
ފަލަސްތީނުގައި ހެދިފައި ހުރި ކެކްޓަސް ގަސްތަކެއް: މިއީ ފަލަސްތީނުގެ ބިމަށް ވަރަށް ހާއްސަ ދިރުމެއް
ފަލަސްތީނުގެ ދިރުން: ކެކްޓަސް އާއި ޒައިތޫނީގެ ވާހަކަ
މިއީ މިސްރަށް އުފަން ކޮމޭޑިއަން ޑރ. ބައްސާމް ޔޫސުފް އޭނާގެ ފޭސްބުކްގައި ހިއްސާކުރި ކުރު ލިއުމެއްގެ ތަރުޖަމާއެކެވެ.
"ކޮންމެ ތާކުން ތިބާއަށް ކެކްޓަސް ގަހެއް ފެނުނަސް، އެ ހިސާބެއްގައި ފަލަސްތީނުގެ ކޮންމެވެސް ވިލެޖެއް އޮންނާނެ އެވެ."
މިއީ ވެސްޓް ބޭންކަށް ތިބާ ޒިޔާރަތްކޮށްފި ނަމަ އެ މީހުން ބުނާނެ އެއް ވާހަކަ އެވެ. މި ބިމުގެ ސިފަތައް ދުއްވާލުމުގެ ނިޔަތުގައި އިޒްރޭލުން މި ތަނުގެ ސިޓީތަކާއި ވިލެޖްތައް ނެތިކޮށްލަމުން ގެންދާތާ އެތައް އަހަރެކެވެ. ނަމަވެސް މައްސަލައަކީ ކެކްޓަސްތައް އަލުން ދިރިގެން އަންނަ ކަމެވެ. އެމީހުންގެ އާ ގެދޮރު ބިނާކުރަން ބިންގަނޑާއި އެ ބިންގަނޑުގެ ދިރުން ނައްތާލަން ކޮންމެ ގޮތަކަށް މަސައްކަތްކުރިޔަސް، ކެކްޓަސްތައް އެނބުރި އެ އަންނަނީ އެވެ.
މި ފަހުން އަހަރެންގެ ރަހުމަތްތެރިޔަކު އައީ ހަދިޔާއެއް ހިފައިގެންނެވެ. ވެސްޓް ބޭންކްގައި އޮތް އޭނާގެ ވިލެޖްގައި ހަދާ ޒައިތޫނީގެ ތެލެވެ. އަމިއްލައަށް ހަދާފައިވާ ތެލެވެ.
"ތިގަންނަ ޒައިތޫނި ތެޔޮ މަތިން ހަނދާން ނައްތާލާށެވެ. ޒައިތޫނި ތެޔޮ އަހަރެމެންގެ ވިލެޖްތަކުގައި އަމިއްލައަށް މި ހަދަނީ އެވެ."
އެއީ އެތައް ޒަމާނެއް ވީ އުކުޅުތަކެކެވެ. ބައެއް މީހުން ޒައިތޫނި ތެޔޮ ހަދަމުން އަންނަ ގޮތް މީގެ 100 ،200، 400 ނުވަތަ 600 އަހަރަށް ދެމިގެންދެ އެވެ. އެއީ މި ގަސްތައް ފަދަ ދުވަސްވީ ނިޒާމެކެވެ. އެ ބިންގަނޑުގެ އުފެއްދުމަކުން އޭގެ ހުރިހާ ދިޔައެއް ނުކުންނަ ގޮތަށް ފެލައިލަނީ އެވެ. އޭގެ އެންމެ ފަހު ނަތީޖާއަކީ ސާފު ފެހި ކުލައިގެ ރަނެވެ. ހަޔާތުގެ ހުރިހާ ކަމެއްގެ ފަރުވާ އެވެ.

"ތެޔޮ ފޮދެއް އަޅާލާށެވެ،" މިއީ ފަލަސްތީނުގައި ހުރިހާ ކަމަކަށް ވެސް އޮތް ޖަވާބެވެ. ބަނޑުހައިވެފައި ހެއްޔެވެ؟ ތެޔޮ ފޮދެއް އެއްކޮށްލާށެވެ. ކުޑަކޮށް ބަލިވެ ހެއްޔެވެ؟ ތެޔޮ ފޮދެއް އުނގުޅާލާށެވެ. ދުނިޔެއާ މެދު ރަނގަޅު އިހުސާސެއްކޮށްލަން ބޭނުން ހެއްޔެވެ؟ ދުނިޔޭގެ އުމުރުހާ ދުވަސްވީ ޒައިތޫނި، ތިބާއަށްޓަކައި، އެ ހުރީ އެވެ.
އެއީ ހަމައެކަނި ޒައިތޫނި ގަސްތަކެއް ނޫނެވެ. އެއީ އާއިލާއެކެވެ. އެއީ ތިބާގެ ކެއުމެވެ. ޝިފާ އެވެ. އަޅާލުމެވެ. އާއިލާއެއްގެ މެމްބަރަކު ބިމުން ލުހެލާފައި އެއީ ކަލޭމެންގެ ބިމަކަށް ހެދޭނީ ކިހިނެއް ހެއްޔެވެ؟ އެކަމުގައި އަހަރެންގެ ހިޔާލެއް ނެތެވެ. އެކަމަކު އެ ގަސް އެ ވިސްނުމާ ދެކޮޅެވެ. އަދި ކެކްޓަސް ވެސް އެ ވިސްނުމާ މުޅިން ދެކޮޅުމެ އެވެ. ފަހަރެއްގައި އަހަރެމެން މި ދެކޭ ގޮތް ވެސް މުޅިން ގޯސްވެދާނެ އެވެ. ފަހަރެއްގައި ޒައިތޫނި ގަހަކީ ފަލަސްތީނު ރައްޔިތުންގެ ދެމިގެން އަންނަ ތަރިއަކަށް ނުވެދާނެ އެވެ. ފަހަރެއްގައި ފަލަސްތީނު ރައްޔިތުންނަކީ އެ ބިމުގެ ދެމިގެން ގޮސްފައިވާ ދިރުމެވެ. އެއީ ގަސްތަކެއް ފަދަ ބައެކެވެ. އެމީހުން ގައިގައި ތެޅިދާނެ އެވެ. އެ މީހުންނަށް ޕްރެޝަރުކުރެވިދާނެ އެވެ. އެމީހުން ފެލައި ވެސް ލެވިދާނެ އެވެ. އަދި އިންސާނަކަށް ކެތްނުކޮށްލެވޭ ހިސާބަށް ވެސް ގެންދެވިދާނެ އެވެ. އެކަމަކު އެ މީހުން މަރެއްނުވާނެ އެވެ. އެއީ ފެހި ކުލައިގެ ރަން ހަދަން ޗިސްކޮށްލާ ޒައިތޫނި އޮށެއް ފަދައިންނެވެ. މަރުވުމަށް ފަހު، އެތައް މިލިއަން ދިރުމެއް އުފަންވެ އެވެ. އެ މީހުންގެ އެ ރިހުން އަސްލު ބަދަލުވަނީ އަހަރެމެން އެންމެންނަށް އޮތް ޝިފާއަކަށެވެ.
އެ މީހުން މުލުން ލުހެލަން މަސައްކަތްކުރިޔަސް ދުރަކަށް ނުދާނެ އެވެ. ކަލޭމެންގެ ވިސްނުން ހުންނާނީ އެހެން ވެދާނެއޭ ހީވާ ބީދައަކުންނެވެ. އެކަމަކު އެ މީހުން އެނބުރި އަންނާނެ އެވެ. ކެކްޓަސް ފަދައިންނެވެ. ކަލޭމެންނާ ދެކޮޅަށެވެ. ކަލޭމެންގެ އަނިޔާތަކާ އެކު އެވެ. އެމީހުން ތިބޭނީ އެ ތަނުގަ އެވެ. އަބަދަށެވެ.
ކޮމެންޓް