ޝަރީހާން ތަކެތި'ން ފެށި ދަތުރުގައި މިހާރު 'އެހެނިހެން'
އައިމިނަތު ޝަރީހާން އިބްރާހިމަކީ 'ތަކެތި' ބްރޭންޑްގެ ބާނީ އެވެ. އެ ބްރޭންޑް 2016ގައި ލޯންޗުކުރުމުގެ މަގްސަދަކަށް ވީ ކިޔަން ފަށައިގަންނަ ކުދިންނަށް ދިވެހި ބަހުން ލިއެފައި ހުންނަ ފެންވަރު ރަނގަޅު ފޮތްތައް އުފައްދައި ނެރުމެވެ.
މި މަސައްކަތުގައި ޝަރީހާން ހޭދަކުރި އަށް އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ ކުރިއެރުންތަކެއް ހޯދައިފި އެވެ. އަމިއްލަ ބްރޭންޑްގެ ނަން މަޝްހޫރުކޮށްފަ އެވެ.
'ތަކެތި'ން މިހާތަނަށް ފޮތް ހިމެނޭ ގޮތަށް 50އަށް ވުރެ ގިނަ އަމިއްލަ އުފެއްދުން ބާޒާރަށް ނެރެފި އެވެ.
ވިޔަފާރި ކުރިއަރުވަން އޮންލައިންކޮށް ވިއްކަން ފެށި ފޮތްތައް އާއްމުންނަށް ފެންނާނެ ގޮތަށް ފުރަތަަމަ ޕޮޕްއަޕް ޝޮޕްތަކެއް ފުރަތަމަ ބާއްވަން ފެށި ކުދި ވިޔަފާރީގެ އެކަކަށް ޝަރީހާން ވާނެ އެވެ.
މާކެޓުގައި ކުދި ވިޔަފާރިތަކަށް ޖާގަ ހޯދާ، ފޮތް ޕަބްލިޝްކުރުމުގެ ވިޔަފާރިއަށް އިތުރު މީހުން ނެރެން ވެސް އޭނާ ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެގޮތުން، އަލަށް އެ ދާއިރާއަށް ނުކުންނަ މީހުންގެ ފޮތްތައް ނެރުމުގެ ފަހަތުގައި ހުރީ އޭނާ އެވެ.
ޝަރީހާންގެ މިސްރާބު 'ތަކެތި'ން ފަހަނައަޅާ ގޮސް މިހާރު ވަނީ 'އެހެނިހެން' ތަކެތި ވިއްކަން ފަށައިފަ އެވެ. އެގޮތުން މި ޖޫން މަހު އޭނާ ވަނީ މާލޭގައި 'އެހެނިހެން' ނަމުގައި ފިހާރައެއް ހުޅުވާފަ އެވެ. އޭނާ އުފައްދާ ފޮތްތަކުގެ އިތުރުން، ކުޑަކުދިން ޝައުގުވެރިވާ ކަހަލަ ބޯޑް ގޭމް، ކްރާފްޓް ސާމާނު މިހެން ގޮސް ދިވެހި އަމިއްލަ އުފެއްދުމުގެ ގިނަ ބާވަތްތައް އެތަނުން ލިބެ އެވެ. 'އެހެނިހެން'ގައި ދިވެހި އެހެން 16 ބްރޭންޑެއްގެ ފޮތާއި އުފެއްދުންތައް ވެސް ވިއްކަ އެވެ.
ދިވެހި ބަހަަށް ކުދިން ހިތްޖައްސަން ޝަރީހާން ފެށި މަސައްކަތް ފުޅާކޮށް އޭނާގެ މަގުސަދަކީ ރާއްޖެއިން ބޭރަށް ވެސް ދިވެހި ބަސް ތައާރަފުކޮށް ތާނާ އަކުރު ގެންދިޔުމެވެ. ތަކެތިން ނެރުނު 'އަހަންނަކީ ފެހުރިއްސެއް' މި ފޮތުގެ ދެވަން ޕްރިންޓްގައި އިނގިރޭސި އާއި ދިވެހި ބަސް ހިމަނާފައިވަނީ އެ ބޭނުމުގަ އެވެ.
ކޮމެންޓް (2)
ސަޒް
ނަންރީތި އަލީ