
އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ފަހުގެ ތައްޔާރީތައް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހުކުރުދުވަހުގެ ހަވީރު 4ގައި ބާއްވާ ގޮތަށް ނިންމައިފި އެވެ. އަދި އާ ކެބިނެޓް ހުވާކުރުން އެދުވަހުގެ ހަވީރު 5:30 ހާއިރު އޮންނާނެ ކަމަށް ވެސް ވަނީ އެނގިފަ އެވެ.
ވީ ކިހިނެއް؟ - އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތުގަައި ބަައިވެރިވުުމުގެ ދައުވަތު އެކުވެރި ގައުމުތަކަށް ވެސް ވަނީ ފޮނުވައިފަ އެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތު ރޭވިފައިވާ ގޮތް:
-
4:15 - ޖުމްހޫރީ މައިދާނަށް އިސް ވެރިން ވަޑައިގަތުން
-
4:30 - ރަސްމިއްޔާތު ފެށި ހުވާލައިދިނުން
-
5:30 - ކެބިނެޓު އައްޔަން ކުރުން
އާ ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު ހުކުރުދުވަހުގެ ރޭ ކުރުނބާ އައިލެންޑް ރިޒޯޓުގައި، އާ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ދެއްވާ ރަސްމީ ފަރިއްކޮޅެއް އޮންނާނެ އެވެ. މި ފަރިއްކޮޅު އޮންނާނީ އެރޭ 9:30ގައި ކަމަށް ވެސް އެނގިފައިވެ އެވެ.
އާ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަން އެތަން ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮމެންޓް