ފުޓްބޯޅަ

ރާއްޖެ އާއި ބަންގްލަދޭޝްގެ ވާދަވެރި މެޗު

12 އޮކްޓޯބަރު 2023
  • ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި ރާއްޖެ އާއި ބަންގްލަދޭޝް މިއަދު ގަލޮޅު ދަނޑުގައި ކުޅެނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖެއަކީ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ބަޔަކު އުޅޭ ގައުމަކަށް ވާތީ، މިއަދު ގަލޮޅު ދަނޑަށް ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ބަޔަކު ވަން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ބަންގްލަދޭޝްގެ ސަޕޯޓަރުން ގަލޮޅު ދަނޑުގައި ފޯރި ނަގަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި ރާއްޖެއާ ދެކޮޅަށް ނުކުތް ބަންގްލަދޭޝްގެ ފުރަތަމަ 11 (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ކުޅެން މިއަދު ނުކުތް ރާއްޖޭގެ ފުރަތަމަ 11 (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ދަނޑަށް ނުކުތުމުގެ ކުރިން ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ދުއާކުރަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ގައުމީ ސަލާމުގައި: ރާއްޖޭގަ އާއި ބަންގްލަދޭޝްގައި ކުޅޭ ދެ މެޗުން ކުރި ހޯދާ ޓީމެއް ގްރޫޕް ސްޓޭޖަށް ދާނެ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖޭގެ ގައުމީ ޓީމު ގައުމީ ސަލާމަށް ތައްޔާރުވެގެން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • މިއަދުގެ މެޗު ބަލަން ގައުމީ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު އާއި އަކްރަމް އަބްދުލްގަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖޭގެ ހަސަން ރާއިފް އަހުމަދުގެ އަތުން ބޯޅަ ހޯދަން ބަންގްލަދޭޝްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • މިއަދުގެ މެޗުގައި ގަލޮޅު ދަނޑުން ބޮޑަށް އިވުނީ ބަންގްލަދޭޝް ސަޕޯޓަރުންގެ އަޑު (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖޭގެ އައިސަމް އިބްރާހިމް، ބަންގްލަދޭޝްގެ ގޯލަށް ހަމަލާއެއް ދެނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • މިއަދު މެޗުގައި ފެނުނީ ވާދަވެރި އަދި ދެ ޓީމުން ވެސް ގިނަ ހަމަލާތަކެއް އުފެއްދި ތަން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖޭގެ ހަސަން ޝިފާޒް ބަންގްލަދޭޝްގެ ކުޅުންތެރިއެއް ކައިރިން ނައްޓާލަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖޭގެ ޓީމަށް ސަޕޯޓްކުރަން، ގައުމީ ޖާޒިގައި ދަނޑަށް ވަދެ ހުރި ކުޑަ ކުއްޖެއް: މިއަދު ގަލޮޅު ދަނޑަށް ވަނީ ނިސްބަތުން މަދު ބައެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖެއަށް ލީޑް ނަގައިދިން ލަނޑު ޖެހުމަށް ފަހު ހަސަން ނަޒީމް (15) އުފާ ފާޅުކުރަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • މެޗު ނިމެން ހަތަރު މިނިޓަށް ވެފައި އޮއްވާ ޖެހި ލަނޑުން ހިތްހަމަޖެހުން ލިބުނަސް ބަންގްލަދޭޝް އިން ވަނީ ފަހު ވަގުތު ލަނޑެއް ޖަހާ އެއްވަރުކޮށްފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • މިއަދުގެ މެޗު އެއްވަރުވުމުން ދެން އޮތީ މި މަހު 17 ގައި ބަންގްލަދޭޝްގައި ދެ ޓީމު ވާދަކުރާ މެޗު (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖޭގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ބަންގްލަދޭޝްގެ ގޯލް ކީޕަރު ކައިރިން ގޯލަށް ބޯޅައެއް ފޮނުވާލަން މަސައްކަތްކުރަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖެއަށް ލިބުނު ކޯނަރެއްގައި ބޮލުން ޖަހަން ކުޅުންތެރިން ފުންމައިގެން އަރާ: ދެ ޓީމަށް ލިބުނު ގިނަ ފުރުސަތުތައް ދިޔައީ ބޭނުންނުކުރެވި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ރާއްޖޭގެ ޒުވާން ފޯވަޑް ހަމްޒާ މުހައްމަދު: މެޗު އެއްވަރުވުމަކީ ގްރޫޕް ސްޓޭޖަށް ދާން ފުރުސަތު ގެއްލުމެއް ނޫން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިތުރު އާޓިކަލް

އިތުރު އާޓިކަލް