ފަންނުވެރި އެކުވެރިން: ހައްފާފްއާ އެކު

ލަވަކިއުންތެރިއާ އިބްރާހިމް ހައްފާފްގެ އޮރިޖިނަލް ލަވަތަކެއް ހިމެނޭ އީޕީއެއް އަންނަ ހުކުރު ދުވަހު އޮލިމްޕަހުގައި ނެރޭނެ

ފަންނުވެރި އެކުވެރިންގެ މިފަހަރުގެ އެޕިސޯޑުގެ މެހުމާނަކީ އިބްރާހިމް ހައްފާފް މަލިކް އެވެ.

ރާއްޖޭގެ މިއުޒިކް ދާއިރާގައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަމުން އަންނަ ހައްފާފް އަކީ ކުޅަދާނަ ލަވަކިއުންތެރިއެއް އަދި ހުނަރުވެރި ލަވަ ލިއުންތެރިއެކެވެ. އޭނާގެ ފުރަތަމަ އީޕީ (އެކްސްޓެންޑަޑް ޕްލޭ) 'ދުނި' އަންނަ ހުކުރު ދުވަހުގެ ރޭގަނޑު އޮލިމްޕަހުގައި ބޮޑު ޝޯ އަކާ އެކު ރިލީޒް ކުރާނެ އެވެ.

އެ ޝޯގައި ހައްފާފްއާ އެކު ރާއްޖޭގެ މިއުޒިކް ދާއިރާގެ ފުންނާބު އުސް އަދި މަޝްހޫރު ފަންނާނުން ޕާފޯމް ކުރާނެ އެވެ. ހައްފާފްގެ އަމިއްލަ އޮރިޖިނަލް ލަވަތަކުގެ އިތުރުން އެހެން ފަންނާނުންގެ ހާއްސަ ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެކަން މި އެޕިސޯޑުގައި ހައްފާފް ފާހަގަ ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް