ޑރ. ޝަޒްރާ (މ) އާއި ޑރ. ރަނާ (ވ) އަދި އައިޝަތު ޝާދިޔާ 'ދައުރު'އަށް އިންޓަވިއު ދެނީ

ލިވިން

ފަލަސްތީނަށްޓަކައި މި ތިން އަންހެނުންގެ އަޒުމް ވަރުގަދަ

ޑރ. ޝަޒްރާ އާއި ޑރ. ރަނާ އަދި ޝާދިޔާ އަންނަނީ މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުގައި އިޒްރޭލާ ދެކޮޅަށް އަދި ފަލަސްތީނު ރައްޔިތުންނަށްޓަކައި އަޑު އިއްވަމުން

މެގަފޯނު ހިފައިގެން ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ތިން އަންހެނުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ފެނެ އެވެ. ބައެއް ފަހަރު އެމީހުންނާ ބައިވެރިވާނެ ބަޔަކު ނެތުމުން، އެކަނިމާއެކަނި އަޑުއުފުލަ އެވެ. އެކަމަކު ވެސް ޖެހިލުމެއް ނެތެވެ.  ބިރެއް  ވެސް ނެތެވެ.

މި މީހުންގެ މަގުސަދަކީ ފަލަސްތީނުގެ ހައްގުގައި އެ މީހުންނަށް ކުރެވެން އޮތް ކުޑަކަމުން ފަށައިގެން ގޮސް ބޮޑު ކަމަކާ ޖެހުނަސް އެކަން ކުރިއަށް ގެންދިއުމެވެ. 

މި ތިން އަންހެނުން އިސްވެގެން މިވަގުތު އަންނަނީ އެންޖީއޯއެއް ރެޖިސްޓްރީކުރުމާއި ތަފާތު އެކި މަސައްކަތް ރާވާ ކުރިއަށް ގެންދަމުންނެވެ.

މިއީ އަސްލު ކޮން ބައެއް ހެއްޔެވެ؟

އިނގިރޭސި އެމްބެސެޑަރު ހުންނަވާ ގޭ ކައިރީގައި ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަނީ

ހެންވޭރުކޮޅުގައި ހުންނަ ކެފޭއަކަށް އިންޓަވިއުއަށް ވަން ގޮތަށް ޑރ. ޝަޒްރާ އިބްރާހިމް އެންމެ ފުރަތަމަ ވެސް ނަޒަރު ހިންގާލީ އެތަނުގައި ހުރި ފެންފުޅިތަކުގެ ބްރޭންޑަށެވެ. އިޒްރޭލަށް ނުސީދާކޮށް ނަމަވެސް މަދަދު ދޭ ބްރޭންޑެއް ނަމަ އެއާ ދުރަށް ދެ އެވެ. އެހެންކަމުން އޭނާ އެދުނީ އިސްކުރު ފެން ގެެނެސްދިނުމަށެވެ. ދަބަހުން ނެގީ ޕެނެޑޯލް ގުޅައެކެވެ. އެ ކާލުމަށް ފަހު ގޮނޑީގައި ހަމަޖެހިލި އެވެ.

އޭނާގެ ތައާރަފު ދިނެވެ. ޑރ. ޝަޒްރާއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ބިޒްނަސް ސްޓަޑީސްގެ ގިނަ މާއްދާތަކެއް ކިޔަވައިދެމުން އަންނަ ލެކްޗަރާއެކެވެ. ހަތަރު ކުދިންގެ މަންމައެކެވެ. ފުލްޓައިމް ވަޒީފާގައި އުޅެފައި މެގަފޯން ހިފައިގެން އޭނާ މަގުމައްޗަށް ނުކުންނަނީ ކުރާނެ އިތުރު ކަމެއް ނެތިގެންނެއް ނޫނެވެ. ވަގުތު ގިނަވެގެންނެއް ވެސް ނޫނެވެ. ޒިންމާތަައް ބައިވަރެވެ. އެކަމަކު މިއީ ވެސް އޭނާ ކުރަން ޖެހޭ ކަމެެއްގެ ގޮތުގައި ދެކިގެންނެވެ.

ޑރ. ޝަޒްރާ އިބްރާހިމް (ކ) އާއި ޑރ. ރަނާ އަހުމަދު ހަމީދު (ވ): ފަލަސްތީނުގެ ހައްގުގައި އަންނަނީ އަޑުއުފުލަމުން 

 މި ކޮފީ މޭޒުން ދެން މި ބައްދަލުވީ ޑރ. ރަނާ އަހުމަދު ހަމީދުއާ އެވެ. މިއީ ވެސް ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެކެވެ. މަންމައެކެވެ. މި ހަރަކާތުގެ އެއް ބާނީ އެވެ.

ޝަޒްރާ އާއި ރަނާގެ އެކުވެރިކަން އުފެދުނީ، އެމްއެންޔޫގެ ބިޒްނަސް ފެކަލްޓީގެ ވަޒީފާއަށް ދެ މީހުން ވެސް އެއް ދުވަހަކު ހޮވުނު ހިސާބުންނެވެ. މިއީ އެ ފެކަލްޓީގައި މަސައްކަތްކުރާ އެންމެ ހަގު ދެ ލެކްޗަރާ ވެސް މެއެވެ.

މަސައްކަތުގެ ގޮތުން ދެ މީހުންނަކީ ރިސާޗް ޕާޓްނަރުން ވެސް މެއެވެ. ހިޔާލު އެއްގޮތްވެފައި ދެ މީހުންގެ މިޒާޖު ވެސް ދިމާވެ އެވެ. ކަންބޮޑުވަނީ ވެސް އެއްކަހަލަ ކަންތައްތަކާ އެވެ.

މި ދިޔަ އޮކްޓޯބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމާ ގުޅިގެން މި ދެ މީހުުންގެ ހިތުގައި އުފެދުނު ރުޅިވެރިކަން ބޮޑެވެ. އެކަމާ މެދު ކުރެވެން ހުރި ކޮންމެ ކަމެއްގައި އިސްނަގަން އެއްބަސްވި އެވެ. 

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން 'ސޮލިޑާރިޓީ އެމްވީ' ނަމުގައި ހަރަކާތްތެރިވި މީހުން ރައްޔިތުންގެ މަޖްލިސް ދޮށުގައި ބޭއްވި މުޒަހަރާއެއްގައި ބައިވެރިވި އެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގޮވާލައި ރައްޔިތުންގެ މަޖްލިސް ދޮށުގައި ބޭއްވި މުޒާހަރާ (ފޮޓޯ/ ނަވިން ސައީދު)

އޭގެ ކުރިން އެއްވެސް ކަހަލަ މުޒާހަރާއެއްގައި ބައިވެރިވެފައި ނުވާ، އަދި ސިޔާސީ އެއްވެސް ކުލައެއްގައި ވެސް ޖެހިފައި ނުވާ ޝަޒްރާ އާއި ރަނާ އެ މުޒާހަރާތަކުން ދެން ބައްދަލުވަނީ އައިޝަތު ޝާދިޔާއާ އެވެ.

ޝާދިޔާއަކީ ފަސް ކުދިންގެ މަންމަ އެވެ. މިހާރު މާމައެއް ވެސް މެއެވެ. ފަސޭހަކަމާ އެކު އަރަބި ބަހުން އޭނާ ވާހަކަ ދައްކަ އެވެ. ދޫފަރިތަ އެވެ. ސޯޝަލް މީޑިއާގައި ފަލަސްތީނު ރައްުޔިތުންގެ ހައްގުގައި އަޑުއުފުލައި، އަށްޑަނައަކަށް ކީބޯޑު ހަދައިގެން ހުރި މީހެކެވެ.

އައިޝަތު ޝާދިޔާ (ކ) އާއި ޝަޒްރާ: ދެ މީހުން ފުރަތަމަ ބައްދަލުވީ ރައްޔިތުންގެ މަޖްލިސް ދޮށުގައި އޮތް މުޒާހަރާއަކުން

މި ތިން އަންހެނުން އެކުވެން މިހާރު އަންނަނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަން 'އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަން'ގެ ނަމުގައި އެންޖީއޯއެއް ރެޖިސްޓްރީ ކުރަަން މަސައްކަތްކުރަމުންނެވެ.

އެންޖީއޯ ރެޖިސްޓްރީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް ރަސްމީކޮށް އަދި ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ފަހުން ޝަޒްރާ އާއި ރަނާ އަދި ޝާދިޔާ ވަނީ މާލެ އާއި ހުޅުމާލޭގައި 40 އަކަށް މުޒާހަރާ ބާއްވައިފަ އެވެ. 

ޝަޒްރާ އާއި ރަނާ އަދި ޝާދިޔާގެ ހަރަކާތް ކުރިއަށް ދަނީ

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ އާއި ޖަރުމަން އެމްބަސީ އާއި ޔޫއެން އޮފީހާއި އިނގިރޭސިވިލާތު އެމްބަސަޑަރު ހުންނަވާ ގޭ ކައިރިއަށް އެއްވެފަ އެވެ. އަދި އިޒްރޭލަށް އެހީތެރިވާ ކަމަށް އަޑުއަރާފައިވާ ބްރޭންޑްތައް ކަމަށްވާ ކޭއެފްސީ އާއި ޕިއްޒާހަޓް ފަދަ ބޮޑެތި ބްރޭންްޑްތަކުގެ އައުޓްލެޓް ދޮށަށް ގޮސް އަޑުއުފުލައިފަ އެވެ.

އެއްބަޔަކު ދެކޭ ގޮތުގައި ރާއްޖޭގައި މުޒާހަރާކުރުމަކީ ބޭނުން ކަމެއް ނޫނެވެ. ރާއްޖެއަކީ އިޒްރޭލަށް ސީދާ އެހީވާ ގައުމެއް ނޫނެވެ. ދިވެހިން އިޒްރޭލާ ދެކޮޅެވެ. ދިވެހިން އަންނަނީ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވަމުންނެވެ. ދުއާކުރަމުންނެވެ.

މާ ގިނަ ބަޔަކު ބައިވެރިނުވިޔަސް މިގޮތަށް އަޑުއުފުލުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ތިން އަންހެނުން ދެކޭ

އެކަމަކު ޝަޒްރާ ދެކޭ ގޮތުގައި ލާމެހިފައިވާ ދުނިޔެއެއްގައި ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަން އެންމެން ތެދުވަން ޖެހެ އެވެ. ހަމައެކަނި އިޒްރޭލަށް އެކި ގޮތްގޮތުން އެހީވާ ގައުމުތަކުގެ އާންމު ރައްޔިތުންނެއް ނޫނެވެ.

ތިން އަންހެނުން ދެކޭ ގޮތުގައި މިއީ ދުނިޔޭގެ އިސްތިއުމާރީ ބާރުތަކާއި ދުނިޔޭގެ ރައްޔިތުންނާ ދެމެދު އޮތް މަައްސަލައެކެވެ. އެހެންކަމުން ފަލަސްތީނުގެ އާންމުންނާއި ކުޑަކުދިން މަރަން، ބޮޑެތި އަނިޔާދޭން، ނިކަމެތިކުރަން، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޖަރުމަނުން ފައިސާ އާއި ހަތިޔާރުން އިޒްރޭލަށް އެހީ ދޭ އިރު، އެކަންކަމާ ދެކޮޅަށް ދިވެހިން އަޑުއުފުލަމުން ދާކަން އެ ގައުމުތަކުގެ ޑިޕްލޮމެޓުންނަށް އެނގެން ޖެހޭނެ އެވެ. އެމީހުންގެ ކަންފަތަށް އެ އަޑު އިއްވާނެ ބަޔަކު ތިބެން ވެސް ޖެހޭނެ އެވެ.

ރާއްޖޭގައި ހުރި ހުޅަނގު ގައުމުތަކުގެ އެމްބަސީތައް ދޮށުގައި ހިތްވަރާ އެކު ރަނާ އާއި ޝަޒްރާ އަދި ޝާދިޔާ މުޒާހަރާކުރަނީ އިޒްރޭލަށް ހިމާޔަތާއި އެހީތެރިކަން ދިނުމާ ދެކޮޅަށެވެ. އެ ގައުމުތަކުން ގެންގުޅޭ އުސޫލުތަކާ މެދު ނުރުހޭކަން ބުނެދިނުމެވެ.

ޝަޒްރާ ބުނި ގޮތުގައި މިއީ މުޅި ދުނިޔެ ބައިވެރިވާ ދެކޮޅުވެރިކަމެކެވެ. ދުނިޔޭގެ ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވެ އެވެ. މުޖާހިދުންނާއި މީޑިއާ އާއި ޔުނިވާސިޓީތަކާއި ވިޔަފާރި އާއި އެކި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވެ އެވެ.

ފަލަސްތީނުގެ ހައްގުގައި ޝަޒްރާ އާއި ޝާދިޔާ އަޑުއުފުލަނީ

މަގުސަދަކީ ފަލަސްތީނު މިނިވަންކުރުމެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމެވެ. ދުނިޔޭގެ ތާއީދެއް އިޒްރޭލަށް ނެތްކަން ހަމާކުރެމެވެ. މީގެ އިތުރުން އިޒްރޭލާ ދެކޮޅަށް ބޮއިކޮޓް، ޑައިވެސްޓް އަދި ސެންކްޝަން (ބީޑީއެސް) މޫވްމަންޓް ހިންގުމެވެ.

އަމިއްލަ އަތުން ހޭދަކޮށްގެން މާލޭގައި ޕިކަޕު ބުރު ބާއްވައި، މެގަފޯނެއް ގަނެގެން ޑިއުޓީ އުސޫލުން ފާއިތުވީ ހަތް މަސްދުވަހު މި ތިން އަންހެނުން ބަރާބަރަށް އަންނަނީ އެ އަޑު އިއްވަމުންނެވެ. ފުލުހުންނާ ކުރިމަތިލާން ޖެހޭ ހިނދެއްގައި އެކަން ވެސް ކުރެ އެވެ.

މި މަސައްކަތުގައި އެމީހުން އުޅޭ އިރު އާއްމުންގެ ތާއީދު ލިބޭއިރު ބައެއް މީހުން މަލާމާތް ވެސް ކުރެ އެވެ. 

"މަގުމަތިން ފެނިގެން އެއްބަޔަކު ތަމްބްސް އަޕްއެއް ދީފައި ވަރަށް ރަނގަޅު ކަމެކޭ ތި ކުރަނީ ބުނެފައި ދާނެ. އަނެއް ބަޔަކު ނުރުހުންވޭ. ކޮންމެވެސް އެޓޭކެއް ދޭ،" ޝާދިޔާ ބުންޏެވެ.

"އަޅުގަނޑުމެންނަކީ ތިން އަންހެނުން ކަމުން ތިއީ އަންހެނުން ކުރަން ޖެހޭ ކަމެއް ނޫނޭ ބުނެފައި އެބަހުރި." 

"މުޒާހަރާތަކަށް ތަރުހީބު ނުލިބުމަކީ ގޮންޖެހުމެއް. އެކަމުވެސް އެކަނި ވެސް މި މަސައްކަތް ކުރަން ތައްޔާރަށް މިތިބީ،" ޝަޒްރާ ބުންޏެވެ.

އޭނާ ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ސިކުންތެއްގެ އަމާންކަން ވެސް ނެތް ކަމަށެވެ. އެހެންކަމުން އެ ރައްޔިތުން އެ އުޅޭ ބިރުވެރި، ނިކަމެތިކަމުގެ މަތިން ހަނދާން ނައްތާލައި އެއީ ނުހިނގާ ކަމެއް ކަމަށް ހަދައިގެން ނުތިބެވޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.

"މިކަން ހުއްޓުވުމަށް އެމީހަކަށް ވީ ވަރެއް ކުރަން ޖެހޭ. ކަމެއް ނުކޮށް ހުރުމަކީ މިކަމުގައި ބައިވެރިވުން،" ޝަޒްރާ ބުންޏެވެ.

ރަނާ ބުނިގޮތުގައި ތައުލީމީ ގޮތުން މަތީ ފެންވަރުގައި ތިބި ބަޔަކު މުޒާހަރާ ފަދަ ކަންކަމަށް ނުނިކުންނާނެއޭ ބުނެ ބައެއް މީހުން މަލާމާތުގެ ބަސް ރައްދުކުރެ އެވެ. އެކަމަކު މި ތިން އަންހެނުންގެ އަޒުމަށް އެކަހަލަ މަލާމާތަކުން ގުޑުމެއް ނާރަ އެވެ.

މުޒާހަރާކުރުމާއި އަޑު އުފުލުމަކީ ފަލަސްތީނުގެ ހައްގުގައި ޝަޒްރާ އާއި ރަނާ އަދި ޝާދިޔާ ކުރަން ނިންމައިގެން ތިބި ހަމައެކަނި މަސައްކަތެެއް ނޫނެވެ.

"ބައިވަރު ކަންކަން ކުރަން ނިންމައިގެން މިތިބީ،" ޝަޒްރާ ބުންޏެވެ.

ބައިސްކޯފާ ގުޅިގެން ޕޮޑްކާސްޓް މަސައްކަތް ކުރިއަށް ދަނީ

ޝަޒްރާ އާއި ރަނާ އަންނަނީ ފަލަސްތީނާ ބެހޭ ފޮތެއް ލިޔަމުންނެވެ. 'ސޯލް އޮފް އޯލް ސޯލްސް'ގެ ނަމުގައި އެ ފޮތް ލިޔަމުން އަންނަނީ އިނގިރޭސި ބަހުންނެވެ. 

"ފޮތުގެ މަސައްކަތް މިހާރު މި އޮތީ އެންމެ ފަހު މަރުހަލާގައި. ފޮތް އިނގިރޭސި ބަހުން ނެރެ ހުރިހާ ޕްލެޓްފޯމެއްގައި ވިއްކަން ބެހެއްޓުން އަޒުމަކީ. މި ފޮތުގެ ދިވެހި އަދި އަރަބި ތަރުޖަމާ ނެރެން ވެސް މަސައްކަތް ކުރާނަން،" ޝަޒްރާ ބުންޏެވެ.

މީގެ އިތުރުން ބައިސްކޯފާ ގުޅިގެން 'ސޯލް އޮފް އޯލް ސޯލްސް' ނަމުގައި ޕޮޑްކާސްޓެެއް ރިކޯޑު ކުރުމުގެ މަސައްކަތް އެމީހުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް ފަސް އެޕިސޯޑު ވަނީ ރެކޯޑްކޮށްފަ އެވެ. މި ޕޮޑްކާސްޓް ވަރަށް އަަވަހަށް ބައިސްކޯފު އެޕުން އަޑުއަހާލެވޭނެ އެވެ.

މީގެ އިތުރުން ފަލަސްތީނުގެ މައްސަލާގައި އަންހެނުންނަށް ހާއްސަކޮށްގެން ގަތަރުގައި އޮތް ކޮންފަރެންސެއްގައި ވެސް ޝަޒްރާ އާއި ޝާދިޔާ ބައިވެރިވި އެވެ. އެ ކޮންފަރެންސަށް ދުނިޔޭގެ 58 ގައުމަކުން 300އަށް ވުރެ ގިނަ މީހުން ދިޔަ އެވެ.

ގަތަރުގައި ބޭއްވި ކޮންފަރެންސްގައި ޝާދިޔާ އަދި ޝަޒްރާ، އެހެން ބައެއް ބައިވެރިންނާ އެކު

ޝަޒްރާ ބުނި ގޮތުގައި ކުރިއަށް އޮތް އަހަރު ހިންގާނެ އެކި ކަންކަން މިހާރު އަންނަނީ ރާވަމުންނެވެ. އެގޮތުން ރާއްޖޭގައި އިންޓަނޭޝަނަލް ކޮންފަރެންސެއް ބޭއްވުމަކީ އެންމެ އަވަހަށް ކުރަން ބޭނުން މަސައްކަތެވެ.

މާލެ އާއި ރަށްރަށުގެ ސްކޫލްތަކުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަން ވެސް ތިބީ ތައްޔާރުވެގެންނެވެ.

މި ތިން އަންހެނުންގެ ހިތްވަރަށް ބަދަލެއް ނާދެ އެވެ. މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ތިން މީހުން އެކަނި އަޑުއުފުލަން ޖެހުނަސް އެކަން ކުރިއަށް ދާނެ އެވެ. އެމީހުން ދެން ފެންނަ ފަހަރަކުން ހިތްވަރުގެ ބަހެއް ނަމަވެސް ބުނެލާށެވެ. އެއީ ވެސް އެ ހަރަކާތުގައި ބައިވެރިވުމެވެ.

ކޮމެންޓް (34)

ހުސޭނު

30 މޭ 2024
މިތާ ކޮމެންޓުކުރާ ބައެއްމީހުންނެކަޭ އަވަށްޓެރި އިންޑިއާގައި އުޅޭ އެކްސްޓްރީމިސްޓް ޕާޖީޓް ތަކެކޭ އެެއްވެސް ތަފާތެއްނެތް! އައިސަޕާޓު ޔޫ ސާ ނުކިޔާކަން!
4 1

ހިޔާލުފޮށި

30 މޭ 2024
ފަލަސްތީނުގައި ތިބި މީހުންނަށް ސީދާ ގޮތުން އެހީދެވޭނެ ކަހަލަ ކަންކަން އެބަހުރި. އެމީހުން ކައިރި ގައުމުތަކަށް ބަދަލު ކުރުމަށް ދިވެހި ސަރުކާރުން ފަލަސްތީނާއި ކައިރި ގައުމުތަކުގެ ސަރުކާރުތަކާއި ވާހަކަ ދެއްކުން.. ރާއްޖެއަށް ކުޑަދިންނާއި އެކުދިންގެ މަންމައިން ގެންނަން ވަކާލާތު ކުރުން.. ކީއްވެ ސަރުކާރުގެ އިދާރާތަކަށް ރަސްމީކޮށް މިކަންކަން ކުރަން ހުށަަނާޅާ މެގަފޯން ހިފައިގެން މަގުމައްޗަށް ނުކުންނަންވީ.. ފަލަސްތީންގެ ހައްގުގައި އަހަރުމެންނަށް ކުރެވޭނެ ކަމެއް އެކުޑަ ކުދިން ރާއްޖެ ގެނެސް ފަލަސްތީން ހިމާޔަތް ކުރަން ދާނެ ޒުވާނުނުންނަށް ހެދުން..
0 3

މިސްލިމް

31 މޭ 2024
@ހިޔާލުފޮށި ކީއްކުރަން އެ ކުޑަ ކުދިން ގެނެސް ފަލަސްތީން ހިމާޔަތް ކުރަން ދާ ބަޔަކަށް ހަދަންވީ...ކީއްވެ ރާއްޖެ މީހުން މިކަމަށް ތައްޔާރުވާން މަސައްކަތް ނުކުރަންވީ ؟ ރާއްޖެ އިން ވީ ލަޝްކަރެއް ފޮނުވަން. އަދިވެސް އިސްރާއީލުންނަށް ބިން ދީފައި އެކުދިން އެހެން ބިންތަކަށް ފޮނުވަންވީ؟
2 2

އިލްމާ

30 މޭ 2024
މި ކޮމެންޓް ސެކްޝަންގަ ތިބި ބޭފުޅުންނަށް ހެޔޮ ވިސްނުން ދެއްވާށެވެް
4 1

މުބާރިކު

29 މޭ 2024
ތިއަށްވުރެ ރާއްޖޭގައި ހުރި ވަރީގެ މައްސަލަތައް ފާހަގަކޮށް އެކަންކަން ރަނގަޅުކުރަން އުޅުނިއްޔާ މާރަނގަޅުވާނެ! މިހާރުވެސް 28 އަހަރު ނުވަނީސް 4 މީހުނާ އިނދެ ކޮންމެ މީހަކަށް ދަރިއަކު ވިހައި އަނެއްކާ ވެސް ވަރިވެގެން އުޅެނީ. މިކަންކަމާ ވިސްނާލުން މާއައުލާ ވެގެންވޭ! މިހެން ބުނީމާ މަގޭ މައިންބަފައިން ކަށްވަޅުން ނުނަގާނެކަމަށް ހީކުރަން.
2 16

ލޮލް

29 މޭ 2024
@މުބާރިކު މައިންޑް ޔޯ އޯން ބިޒްނަސް
6 0

ބޯއީ

30 މޭ 2024
@މުބާރިކު ފިރިހެން ވެރިން ވަރި ނުކުރީމަ ވަރި މަދުވާނެ ☺️ އެއީ ހައްލު
5 1

ހައިކޯޓް

30 މޭ 2024
@މުބާރިކު ބަލަ މިދިވެހިރާއްޖޭގައި ކޯޓުތައް މަދީތޯ؟ ޭއެ ޒިންމާ އެކުދިންގެ ބޮލުގައި އަޅުއްވަނީ. ހިހި ހާއްދަ ޒާތީއެ!
3 0

ފެޑް އަޕް އޮފް އިގްނޯރަންޓް ދިވެހީން

29 މޭ 2024
މިތާ ހުރި ކޮމެންްްޓްތައް ކިޔާލީމަ އެނގޭ އަސްލު ދިވެހިންނަކީ އަބަދުވެސް ވަރަށް ގޯސްކޮށް ވިސްނާ ބައެއްކަން. ދުޢާ ކުރީމަ ނިމުނީކީ ނޫން އަހަރުމެންގެ އަމަލުންވެސް އެބަ ޖެހޭ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން. ރާއްޖޭގަ ކަންކަން ގޯހޭ ކިޔާފަ އެހެން ގައުމުތަކުގަ އަހަރުމެންގެ ހަމުގެ ކުލައިގެ މީހުން އެހާ ރަހުމް ކުޑަކޮށް މަރާ ނަގައި އިރު ތިކަހަލަ އެއްޗެހި ބުނާނީ ހިސާބަށް ވުރެ ނުލަފާ ނުކިޔަވާތިބި ގަމާރުން ވީމަ. ރާއްޖޭގަ ހިންގާ ކަންކަމާ މެދު އަޑު އުފުލަމުން މި ކަންވެސް ކުރެވޭނެ. މުޅި ސޯޝިލް މީޑިއާގަ ފަލަސްތީނުގެ ރައްޔިތުން އެ ބުނަނީ ބޮއިކޮޓް ކުރާށޭ އެކަމު ދިވެހިންނަކީ އަސްލުވެސް ހިތުން މާ ދީނީ އަމަލުން އެއްކަމެއް ކުރަންބޭނުން ނުވާ ކަންނެތް ނުލަފާ ބައެއް. ކަލޭމެންގެ ދުވަސްވެސް އަންނާނެ ބަލަން ހުންނާތި.
9 2

މާޔޫސް

29 މޭ 2024
@ފެޑް އަޕް އޮފް އިގްނޯރަންޓް ދިވެހީން އެހައި އަވަހަށް މާޔޫސްވާކަށް ނުވާނެ! ކެތްތެރިކަން ނެތްބަޔަކަށް މިކަހަލަކަމެއް ނުވާނެ! މަދު ދިވެހިންކޮޅެއްގެ ޚިޔާލެއްގެ ބަދުނާމު އެންމެން ބޮލުގައި އަޅުވައިގެން ވެސް ނުވާނެ! ތީ ފިނޑިބައެއް
0 2

ފިނޑި

30 މޭ 2024
@މާޔޫސް ފިޑިންނަކީ މިގޮތަށް ފާޑުފާޑު ނަމުގައި ސިއްރުން ކޮމެންޓް ކުރާ މީހުން
1 1

ކަލޭގެ އަންމަ

10 ޖޫން 2024
@ފިނޑި ކަލޭ ކަހަލަ މީހުންވެސް ދޯ
0 0

މުހައިމިން

29 މޭ 2024
މީ ހަމަ ސީދާ މި ލިޔުނު މީހާ ސަމާލުކަން ހޯދަން ލިޔުނު ލިޔުމެއް. ބަލަ ތިޔަށްވުރެން މުހިންމު ކަންކަން މިގައުމުގަ އެބަހުއްޓޭ. އެވާހަކަ ދައްކަބަލަ.
4 13

މަހުމާ

29 މޭ 2024
@މުހައިމިން ހާދަ ވަރެކޭ ތިވަނީ. ދެން ލަލާ
2 0

ފިސާރި

29 މޭ 2024
@މުހައިމިން ބްރަދާ އިއޫ. ވަޓްސް ދެޓް ބްރަދާ. ކޮބާ މައްސަލައަކީ. ފަލަސްތީނަށް ސަމާލުކަން ދޭންޖެހޭ!
2 0

ގަމީހެއް

30 މޭ 2024
@މުހައިމިން ހަމަ ޖެހޭތަ ކޮމެންޓެއް ކުރަން؟
2 0

ށަވިޔަނި

30 މޭ 2024
@މުހައިމިން ރާއްޖޭގެ ކަންކަމާ މުހައިމިނުއާ މުއިއްޒު އުޅެލާ. އަހަރުންނައް ފަލަސްތީނު ގަތުލު ޢާންމު މާ މުހިއްމު އަދި މާ ހިތްދަތި.
2 0

މަގުމަތީ އާދަނު

29 މޭ 2024
ޤައުމުގެ އެތޭގަ އެބަހުރި ލައްކަ ގިނަ މައްސަލަތައް ޒުވާނުން ނިކުމެ އަޱުއުފުލަން ޖެހޭ މިސާލަކަށް އާއްމު ވަމުންދާ ކަރަޕްޝަން ކަހަލަ އަދިހަމަ ވާޒީފަގެ ފުރުސަތުތައް ދެޖިންސްއަށް ހަމަހަމަ ވުން ކަހަލަ ކަންތައް މިކަން ތަކަށް އަޱުފުލަމާތޯ!
7 8

ރާބުޅާ

29 މޭ 2024
@މަގުމަތީ އާދަނު ކީއްކުރާނީ، ފެންކޮޅެއް ބޮލަށް އެޅީމަ ހޭބަލިވެގެން ހުސްބުޅިއެއްގަ ގަންނަ ކަޅުބިލަމަސް ކައި ބޮޑެތިވެފަ ތިބީމަ ވާގޮތް. ބޮއެކޮޓްވެސް މިކުރަނީ އެއްފަޅިން. ނިކަން ރަނގަޅަށް އެކަންވެސް ކޮށްލާކަށް ނުކެރޭ.
2 2

އަންޑަނަ

29 މޭ 2024
@މަގުމަތީ އާދަނު ޔެސް ޔޫ ކޭން ޑޫ ދިސް 👍
3 0

ފަކް ޔޫ

29 މޭ 2024
@މަގުމަތީ އާދަނު ދެން ކަލޭވެސް މަގު މައްޗަށް ނިކުންނަންވީނުން؟
1 0

މަގުމަތީ އާދަނު

29 މޭ 2024
އަޱު އިއްވުމަކީ މައްސަލައެއް ނޫން ނަމަވެސް ހުރިހާދިވެހީން އަބަދުވެސް ވިސްނުން މުހިއްމު އަހަރުމެންގެ ޤައުމަކީ ކިހާނާޒުކު ޤައުމެއްކަން އަދި ކުރެވޭ ކުޱަ ކުޱަ ކަމަކުން ވެސް ބޮޱު ގެއްލުމެއް ވުމުގެ ފުރުސަތު ބޮޱުކަން
4 7

ސަނައްޓޭ

29 މޭ 2024
@މަގުމަތީ އާދަނު އާ ކަލޭމެންނަށް ހީވާނީ ރިޒްގް ދެއްވަނީ ވެސް އެމީހުންނޭ. ކަމެއްކުރަން ބިރުން ތި އުޅެނީ.
5 1

އަހައްމައިދީ

29 މޭ 2024
@ސަނައްޓޭ ކަމެއް ކުރަން ނުކެރިގެންނޫން މިއުޅެނީ. ބޮއިކޮޓްކުރަންޏާ ހަމައެކަނި ކޯލާ ދަޅަކާ ބާގާއަކުން ނިންމާނުލާ. ނިކަން ރަނގަޅަށް ގަޓްހުރެގެން ކުރޭ، އެހެންނޫނަސް ބޮއިކޮޓްކުރަން ބޭނުންމީހާ އަމިއްލައަށް އެކަން ކުރީމަ ނިމުނީ. މަގުމައްޗަށް ނުކުމެ ހޭރި ދެން ތިބި މީހުން ލައްވާ ގަދަކަމުން ކަންކަން ކުރަވަން ނޫޅޭ.
2 9

މަގުމަތީ އާދަން

29 މޭ 2024
@އަހައްމައިދީ އަހައްމައިދީ މިއޮތީ ވަރައްސާފު އެހާމެ ތިލަ ދިވެހިބަހުން ވަރައްރަނގަޅު ވާހަކައެއް ބުނެފަ މިއަށް ލައިކު ނުދިނަސް މީހަޤީގަތަކީ
4 2

ސަނައްޓޭ

29 މޭ 2024
@މަގުމަތީ އާދަން ތި ކަހަލަ ޖާހިލު ވިސްނުން ހުންނާތީ ގައުމު ފުނޑެނީ
0 1

ގަމީހެއް

30 މޭ 2024
@އަހައްމައިދީ ހަމަ ތިހެން ބުނާނަންތޯ ތިބޭފުޅާގެ އާއިލާ ގަތުލު ކުރަމުންދާ ނަމަ؟ އަނގައެއް އޮތީމަ ހަމަ ވާހަކަ ދައްކަނީދޯ؟
0 1

މުލަކިއަހައްމަދު

30 މޭ 2024
@މަގުމަތީ އާދަނު ހޫނ! އަނެއް މުފައްކިރު އުތަ!؟ އެކުން ލިޔަން ހެޔޮކޮށް ދަސްކުރަންވީއެއްނު އިހަށް؟ މިސާލަކަށް ރަނގަޅަށް ތާނައިން ލިޔަން؟ ޱ ޑ މިއީ ދެއަކުރުކަން އެނގޭ ދޯ؟
0 0

މިއީ ދިވެހީން

29 މޭ 2024
ކޮންމެވެސް ގޮތަކުން މަޝްހޫރު ވެވޭނެތާ. އެއީ ފުރަތަމަ ފޭސް،. ދެން ފޭސް ދޭއްގަ ހަދާނީ ޙިދުމަތް ޖަމިއްޔާ ނޫނީ އައިއޭސީއެއް ކަހަލަ ޖަމިއްޔާ. ފޭސް ތިނެއް އެއީ އަސްލު މަގުސަދު ހާސިލުކުރާ ފޭސް. އޭގަ ޑޮނޭޝަން ހޯދައިގެން ދުނިޔޭގަ ބުރު ތަޅާނީ.
6 9

ރިޒް

29 މޭ 2024
@މިއީ ދިވެހީން އަސްލު ވަރަށް ގޯސް ވިސްނުމެއް ތީ! ބަޔަކު ރަނގަޅު ކަމެއް ކުރިޔަސް އެކަމަށް ހިއްވަރު ދިނުމެއް ނޯވޭ ދޯ
13 3

ަަނާނޫ

29 މޭ 2024
@މިއީ ދިވެހީން ީއިފް ޔު ޗެކް ދެއަރ ބެކްގރައުންޑް ޔޫ ވޯންޓް ސޭދެޓްް
8 2

ޓިކްޓޮކް

29 މޭ 2024
@މިއީ ދިވެހީން މަޝްހޫރު ވާން ޓިކްޓޮކް ލަވައެއް ކުޅެލީމާ ވީ! މީ ވަރަށް މާތް މަގްސަދެއް ގައި ބަޔަކު ކުރާ ކަންކަން! ވީމާ ހުރަސް ނާޅޫއްވާ!
11 1

ގަމީހެއް

30 މޭ 2024
@މިއީ ދިވެހީން އެދުވަހެއްއައިމަ ތިހެންބުނޭ!
0 1

މޫސަ

30 މޭ 2024
@މިއީ ދިވެހީން ތިޔާ ދިވެހީންނަމަ މަ ތިޔަކަހަލަ ދިވެއްސަކަށްވާކަށް ބޭނުމެއްނޫން!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް