެ އަހަރަކުން ބޭއްވުން މުހިންމު ކަމަށް ފީފާގެ އިސް ވެރިއެއް ކަމަށްވާ އާސެން ވެންގާ ވިދާޅުވޭ
7 ސެޕްޓެމްބަރު 2021

ކޮންމެ ދެ އަހަރަކުން އެއް އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބައްވަން ފީފާއިން ގެންގުޅޭ ހިޔާލާ ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާއިން ދެކޮޅުހަދައިފި އެވެ.

ޔޫއެފާގެ ރައީސް އަލެކްސެންޑާ ކެފެރިން ވިދާޅުވީ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވާ ނަމަ އޭގެ ހައިބަތު ގެއްލޭނެ ކަމަށެވެ.

ވޯލްޑް ކަޕާއި އަންހެނުންގެ ވޯލްޑް ކަޕް، ދެ އަހަރުން އެއް އަހަރު ބާއްވަން މި އަހަރުގެ މޭ މަހު ސައުދީ އަރަބިއްޔާގެ ފުޓްބޯލް ފެޑެރޭޝަނުން ހުށައެޅި ހުށައެޅުން ފީފާ އިން އަންނަނީ ދިރާސާކުރަމުންނެވެ. މި ދިރާސާގައި އިސްކޮށް ހުންނަވަނީ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ އެވެ.

"ވޯލްޑް ކަޕްގެ ޖަވާހިރުގެ އަގު ބޮޑުވަނީ އޭގެ ތަދުކަމާ ހުރެ،" ކެފެރިން ވިދާޅުވި އެވެ.

ޖެނީވާގައި ބޭއްވި ޔޫރަޕްގެ ފުޓްބޯޅަ ކްލަބްތަކުގެ ބައްދަލުވުމުގައި ކެރެފިން ވިދާޅުވީ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވާ ނަމަ އާންމުންނަށް އެ މުބާރާތް އެހާ ހާއްސަ ނުވާނެ ކަމަށެވެ. އޭގެ ސަބަބުން ވޯލްޑް ކަޕްގެ އަސްލު އަގު ވެސް އޭގެ ޒާތުގައި ވެއްޓޭނެ ކަމަށް، ޔޫރަޕްގެ 160 ކްލަބުން ބައިވެރިވި ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

އެއީ ދުނިޔޭގެ ފުޓްބޯޅަ ވަރުގަދަކުރުމުގެ ފިޔަވަޅެއް. އަހަރެމެން އެބަ ޖެހޭ ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ ހިތްހަމަޖެހޭނެ އިތުރު ސަބަބުތައް ދައްކަން.

ޖިއާނީ އިންފަންޓީނާ، ފީފާގެ ރައީސް

ފިރިހެނުންގެ ވޯލްޑް ކަޕް1930 ގައި ބާއްވަން ފެށި ފަހުން އޭގެ ސަގާފަތަކީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު މުބާރާތް ކުރިއަށް ގެންދިއުމެވެ. އެކަމަކު ދެ ވަނަ ބޮޑު ހަނގުރާމައާ ގުޅިގެން 1942 އާއި 1946 ގައި ވޯލްޑް ކަޕް ނުބާއްވަ އެވެ.

އަންހެނުންގެ ވޯލްޑް ކަޕް 1991 ގައި ބާއްވަން ފެށީ ވެސް ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރުގެ ވާދަކުރުމެއްގެ ގޮތުގަ އެވެ.

ފިފާގެ ދުނިޔޭގެ ފުޓްބޯޅައިގެ ތަރައްގީއާ ބެހޭ ބައިގެ އިސް ވެރިޔަކަށް ހުންނެވި ވެންގާ ތާއީދުކުރައްވަނީ ވޯލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮންމެ ދެ އަހަރުން އެއް އަހަރަށް ބަދަލުކުރާށެވެ.

ކްލަބްތަކުގެ ބައްދަލުވުމުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ވީޑިއޯ މެދުވެރިކޮށް ވާހަކަ ދެއްކެވި އެވެ. ސީދާ ވޯލްޑް ކަޕްގެ ނަން ނުގެންނަވައި އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ކަލަންޑަރަށް ވަރަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށެވެ. އަދި އެ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ވާހަކަ ދައްކަން ޖެހިލުންވާނެ އެއްވެސް ކަހަލަ މައުލޫއެއް އޮވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަން އަހަރެމެން ނުވާނެ ނަގައިގެން އެއީ ގޮންޖެހުމެއްގެ ގޮތަކަށް ވެސް އަދި ހަނގުރާމައެއްގެ ގޮތުގައެއް ވެސް،" ވެންގާ ކުރިއަށް ގެންދާ މަސައްކަތާ ބެހޭ ގޮތުން އިންފަންޓީނޯ ވިދާޅުވި އެވެ.

"އެއީ ދުނިޔޭގެ ފުޓްބޯޅަ ވަރުގަދަކުރުމުގެ ފިޔަވަޅެއް. އަހަރެމެން އެބަ ޖެހޭ ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ ހިތްހަމަޖެހޭނެ އިތުރު ސަބަބުތައް ދައްކަން."

ދެން އޭނާ ވިދާޅުވީ ކޮންމެ ކަހަލަ ހުށައެޅުމަކަށް ވެސް ފީފާގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް