އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުން ހުކުރު ދުވަހުގެ ހަވީރު 4ގައި؛ ކެބިނެޓު އައްޔަން ކުރުން 5:30ގައި

އާ ރައީސްގެ ފަރާތްޕުޅުން ދެއްވާ ފަރިކޮޅެއް ހުކުރުދުވަހުގެ ރޭ ކުރުނބާ އައިލެންޑް ރިޒޯޓުގައި އޮންނާނެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހުކުރުދުވަހުގެ ހަވީރު 4ގައި ބާއްވާ ގޮތަށް ނިންމައިފި އެވެ. އަދި އާ ކެބިނެޓް ހުވާކުރުން އެދުވަހުގެ ހަވީރު 5:30 ހާއިރު އޮންނާނެ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ވީ ކިހިނެއް؟ - އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތުގަައި ބަައިވެރިވުުމުގެ ދައުވަތު އެކުވެރި ގައުމުތަކަށް ވެސް ވަނީ ފޮނުވައިފަ އެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތު ރޭވިފައިވާ ގޮތް:

  • 4:15 - ޖުމްހޫރީ މައިދާނަށް އިސް ވެރިން ވަޑައިގަތުން 

  • 4:30 - ރަސްމިއްޔާތު ފެށި ހުވާލައިދިނުން 

  • 5:30 - ކެބިނެޓު އައްޔަން ކުރުން 

އާ ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު ހުކުރުދުވަހުގެ ރޭ ކުރުނބާ އައިލެންޑް ރިޒޯޓުގައި، އާ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ދެއްވާ ރަސްމީ ފަރިއްކޮޅެއް އޮންނާނެ އެވެ. މި ފަރިއްކޮޅު އޮންނާނީ އެރޭ 9:30ގައި ކަމަށް ވެސް އެނގިފައިވެ އެވެ. 

އާ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަން އެތަން ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

މިއީ ރާއްޖޭގެ ރައީސަކު ޖުމްހޫރީ މައިދާނުގައި ހުވާކުރައްވާ ފުރަތަމަ ފަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވީ ގަލޮޅު ރަސްމީ ދަނޑުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އާ ގާނޫނުއަސާސީގެ ދަށުން އޭގެ ކުރިން އިންތިހާބުވި ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުތަކެއްގަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

14 ނޮވެމްބަރު 2023
ރޭގަނޑުގެ ފަރިއްކޮޅަށް ކުރުނބާ އައިލެންޑަށް ދެވެނީ ކޮންބަޔަކަށްތަ؟ ވަރަށް ބަނޑުހައިވެފައި ހުރި ގަޑިއެއްގައި މި ޚަބަރު ކިޔައި ނިމުނުއިރުވެސް މި ސުވާލަށް ޖަވާބެއް ނުލިބުނޭ.....!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް