އާމިނަތު ޝުޒާނާއަކީ ދަ ވެލްނަސް ސެންޓަރުގެ އެންމެ ސީނިއަ ޒުންބާ އިންސްޓްރަކްޓަރު

ރޯދަ 2024

އޭނާއަށް ވެސް، އޭނާގެ ކްލާހުގެ ބައިވެރިންނަށް ވެސް އެއީ ބޮޑު އުފަލެއް

އައިމިނަތު ޝުޒާނާ ނަގައިދޭ ޒުންބާ ކްލާހަށް މިހާރު 15 އަހަރު ވެއްޖެ. އެކަމަކު ކްލައިންޓުން ބަހައްޓާ ޝައުގުވެރިކަމާއި އޭނާ އެކަމަށް އޮތް ލޯބީގެ ސަބަބުން އަބަދުވެސް ލިބެނީ އާ ހިތްވަރާއި ޖޯޝް

މުހިންމު ނުކުތާތައް

ޝުޒާނާ ކަސްރަތުގެ ތެރެއަށް ވަނީ 2008ގައި ހީޓާ ގުޅި އަމިއްލަ ފިޓްނަސްއަށް ފެށި ދަތުރުން

އިންްސްޓްރަކްޓަރުކަމުގެ ބައިނަލްއަގުވާމީ ސެޓްފިކެޓްތައް ހާސިލްކޮށް، އޭނާއަކީ މިހާރު ދަ ވެލްނަސް ކްލަބްގެ މުހިންމު އެކަކު

އޭނާގެ ޒުމްބާ ކްލާހަށް ދާތާ 15 އަހަރު ވީ ބައިވެރިން ވެސް އެބަ އުޅޭ

މުޅި ތަނުގައި އޮތީ ފަނޑު އައްޔެކެވެ. ޑިސްކޯ ލައިޓެވެ. އެކި އުމުރުގެ އެކި ބައްޓަމުގެ އަދި އެކި ސައިޒުގެ 40 އަކަށް އަންހެނުން ހަފްތާއަކު ތިން ދުވަހު މި ތަނަށް ޖަމާވެ އެވެ. މަގްސަދަކީ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ހޯދުމެވެ. ނެށުމާއި ފޯރިގަނޑެއް ތެރެއިން އެކަން ކުރުމެވެ. ޒުންބާ ހެދުމެވެ.

ދަ ވެލްނަސް ކްލަބްގައި ހިންގާ ޒުންބާ ކްލާސް އާދަޔާހިލާފެވެ. އެ ކްލާހުގައި އެ ބޭރުކޮށްލެވެނީ އާދަޔާހިލާފު ހަކަތައެކެވެ. އެ އެންމެން އެވަގުތު ބަލަހައްޓަނީ ސްޓޭޖް މަތީގައި އެމީހުންނަށް ކްލާސް ނަގައިދޭ އިންސްޓްރަކްޓަރެވެ.

ދަ ވެލްނަސް ކުލަބުގައި ކުރިއަށްދާ ޒުންބާ ކްލާހެއް

އެއީ އަބަދުވެސް ރީތިކޮށް ނަށާ ހިތްވާ، ޒުންބާގެ އިންސްޓްރަކްޓަރުކަން ކުރާ ހިތުން، އެކަމާ ގަޔާވެގެން އުޅޭ އާމިނަތު ޝުޒާނާ (ސުޒާ) އެވެ. އޭނާ އެ ކްލާސް ނަގައިދޭތާ 15 އަހަރު ވީ އެވެ. އެންމެ އަޖައިބުކުރުވަނިވި އެއް ކަމަކީ ފެށުނީއްސުރެ އޭނާގެ ކްލައިންޓުންގެ ގޮތުގައި ތިބި ބައެއް މީހުން އަދިވެސް އޭނާ ދޫނުކޮށްލުމެވެ. އަނެއް ބަޔަކު އެ ކަސްރަތުގައި އުޅޭތާ 10 އަހަރު ވެދާނެ އެވެ. ކްލާހުގެ ގިނަ ބައިވެރިން މިހާތަނަށް ފަސް އަހަރު ހޭދަކޮށްފި އެވެ. 

ޒުންބާ ހަދަން އެންމެ ފުރަތަމަ ޝުޒާނާ ގުޅުނީ ހީޓް ހެލްތު އެންޑް ފިޓްނަސްއާ އެވެ. އޭޑީކޭ ހޮސްޕިޓަލުން ތަރައްގީކުރި ދަ ވެލްނަސް ކްލަބްގައި އެ ކްލާސް ނަގައިދޭން އޭނާ ފެށީ އެތަނުގައި ކަސްރަތުގެ ބައި ކުރިއަށް ގެންދަނީ ހީޓުން ކަމަށް ވާތީ އެވެ. 

ހީޓްގައި ސްޓެޕް އެރޮބިކްސް ތަމްރީން ހެދީ 2008 ގަ އެވެ. އެއަށް ފަހު ލެސްމިލްސްގެ ޕްރޮގްރާމެއް ކަމުގައިވާ ބޮޑީ ޖޭމް އިންސްޓްރަކްޓަރަށް ވި އެވެ. އަދި 2012ގައި ހީޓުން ޒުންބާ ތައާރަފު ކުރުމާ އެކު އޭނާ ވީ ޒުންބާ އިންސްޓްރަކްޓަރަކަށެވެ. މީގެ އިތުރުން އޭނާ އަކީ އޭސް ސާޓިފައިޑް ޕާސަނަލް ޓްރެއިނާއެއް ވެސް މެ އެވެ.

ޝުޒާނާ ބުނަނީ އެއްވެސް ބައިވެރިޔަކަށް ތަފާތުނުކުރާނެ ކަމަށް

އަދިވެސް އޭނާ އެހެެރީ އެ ގޮތުގައި، އެ ލޯބީގަ އެވެ. ޖިމްތަކަށް އޮންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކްލައިންޓުން ހަރުނުލުމެވެ. ކިތަންމެ ފިޓުވާން އަޒުމްކަނޑައަޅައިގެން ދާ މީހާ ވެސް، އަހަރުގެ ކުރީކޮޅު ނުވަތަ މަހުގެ ކުރީކޮޅު ވަކިވެދާނެ އެވެ. 

ޝުޒާނާ ކާމިޔާބުކަމާ އެކު ކްލައިންޓުން ހިފަހައްޓަން ކުރާ އެންމެ މުހިއްމު އެއް ކަމަކީ އެއްވެސް ކްލައިންޓަކަށް ތިމާއަކީ ބާކީވެފައި ހުރި މީހެއްކަމުގެ އިހުސާސްވިޔަ ނުދިނުމެވެ. ތަފާތު ނުކުރުމެވެ. އޭނާގެ ކްލާހަށް އަންނަ މީހުންގެ އުމުރުގެ ތަފާތެއް އޭނާ ނުގެންގުޅެ އެވެ. ފުރަތަމަ ބައިވެރިވާ އިރު އޭގެ ހަމަތަކަށް ފައި އަޅަން އެނގުނަސް، ނޭނގުނަސް އޭނާ ކަންބޮޑެއް ނުވެ އެވެ.

ޝުޒާނާ އާއި އޭނާގެ ޒުންބާ ކްލާހުގެ ބައެއް ބައިވެރިން

"ކްލާސް ހަދާ އިރު އެއްވެސް މީހަކަށް އިހްސާސެއް ނުކުރެވޭނެ ތިމަންނައަކީ ނަށަން ނޭނގޭ މީހެކޭ، ނުވަތަ ދުވަސްވީ މީހެކޭ،" ޝުޒާނާ ބުންޏެވެ.

"ޒުންބާއަކީ އެކަހަލަ އެއްޗެއް. ކޮންމެ މީހަކަށް ވެސް އިހްސާސްކުރެވޭނީ 'އައި އެމް ވެރި ގުޑް އެޓް ދިސް' އޭ." 

ކްލާހުގެ އެއްވެސް މީހަކަށް އަނެކަކު ހަދާ ގޮތް ބަލާނެ ފުރުސަތެއް ނުދެ އެވެ. އެމީހަކު އުޅެނީ އެމީހެއްގެ ހާލައިގެންނެވެ. ބީޓާ އެއްވަރަށް ފައިހަމަކޮށް އުނަގަނޑު އަނބުރާލައި، ގައިން ކެލޮރީސް އަންދާލެވޭތޯ އެވެ. އެ ފޯރި އާއި ހަކަތަ ޝުޒާނާ ނެރެދެެ އެވެ. 

ޒުންބާއަކީ ކަސްރަތެއްގެ ގޮތުގައި ގިނަ ފަައިދާތަކެއް ލިބޭ ހަރަކާތެކެވެ. އެގޮތުން؛

  • ނެށުމާ އެއްވަރަށް އެރޯބިކް ކަސްރަތުތަކެއް ހިމެނޭތީ މީހާގެ ބަރުދަން ލުއިކުރަން އެހީވެދޭ

  • ޒުންބާ ހެދުމުން މީހާގެ ހިތުގެ ސިއްހަތު ވަރުގަދަކޮށްދީ، ފުުއްޕާމޭގެ ކެޕޭސިޓީ ބޮޑުކޮށް، ލޭ ދައުރުކުރަން އެހީތެރިވޭ

  • އެއީ މުޅި ހަށިގަނޑަށް ލިބޭ ކަސްރަތެއް. އަތާއި ފަޔާއި ބަނޑާއި ބުޑުގެ މަސްތައް ހިމެނޭ

  • ޒުންބާ ހެދުމުން މީހާގެ ކޯޑިނޭޝަން ހަމަޔަކަށް އެޅި ބެލެންސް ރަނގަޅުކޮށްދޭ

  • މީހާގެ މޫޑު ރަނގަޅުކޮށްދީ ހަކަތަ ޖައްސައިދޭ

  • މީހާގެ އިޖްތިމާއީ ގުޅުމަށް ވެސް ހެޔޮ ބަދަލެއް އާދޭ

ގަޑިއެއްގެ އިރަށް ދެމިގެންދާ ކްލާހުގައި އެންމެ ޒުވާން އުމުރުގެ މީހުން ފެށިގެން މާމައިން ވެސް ބައިވެރިވެ އެވެ. ބޭނުންކުރަނީ އެންމެނަށް ވެސް ނަށާލެވޭ ފަސޭހަ ލަވަތަކެކެވެ. ހަމައެކަނި އުނަގަނޑު ތަޅުވާލައިގެން ވެސް ފުއްދާލެވޭހާ ހަކަތަ، އޭގެން އޭނާ ނެރެދެ އެވެ. 

"ޓްރެންޑްވާ ލަވަތަކަށް ބަލައިގެން އަމިއްލައަށް ޗޫސް ކުރަން. ކޮރިއޮގްރަފީ ވެސް ހަދަން. ޒުންބާގައި އެ ފްލެކްސިބިލިޓީ އޮވޭ،" ޝުޒާނާ ބުންޏެވެ.

އޭނާގެ ޒުންބާ ކްލާހަށް މީހުންގެ ޝައުގުވެރިކަން ދަމައިގަންނަން ފެށި އަނެއް ކަމަކީ ވަކި ހާއްސަ ހެދުމެއް ލާން ޖެހޭ ދުވަހެއް ތައާރަފުކުރުމެވެ. ކޮންމެ މަހަކު ވެސް ކޮންމެވެސް އެއް ތީމަކަށް އެންމެން ދާނީ ހެދުން އަޅައިގެންނެވެ.

އެކި ތީމަށް ހެދުން އަޅައިގެން ޒުންބާ ހެދުމަކީ ބައިވެރިންނަށް މަޖާގަނޑެއް 

"ފެށީ ސްކާޓް ލުމުން. [އެކަމަކު] ސްކާޓް ލައިގެން ސުޒާ އެކަނި ނެށިޔަސް އަދި ނުވޭ. އެ އިހްސާސް އެބަ ޖެހޭ ކްލައިންޓުންނަށް ވެސް ކުރެވެން،" ޝުޒާނާ ބުންޏެވެ.

އެހެންކަމުން ޒުންބާއަށް ތައްޔާރުވެގެން އެ ކްލާހަށް ވަންނަ އިރު ގިނަ މީހުން ތިބޭނީ މިނީ ސްކާޓްގަ އެވެ. ދަ ވެލްނަސް ކުލަބުން އެމީހުންނަށް ހޯދައިދެނީ ރައްކާތެރި ޖާގައެކެވެ. ބޮލީވުޑް، ހަވާއިއަން ފަދަ ތީމްތަކަށް ނަށަން ނުކުންނަ އިރު ތިބެނީ ފުލް މޭކަޕްގަ އެވެ.

ނިއޯން ތީމަށް ތައްޔާރުވެގެން ތިބި ޒުންބާ ކްލާހުގެ ބައިވެރިން
ނިއޯން ތީމަށް ތައްޔާރުވެގެން ޒުންބާ ހަދަނީ

ހަށިގަނޑަށް ބަނޑިބަނޑި ލައްވާލައި، ދާތައް ނެރެ ނިންމާލާ އިރު، އެ މަޖާގަނޑާއި ފޯރީގައި ބައިވެރިން ތިބެނީ އެތައް ސަތޭކަ ކެލޮރީއެއް އަންދާލައިގެންނެވެ. 

"ބައެއް ކްލައިންޓުން ޒުންބާ ހަދަން ހޯދާ ވަގުތަކީ ހަމައެކަނި އަމިއްލަ ނަފްސަށް އެމީހުން ހޯދާ ވަގުތުކޮޅެއް،" ބައިވެރިންގެ މިޒާޖާ ބެހޭ ގޮތުން ޝުޒާނާ ބުންޏެވެ.

އެފަދަ ކްލާހެއްގައި ބައިވެރިވާނީ އެކި ކަހަލަ މިޒާޖުގެ މީހުންނެވެ. ނަމަވެސް ކަސްރަތުގެ ބައި ނިންލާ އިރު އެންމެ މޫޑު ގޯސްކޮށް ހުންނަ މީހާގެ މޫޑު ވެސް ރަނގަޅުކޮށްލަ އެވެ. މޫނުމަތިން ފެންނަނީ ބޮޑު ހިނިތުންވުމެކެވެ.

ކްލާހުގެ ފޯރި ގަދަކުރަން ކޮންމެ މަހަކު އެންމެ ލުއިވި މީހާ ހޮވައި، 'ބިގަސްޓް ލޫޒާ އެވޯޑް' ދިނުމާއި ކޮސްޓިއުމް ޑޭގައި އެންމެ ފުރިހަމައަށް ހެދުން އަޅައިގެން ދާ މީހާ ހޮވަ އެވެ.

ޒުންބާއަކީ ދަ ވެލްނެސް ކްލަބްގައި ޝުޒާނާގެ މެއިން ވޯކްއައުޓް އެވެ. 

ދަ ވެލްނަސް ކްލަބުގެ ތަމްރީން ޕްރޮގްރާމްތަކުގައި ޝުޒާނާ ބަައިވެރިވޭ

އެތަނުގައި ހިންގާ މުހިއްމު އެއް ޕްރޮގްރާމް ކަމަށްވާ 'ޓްރާންސްފޯމާ'އާ ގުޅޭ ކްލައިންޓުންގެ މެންޓާއަކީ ވެސް ޝުޒާނާ އެވެ. ބަރުދަން ލުއިކުރަން އުނދަގޫ އަދި ޕޮލިސިސްޓިކް އޯވާރީސް ސިންޑްރޯމް ކަހަލަ ސިއްހީ ހާލަތެއް ހުންނަ މީހުންނަށް ހާއްސަކޮށްގެން އެމީހުންގެ ބަރުދަން ލުއިކޮށްދޭން އެންމެ ގުޅޭ ޕްރޮގްރާމެއް ހޯދަން އޭނާ އެހީތެރިވެ އެވެ.

ކަސްރަތުކޮށްގެން ރަނގަޅު ނުވިޔަސް ޕޮލިސިސްޓިކް އޯވަރީސް ސިންޑްރޯމް ހުންނަ މީހުންނަށް އެ ކަސްރަތުތަކުގެ ސަބަބުން ލުއިވެ އެވެ. ޝުޒާނާ ވަނީ އެކަން ތަޖުރިބާކޮށްފަ އެވެ.

ކްލާހުގެ ބައިވެރިންނާ އެކު: އަބަދުވެސް ބާއްވަނީ ގާތްކަން

އެ ލިބޭ ލުޔަކީ، އޭނާ ދެކޭ ގޮތުގައި، ބަލިމީހުންނަށް ވެސް ބޮޑު ކާމިޔާބީއެކެވެ. 

އަހަރެމެންނަށް ޔަގީންކަމާ އެކު ބުނެވިދާނެ އެވެ. ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި އެހާ ދިގު މުއްދަތެއް ހޭދަކުރުމަކީ ޝުޒާނާއަށް ވެސް ފަހުރެކެވެ. ގިނަ ދުވަސްވީ ކްލައިންޓުންނާ އެކު އޮންނަ ގުޅުން އެހާމެ ބަދަހި އެވެ. އެހެންކަމުން އެއީ އޭނާގެ ގާތް ރަހުމަތްތެރިންކަމުގެ އިހުސާސްކުރެވެ އެވެ.

ޝުޒާނާއަކީ ކަސްރަތުގައި ނަމޫނާ އިންސްޓްރަކްޓަރެއް

އޭނާ މާބަނޑުވި ދުވަސްވަރު ކަސްރަތާ ދުރުވާން މަޖުބޫރުވާ ވަރަށް ސިއްހީ ހާލަތު ބަދަލުވި އެވެ. އެކަމަކު މިހާރު ދެ ކުދިން ތިބި ޝުޒާނާ އެ ދެ ފަހަރު ވެސް ވިހައި ގަދަވެގެން ކްލާހަށް ނުުކުތީ އިތުރު ފޯރި އާއި ހިތްވަރާ އެކުގަ އެވެ.

ޝުޒާނާ ރީހެބް ޓްރެއިނާ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު

ޒުމްބާ ކްލާސް ނެގުމުގައި ހޭދަކުރަނީ ވަޒީފާއެއްގެ ވަގުތަށް ވުރެ ބޮޑަށް އޭނާ ގަބޫލުކުރަނީ އެކަން ގުޅިފައި އޮތީ އެ ދާއިރާއަށް ހުންނަ ހާއްސަ ލޯތްބާ ކަމަށެވެ. އެހެންކަމުން 15 އަހަރު ހޭދަވީކަމުގެ އިހުސާސެއް ނުކުރެވެ އެވެ.

ކްލާސް ނިންމާލާ އިރު އަދިވެސް އޭނާއަށް ލިބެނީ އާ ހަކަތައަކާއި އާ އަޒުމެކެވެ. ކްލާހުގެ ބައިވެރިންނަށް އާ ހިތްވަރެކެވެ.

ކޮމެންޓް (14)

ާކްލަޔަންޓް

29 މާރިޗު 2024
އައި ވިޝް ސުޒާ ބުނާ ނަމަ އޭ ކްލާސް ފެއްޓުމުގެ ކުރިން ނިއު ނުވަތަ އެއްވެސް ކުއްޖަކު ނުދަަންނަ ނަން ނޭނގޭ ކުއްޖެއް ހުރިމަނަ ނަން އަހާލާ ފްރެންޑް ވެލަން. އަޅުގަނޑު ދެކެނީ މި ގޮތައް ކުރިއަށް ގެންގޮއްސި ނަމަ ވަރަށް ވެލްކަމް ފީލް ވާނެ ކަމަށް އަލަށް ޖޮއިން ކުރާ ކުދިންނަށްވެސް އަދި ގުރޫޕް ހަދައިގެން އުޅެނީއޭ ބާކީ ވެފަ ނުކެރިފަ ހުންނަ ފީލް ނުވެ ހެޕީ ކޮށް ކްލާސް ހަދާލާ އަދި ހަމަ ކްލާހަށް ގަވައިދުން އަންނަ ހިތްވާނެ. ދިސް އިޒް މައި އައިޑިއާ ފްރޮމް މައި އެކްސްޕީރިއަންސް ހަމަ ޝެއާ ކޮށްލީ .. އަސްލު އަލަށް ޖޮއިން ކުރާއިރު ނުވަތަ ފްރީ ނިއުރިލީސް ކްލާސް އެެއް ހަދާލަން އަލަށް ދާއިރު މި ގޮތައް ކްލާސް ވެލްކަމިންގ ވެއްޖެނަމަ ގިނަ ކުދިން ހަމަ ނިއު ރިލީސް ގެ ފްރީ ކްލާސް ގެ ފަހުުން ވެސް ޖޮއިން ކުރާނެ ކަމަށް ދެކެނީ.. އެއީ އިންސްޓްރަކްޓަަރ އަކީ ކްލާސްގެ ލީޑަރ އެންޑް އެވްރީވަން ވިލް ހަމަ ލަވިންގލީ ފޮލޯ އިންސްޓަކްޝަންސް ތައް އެހެން ކަމުން އަޅުގަނޑު ދެކެނީ މިގޮތަސް ސުޒާ ބާރު އަޅައި ފިއްޔާ ގިނަ މޫނު ތަކެއް ފެންނާނެޔޭ.. (:
-1 -1

ޜާޔާ

31 މާރިޗު 2024
@ާކްލަޔަންޓް ސުޒާ ތި ބުނިގޮތައް ކަންކުރޭ މިހާރުވެސް އަލައް އައްނަ ކުދިނައް ހަމަ އެކަމަކު ކުރީގަ އޮއްނަ ގޭންގު އޮއްނާނީ ވަކިހިއްޕާލާފަ ފަހަތައް އެއްލަވައައް ދާން ބުނީމަވެސް އެ ގޭންންގު ކުދިކިޔަމުން އައްނާނީ ފަހަތައް ސުޒާ ހަމަވަރައް ބެސްޓު
-1 1

އ.އަލީ

27 މާރިޗު 2024
ސުޒާއަކީ ރާއްޖޭގެ އެންމެ ރީތިކޮށް ޒުންބާ ހަދާ އިންސްޓްރަކްޓަރ، ސުޒާ ނަށާލާތަން ބަލާލަން އެކަނިވެސް އެބަދަން ކްލާހަށް ޖޮއިންވެލަން،
5 3

ާިއިބޫ

28 މާރިޗު 2024
@އ.އަލީ އެކަން ވަރައް saafu އާޝާ އައް ބަލާލުމުންވެސް
-1 -2

އަބޫގެ ދޯސްތް

27 މާރިޗު 2024
ސުޒާގެ ކްލާސް އަށް އަބޫ، އާޝާ، ހަޒުރަތު އަދި ހައްވަލް ކަހަލަ އެތައް ކުދިންނެއް ގަވައިދުން ދާނީ ސުޒާ އަންނަނަމަ. ސުޒާ ވިހަން ޗުއްޓީ ނެގީމަ މި މޫނުތައް ކްލާހުން ގެއްލޭ. ލޯޔަލް ކްލައިންޓްއިން ގިނަ ފިސާރި އިންސްޓްރަކްޓަރ އެއް ސޫޒާ އަކީ
6 -1

އާޝާ ޕީ

27 މާރިޗު 2024
ކިތަންމެ ބިޒީ ދުވަހެއްގަވެސް އަހަރެން ސުޒާ ޒުންބާ ކަަޓުވާނުލަން، ސްޓްރެސް ފިލުވާލަންވެސް ސުޒާ ކްލާހަށް ޖޮއިން ވެލަބަލަ!
3 3

ސުޒާ ޒުންބާ ގަ 14 އަހަރު

27 މާރިޗު 2024
ބެސްޓް ޒުމްބާ އިންސްޓްރަކްޓަރ އިން ޓައުން! ވަރަށް ލޯބި ކުއްޖެއް! އެއްވެސް ކްލަައިންޓެއް ތަފާތު ނުކުރާނެ، ކްލާސް ކުދިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށްވެސް ކްލާހުގެ ބޭރުން ތަފާތު ކަންތައް ހިންގާލާނެ، އެންމެ ފާހަގަ ކޮށްލެވެނީ ޒުންބާ ވައިބާ ގްރޫޕް ގަ ރޯދަމަހު ބާއްވާ މީކާކު ޕްރޮގްރާމް😀 ވީ ލަވްޔޫ ސުޒާ 🫶🏻
13 0

ފަހީ

27 މާރިޗު 2024
ސުޒާ ވަރަށް ނައިސް. އެކަމަކު ވަކި ގޭންގް އާ ހުރެ ސުޒާ ކުލާހުގަ އަލަށް ދާ މީހަކަށް ކުލާސް ހެދުމަކީ ވަރަށް އުނދަގޫކަމެއް. އަނެއްކޮޅުން ސްޓޭޖަށް އަރާ ތިބެނީ މުޅިންވެސް ސެޓިފައި ނުވާ މީހުން. ވަރަށް އުނދަގޫ ކަމެއް
2 10

ސުލް

27 މާރިޗު 2024
ވަރަށް ލޯބި ކުއްޖެއް ސުޒާއަކީ. އެތަނަށް ދިޔައިރު ނަށަން ނޭނގެ މަށަކަށްވެސް. އެކަމަކު ވަރަށް ހަނދާންވޭ ސުޒާ ބުނާނެ މީކީ މޮޅަށް ނަށަން އެނގޭ މީހެއް ބަލަން ކުރާ ކަމެއް ނޫނޭ. ގޯ ވިތް ދަ ފްލޯ އަކީ އަސްލު އެތާ އޮންނަ އުސޫލު. އަދިވެސް ދާ ހިތްވޭ. ސުޒާ ދެކެ ވަރަށް ލޯބިވޭ.
4 -1

ޒާނާ

27 މާރިޗު 2024
ސުޒާނާވެސް ޒުމްބާވެސް ރަނގަޅު، އެކަމް ގްރޫޕް ފޮޓޯތަކުގަ ތިތިބަ މީހުން ހަށިގަނޑުން ހީވަނީ ކަސްރަތެއް ނުކުރާބައެއްހެން
4 6

އާޝާގެ ފްރެންޑެއް

27 މާރިޗު 2024
ސުޒާ ޒުމްބާ ކްލާސް ހުއްޓާލައިފިއްޔާ ވެލްނަސް ކްލަބް ހުއްޓޭނެ.. އެއީ ޔަޤީންކަމެއް.
8 1

ހަޒްރަތުގެ ކަސްޓަމަރ އެއް

27 މާރިޗު 2024
އާޓިކަލްގަ އިން ފޮޓޯ އިން ހީވަނީ ސްރީލަންކަން އިސްތިހާރެއް ހެން. ހިނިތުންވުމުން ފުރިފައިވާ، ވަރަށް ޗާލު ފޮޓޯތަކެއް.
6 1

އާޝާ ނަންބަރ 2

27 މާރިޗު 2024
ސުޒާ ކްލާސް އިޒް ދި ބެސްޓް😘
6 2

ޙަޒްރަތުގެ ފްރެންޑް

27 މާރިޗު 2024
ސުޒާ އަކީ ހަމަ އެފަދަ ދެވަނަ އެއްނެތް އިންސްޓްރަކްތަރެެއް. ކީޕް ގޮއިންގް ސުޒާ ❤️
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް