ޓިކްޓޮކްގައި މަޖާ ވީޑިއޯތައް ގެނެސްދޭ އަޒްލިފާ: އޭނާގެ އެ ހިނިތުންވުމުން، އަމިއްލަ ގިނަ ހިތާމަތައް ފޮރުވާލި

އަހަރެން

އަޒޫގެ މި ހިނިތުންވުމުގެ ފަހަތުގައި އެހެން ވާހަކަތަކެއް

މަޖާ ވީޑިއޯތައް ގެނެސްދޭ މީހެއްގެ ގޮތުގައި އަޒްލިފާ ޓިކްޓޮކްގައި މަޝްހޫރު ނަމަވެސް، އަމިއްލަ ދިރިއުޅުމުގައި އޭނާ ދިޔައީ ހިތާމަތަކެއް ތަހައްމަލު ކުރަމުން

އޭނާގެ ހާއްސަ ހުނަރަކީ އެހެން މީހުން ހެއްވާލަދިނުމެވެ. ކޮންމެ ހާލަތަކާ ވެސް އޭނާގެ ސަކަ މިޒާޖު ގުޅުވާލުމެވެ. އެ އުފާވެރިކަމުގެ ތެރެއިން މީހުން ހޭލުންތެރިކުރުވުމެވެ. ފަހަރެއްގައި ޓިކްޓޮކްގައި ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުން އޭނާ ފޮލޯ ކުރަނީ ވެސް އެ ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ. އެކަމަކު ޅ. ނައިފަރަށް އުފަން، ފާތުމަތު އަޒްލިފާ (އަޒޫ)ގެ އެ ހިިނިތުންވުމުގެ ފަހަތުގައި ވަރަށް ގިނަ ކަންކަން ފޮރުވިފައި ވެ އެވެ. 

"[ޓިކްޓޮކް] ވީޑިއޯތައް ކުޅެމުން އައިއިރު ވެސް، އަޅުގަނޑުގެ ހިތާމަތަކަށް ދިޔައީ ތެރަޕީ ވެސް ނަގަމުން،" އަޒްލިފާ ކިޔައިދިނެވެ.

ޓިކްޓޮކްގައި އުޅޭ ގިނަ ދިވެހިންނާ ހިލާފަށް، އަޒްލިފާއަކީ މިއުޒިކާ އެއްވަރަށް ފައިހަމަކޮށް، މީހުންގެ މުނިފޫހިފިލުވައިދޭ މީހެއް ނޫނެވެ. އޭނާ ހަދަނީ، ދިރިއުޅުމުގެ އެކި ކަންކަމާ ގުޅޭ ސަކަ ވީޑިއޯތަކެވެ. މަޖާ ވީޑިއޯތައް މެދުވެރިކޮށް މީހުން ހޭލުންތެރިކުރުވަ އެވެ. ޓިކްޓޮކްގައި އެންމެ ތަފާތު ކޮންޓެންޓުތައް ގެނެސްދޭ އެކަކީ އަޒްލިފާ އެވެ.

އަޒްލިފާ: ހިތާމަތަކުގެ ސަބަބުން ނުކެވި، އޭނާ ވަރަށް ބޮޑަށް ލުއިވި

އެކަމަކު އޭނާގެ އަމިއްލަ ދިރިއުޅުމުގައި އޮތީ ހިތާމަ އެވެ. ޓިކްޓޮކްގައި ވަރަށް މަޖާވެފައި އެހެން މީހުން ހެއްވާލަދޭން އުޅުނު ނަމަވެސް، ޒާތީ ދިރިއުޅުމުގައި އޭނާ ދިޔައީ މާ ބޮޑެތި ތަކްލީފުތަކަކާ ކުރިމަތިލަމުންނެވެ. ހިތާމަތަކުގެ ސަބަބުން ނުކެވި، މީހާ އަނަރޫފަވި އެވެ. ނަފްސާނީ އެހީ ހޯދަން ޖެހުނެވެ. ދެން ނުވާނެ ކަމަށް ހީވި އެތައް ފަހަރެއް ދިޔަ އެވެ.

މި ރޯދަ މަހު 'ދައުރު'އިން ގެނެސްދޭ 'އަހަރެން'ގެ ސެގްމެންޓަށް އަޒްލިފާގެ ވާހަކަ ހިއްސާ ކުރީ، ދިރިއުޅުމުގައި ކުރިމަތިވާ ހިތާމަތަކާ ކުރިމަތިލައި އެކަމުން އަރައިގަނެވޭނެކަން ކިޔައިދިނުމުގެ ބޭނުމުގަ އެވެ.

އަޒްލިފާ ދެކޭ ގޮތުގައި ވަރިއަކީ މައްސަލަތަކުގެ ހައްލެއް ނޫނެވެ؛ އެކަމަކު ބޭވަފާތެރިކަމާއި އެއްވެސް ބާވަތެއްގެ އަނިޔާއަކަށް ދެމަފިރިންގެ ތެރެއިން އެކަކު ވެސް ތަހައްމަލުކޮށްގެން ނުވާނެ އެވެ. އަދި އަމުދުން، ކައިވެނި ޒަހަރަކަށް ވުމާ އެކު، އެ ހައިޖާނުގަނޑުގެ ތެރެއަށް ދަރިން ވެއްދުމަކީ އެ ކުދިންނަށް ވެސް ދެވޭނެ އަނިޔާއެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ލޯބިން ކުރި ކައިވެންޏަށް ދެ ދަރިން ލިބުނު ފަހުން، ދިމާވި މައްސަލައަކީ އަޒްލިފާގެ ޒަވާޖީ ހަޔާތުގައި ސިއްކަ ޖެހުނު ސަބަބެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ފިރިމީހާއަށް ބަރޯސާވެފައިވީ ނަމަވެސް އެ ގުޅުން ނިންމާލަން ނިންމީ، އެއީ އެ މައްސަލައަށް މާފުނުކުރެވޭނެތީ އެވެ.

އަޒްލިފާ ދައްކައިދިނީ، ހިތާމަވެރި ދިރިއުޅުމަކުން އަރައިގަންނާނެ ހިތްވަރު
އަޒްލިފާ ދެކޭ ގޮތުގައި ނަފްސާނީ ގޮތުން ލިބޭ އަނިޔާ ސާބިތު ނުކޮށްނުދެވޭތީ، އިންސާފު ހޯދުމަށް ހުރަސް އެޅޭ

އެކަމަކު ވަރިވުމަކީ އޭނާ ހީކުރިހާ ފަސޭހަ ކަމަކަށް ނުވި އެވެ. އެންމެ ބޮޑު ސަބަބަކަށް ވީ، އަޒްލިފާ ބުނިގޮތުގައި، އަންހެނަކު އިސްވެ، އަމިއްލައަށް އެކަން ކުރަން ފައިނެގުމެވެ. ދެން، ލިބޭ އަނިޔާތައް ބޭރު ފުށުން ފެންނަން ނެތުމެވެ. ހިތް ހަލާކުވުމާއި އިތުބާރު ގެއްލުމާއި ރަހުމުކުޑަ ބަސްތަކުން ލިބޭ ނަފްސާނީ އަނިޔާ އޭނާއަށް ސާބިތުކޮށް ނުދެވުމުންނެވެ. އެހެންވެ ވަރިވާން ފޯމު ލުމާ އެކު ކޯޓުން އޭނާ ގެއަށް ފޮނުވާލީ ސުލްހަވެވޭނެ ކަމަށް ނިންމައި، ދިރިއުޅުން ބަރުދާސްތުކުރަން އެދެމުންނެވެ.

"އަޅުގަނޑު ބޭނުންވީ މި ދިރިއުޅުމުން ސަލާމަތްވާން. އެއީ އަޅުގަނޑަށް ވެސް އަދި ދަރިންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވުމުން،" އޭނާ ބުންޏެވެ.

"އެކަމަކު އެކަމަށް އަޅުގަނޑު ކުރަން ޖެހުނީ ދިގު އަދި ހިތްދަތި ދަތުރެއް." 

އަމިއްލަ ތަޖުރިބާއިން އަޒްލިފާ ކިޔައިދިނެވެ؛ ވަރަށް ނާދިރު ހާލަތެއްގައި މެނުވީ އެއް ފަހަރުން އަންހެން މީހާއަށް ވަރިއެއް ނުވެވެ އެވެ. ދެވަނަ ފަހަރަށް ވަރި ފޯމު ލެވެނީ މައްސަލަ ނިމޭތާ ތިން މަސް ފަހުންނެވެ. އެ މުއްދަތުގެ ތެރޭގައި ގިނަ އަންހެނުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެ އެވެ. އެކަމަކު ފުލުހުން ބަލަނީ، އޭނާގެ ތަޖުރިބާއިން ނަމަ، ހަމައެކަނި ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ލޮލަށް ފެންނަން ނެތުމުން، ނަފްސާނީ އަނިޔާގެ މައްސަލަތައް، ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި ފުލުހުން ނުބަލާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ވަރިވެވުނީ ހަތް މަސް ފަހުން. މި ހަތް މަސް ތެރޭގައި އެތައް ފަހަރަކު އަޅުގަނޑު ކޯޓަށް ދިޔައިން. ފުލުހަށް އަދި ޖެންޑާ މިނިސްޓްރީއަށް ވެސް ދިޔައިން. އުސޫލުތަކުގެ ތެރެއިން ދާން ޖެހޭތީ އެތައް ފޯމުތަކެއް ފުރަން ޖެހުނު،" އަޒްލިފާ ކިޔައިދިނެވެ.

"އެކަމަކު ހީވަނީ، ކައިވެނި ރޫޅާލަން ނުވަތަ ފުލުހުން މައްސަލައެއް ބަލަން ބޭނުންވާ ވަރަށް އަޅުގަނޑުގެ ގައިގައި ލަކުނު ނެތީހެން. ނަފްސާނީ އަނިޔާގެ ހެތްކެއް އަޅުގަނޑަކަށް ނުދެއްކުނު." 

އަޒްލިފާ އޭނާގެ ދެ ދަރިންނާއެކުގައި

އަޒްލިފާ ބުނިގޮތުގައި އޭނާ މިނިވަންވާން ނިންމީ، އިތުރު އެހެން ގޮތެއް ނެތުމުންނެވެ. ގޭގައި ކުދިންނަށް ޓިއުޝަން ދީގެން، ހަރަދުތައް ބަލަހައްޓަމުން ދިޔަސް، ބޮޑަށް ބަރޯސާވެފައި އޮތީ ފިރިމީހާގެ އެހީތެރިކަމަށެވެ. އެ އެހީތެރިކަން ގެއްލުމުން މާލީ ގޮތުން ވެސް ދިރިއުޅުން ވަރަށް ބޮޑަށް އަޑިއަޅާލި އެވެ. 

"އަޅައިގެން ހުރި އައިނުގެ ލޯގަނޑު ތަޅައިގެން ދިޔުމުން، އެ އާކުރާނެ ވަރަށް ވެސް ފައިސާއެއް ނެތް،" އަޒްލިފާ ކިޔައިދިނެވެ.

އެކަމަކު އޭނާ ހުރީ ގޮތުގަ އެވެ. އަންހެނަކު ވަރިވާން ފޯމުލީ ކަމަށް ބުނެ، މަލާމާތުގެ އިނގިލި ގިނަ ބަޔަކު ދިއްކުރި ނަމަވެސް، އޭނާ ސާބިތުވެ ހުއްޓެވެ. 

"އަޅުގަނޑުގެ ވާހަކަ ކޮންމެވެސް ގޮތަކުން އެނގިގެން ވަަރަށް ގިނަ އަންހެނުން ރީޗްވި. އަޅުގަނޑު ހިތްވަރު ހޯދީ އެ މީހުންގެ ވާހަކަތަކުން،" އަޒްލިފާ ކިޔައިދިނެވެ.

"ވަރަށް ތުއްތު ކުއްޖެއްގެ މަންމަ ބުނި، އޭނާ ވަރިވުމުގެ ކުރިން އެންމެ ފުރަތަމަ ހޯދީ ޖޮބެއް ކަމަށް. ދެން އަމިއްލަ ފައިމައްޗަށް ތެދުވެ، އަނިޔާވެރި އެ ދިރިއުޅުމުން ދުރަށް ދިޔައީ ކަމަށް."

ފިރިމީހާގެ ފަރާތުން ކިތަންމެ ގިނަ އަނިޔާތަކެއް ލިބުނު ނަމަވެސް، ބައެއް އަންހެނުން އެ އަނިޔާތަކަށް ކެތްކޮށްގެން އުޅެނީ، އަޒްލިފާ ދެކޭ ގޮތުގައި، ދެން އިތުރު ގޮތެއް ނެތް ކަމަށް ގަބޫލުކުރެވޭތީ އެވެ. ރަނގަޅު ތައުލީމެއް ލިބިފައި ނެތުމުން ވަޒީފާއެއް ނުލިބި ބިކަވެދާނެ ކަމަށް ހީކޮށެވެ. ނަމަވެސް އެކަމާ ވިސްނުމުގެ ކުރިން، ރަހުމަތްތެރިންނާއި އާއިލާއިންގެ މަދަދު ހޯދައިގެން ނަމަވެސް، އެފަދަ ދިރިއުޅުމަކުން ސަލާމަތްވާން އޭނާ ހިތްވަރު ދެ އެވެ.

ހިތްދަތި ދިރިއުޅުމަކުން އަރައިގަންނަން، އަޒްލިފާއަށް ވަގުތު ނެގި ނަމަވެސް އެކަމާ މިއަދު އޭނާ އުފާވެ އެވެ. މާ ގިނަ ފައިސާތަކެއް ނުލިބުނަސް، ގޭގައި ދޭ ޓިއުޝަނުން އާމްދަނީ ހޯދައިގެން ދެ ދަރިންނާ އެކު ދިރިއުޅުން ފަރުޖައްސާލެވެ އެވެ. އޭނާ ޓިކްޓޮކް އިޝްތިހާރުތައް ހަދަ އެވެ. މިހާރު އަންނަނީ ޓީޗަރު ކަމުގެ ކޯސް ހަދަމުންނެވެ.

"މީގެ ދޮޅު އަހަރު ކުރިން އަޅުގަނޑު އުޅުނީ އަޅާ އައިނުގެ ލޯ ވެއްޓިގެން ހަދާނެ ގޮތެއް ނެތިގެން. މިހާރު އެބަ އައިނު ފިހާރަތަކުގެ އެމްބެސެޑަރުކަން ކުރަން. ހިތްވަރުކޮށްފިއްޔާ ކިތަންމެ ގޮތަކަށް ދިރިއުޅުން ބަދަލުވެދާނެ." އޭނާ ބުންޏެވެ.

ކޮމެންޓް (11)

އާދަމް ނިފާހު

24 މާރިޗު 2024
ހެޔޮރަހުމަތް ލައްވާށެވެ.
15 0

ކަޅުހުއްތު

23 މާރިޗު 2024
އެއްކޮށް ކިއިއްޖެ ... އެކަމަކު ފިރިހެނުންގެ ބޮލުގައި ތުހުމަތު ތަކެއް އެޅުވިއިރު ..ކަން ވީ ގޮތެއް އެއްވެސް ވަރަކަށް ސާފެއް ނޫން. ކޯޓުން ވަރި ނަގާދޭނެ އެކަށީގެންވާ ސަބަބެއް ބުނެދީފިނަމަ..ޖެންޑާއިންނާ ފުލުހުންވެސް މައްސަލަ ބަލާނެ. އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ލިބޭ ނަފްސާނީ އަނިޔާ ވެސްމަދެއް ނޫން. ކުށް އޮވޭ ދެކޮޅަށްވެސް... ދެކޮޅު ބަލާލީމާ އެނގޭނީ ...ޖަޒުބާތީ ވާހަކަ ތަކެއް ލިޔުނެއް ކަމަކު އެހެން ކަން ހުރިކަން ޔަގީންވޭ ތިޔަ އާޓިކަލް ކިޔާލީމަ
15 49

ކަޅުގޮއްޔެ

23 މާރިޗު 2024
@ކަޅުހުއްތު ކޯޓުން ވަރި ނަގައެއް ނުދޭ އެކަށީގެންވާ ކިތައްމެ ހެއްކެއް ފެށްނަންހުއްޓަސ. އަންހެނަކު ފޯމްލައިފިނަމަ ހަމަ ސުލްހަވާށޭ ކިޔާފަ ފޮނުވާލަނީ. އެވަރިހަމަ ތަޅާ މެރިޔަސް.
49 4

ޢަލީ

24 މާރިޗު 2024
@ކަޅުގޮއްޔެ ކައިވެނީގެ މަޞްލަޙަތު ނެތްކަމަށް ފެނިއްޖެއްޔާ, ޤާޟީން އެކަން ކޮށްދޭނެ މިހާރު...(ކުރީގައި ތި ފަދަ ގޮތަކަށް ޢަމަލު ކުރަމުން އައި)
6 10

ފަނޭ

24 މާރިޗު 2024
@ކަޅުހުއްތު ކަންވީގޮތް އަލިފުންޔާއަށް ލިޔެ ސޭލް ނޭޅުވިޔަސް ވީގޮތް އެއޮތީބުނެފަ، ބޭވަފާތެރިވުމާ ނަފްސާނީ އަނިޔާކަން، އަދި އަންހެނެއްވިޔަސް ފިރިހެނެއްވިޔަސް އެއްވެސް އަނިޔާ އަކަށް ރުހިގެން ނުހުންނަށް، ކަޅުހުއްތުމެނަށް ޖަޒުބާތީ ވެވޭނެ އަމިއްލަ އާއިލާ މީހަކު މިކަހަލަ ކަމެއް ތަޖުރިބާ ކުރީމަ، އޭރަށްތިޔަކަހަލަ ހާސަރެއް ނުދަމާނެ. އަޒޫ ވަރަށް ހިތްވަރުގަދަ
41 1

ކަތްދަ

24 މާރިޗު 2024
@ކަޅުހުއްތު ކޯޓު އޮތީ ފެއިލްވެފަ މާކުރިންވެސް. އަނބި ދަރިންނައް ހަރަދު ދުވަހަކު ކީއްކުރަން އަހަރަކުކޮޅުން ނުކުރިޔަސް ހެޔޮ ، ދުވަހަކު އެއްދާން ނުކުރިޔަސް ހެޔޮ ކޯޓަކުން އެއްބާރުލުމެއް ނުދޭނެ. އަަހަރެއް ނެގި ވަރިިކޮއްދޭން. އޭރު އެކަނި ހާލައިގެން ތުއްތު ދަރިއެއް ގޮވައިގެން އުޅޭތާ 2 އަހަރުވީ. މީ ކަންކަމުގެ ހަގީގަތް
23 0

ދީމާ

25 މާރިޗު 2024
@ކަޅުހުއްތު ކަންވީގޮތް ސާފުކޮށް ބުނެފިއްޔާ ތިކަހަލަ ދޫތަކުން ބުނާނެ ބަދުނާމު ކުރީއޭ.
13 0

ޝަމީލާާ

25 މާރިޗު 2024
@ކަޅުހުއްތު ނެތްް ބެލިފަަ އެއްް. އަޅުގަނޑުު މަންމަަ މަރާާ ކުރިމަތިި ލީީ ހަމަަ އެެ ބައްޕަގެެ ސަބަބުންް ރަށުު މީހުންް ކުރިމަތީީ މަންމަަ އަލިފާނަށްް ލީީ. ޕޮލިސްް އެއްވެސްް ހުރިި. ވީކަމެއްް ނެތްް. ހަމަަ 7 މަސްް ފަހުންް ވަރިވެވުނީީ ހުދުު އަޅުގަނޑުު ވެސްް ތެރަޕީީ ނަގަންް ޖެހުނުު. ބާރުު އޮންނަަ މީހުންނަށްް ފަސޭހަަ ކަންކަންް ކުރަންް. ނިކަމެތިި މީހާާ ހަމަަ ނިކަމެތީީ.
15 0

އައި ބްރޯ

23 މާރިޗު 2024
ހެޔޮ ރަޚްމަތް ލައްވާށި އާމީން
26 1

ޭްްއެނަަަމަަ

23 މާރިޗު 2024
ވަރަށް ހިއްވަރު ގަދަ،
27 1

ޝަމް

23 މާރިޗު 2024
ވަރަށް ފުރިހަމަ. ހަމަ ރޮވިއްޖެ.
38 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް