ފަންނުވެރި އެކުވެރިން: ނަބީލާ ޝިޔާމް (ނަބީ)

ފަންނުވެރި އެކުވެރިން: ނަބީލާގެ ހީވާގި މަސައްކަތްތެރިކަން

ނަބީލާ ޝިޔާމް (ނަބީ) އޭނާގެ މަޝްހޫރު ބަޓާ ކްރީމް ކޭކުގެ ވާހަކަ އާއި އިވެންޓް ޕްލޭނާއެއްގެ މަސައްކަތުގެ ތަޖުރިބާތައް ކިޔައިދިން

ނަބީލާ ޝިޔާމް (ނަބީ) އަކީ ރާއްޖޭގެ ސޯޝަލް މީޑިއާ ކޮންޓެންޓް ކްރިއޭޓަރުންގެ ތެރޭގައި ހިމެނޭ މަގުބޫލު ޒުވާނެކެވެ. ފަންނުވެރި އެކުވެރިންގެ މި އެޕިސޯޑުގައި ނަބީލާ އޭނާގެ ސޯޝަލް މީޑިއާ މަސައްކަތުގެ އިތުރުން އެހެން ބައެއް ހުނަރުތަކުގެ ވާހަކަ ކިޔައިދިނެވެ. 

އޭނާގެ މަޝްހޫރު އަދި މީރު ބަޓާ ކްރީމް ކޭކު އަޅަން ފެށި ގޮތާއި އިވެންޓް ޕްލޭނާއެއްގެ މަސައްކަތް ފެށި ގޮތް އިވިގެންދާނެ އެވެ. ނުވަ އަހަރުގެ ދިގު މުއްދަތެއް މިކަހަލަ ހުނަރުވެރި މަސައްކަތެއްގައި އޭނާ ދެމިހުރި ގޮތް އެއީ އެހެން މީހުންނަށް ނަމޫނާއަކަށް ވާނެ އެވެ. އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ އެހެން މީހުންނަށް ނަބީލާގެ ނަސޭހަތްކޮޅެއް ވެސް އެބައޮތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް