ދިވެހި ފަންނުވެރިންގެ އަގު ވަޒަންކޮށް އެންސީއޭއިން ހަނދާނީ ފިލައެއް ދީފި
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮލިމްޕަސްގައި 'އާޓްސް އެޕްރީސިއޭޝަން ނައިޓް'ގެ ނަމުގައި ފަންނުވެރިންނަށް ހާއްސަ ހަފްލާއެއް ނެޝަނަލް ސެންޓާ ފޮ ދަ އާޓްސް (އެންސީއޭ)އިން ބޭއްވި އެވެ. ރާއްޖޭގެ ފަންނީ ދާއިރާ ތަރައްގީ ކުރުމަށް އަމިއްލަ ޖަމިއްޔާތަކުންނައި ވަކި ފަރުދުން ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެންސީއޭއިން ވަނީ، އެ ހަފުލާގައި، ހަނދާނީ ފިލައެއް ދީފަ އެވެ.
މިހާތަނަށް އެންސީއޭއިން ބޭއްވި މިފަދަ ފުރަތަމަ ހަފުލާގައި 12 ފަރާތަކަށް ހަނދާނީ ފިލާ ހަވާލުކުރި އެވެ. އޭގެ ތެރޭގައި ވިޝުއަލް އާޓްސް، މިއުޒިކް، ޕާފޯމިން އާޓްސް އަދި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ވަކިވަކި ފަރުދުންނާއި ޖަމިއްޔާތައް ހިމެނެ އެވެ.
ހަނދާނީ ފިލާ ދިނީ؛
-
އާޓްސް ދާއިރާ : ފަންނުގެ ދަރިން
-
އާޓް ދާއިރާ : މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ (މެކް)
-
*ޕާފޯމިން އާޓްސް ދާއިރާ : މޯލްޑިވްސް ސޮސައިޓީ ފޮ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)
-
ފިލްމީ ދާއިރާ : މޯލްޑިވްސް ފިލްމް އެސޯސިއޭޝަން
-
މިއުޒިކް ދާއިރާ : މިއުޒިކް ހައުސް
-
މިއުޒިކް ދާއިރާ : އަހްމަދު އާތިފް (އެކްސްރޭ އާތިފް)
-
ވިޝުއަލް އާޓް ދާއިރާ : ފައިން އާޓް މޯލްޑިވްސް
-
ވިޝުއަލް އާޓް ދާއިރާ : އާޓް ގެލެރީ މާލެ
-
މުނިފޫހިފިލުވުމުގެ ދާއިރާ : ބައިސްކޯފް
-
ވިޝުއަލް އާޓް ދާއިރާ : އަހްމަދް ޝައްފާން
-
މުނިފޫހިފިލުވުމުގެ ދާއިރާ : ވީޑިއޯ ކްލަބް
-
ވިޝުއަލް އާޓް ދާއިރާ : އަލީ އިޝާން (ކުރަހާ ރާއްޕެ)




















