އދ. ފެންފުށީގައި މިއަދު މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވި ދެ މީހުންގެ ތެރެއިން މަރުވި އީސާ ޖުނާހު މުހައްމަދު. (ފޮޓޯ/ފޭސްބުކް)

ފެންފުށިން މަރުވި ޒުވާނާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތ. ދިޔަމިގިއްޔަށް އުފަން ޖުނާހު، 23، މަރުވީ މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވެގެން އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް

އދ. ފެންފުށީގައި މިއަދު ހަވީރު މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް މަރުވި އީސާ ޖުނާހު މުހައްމަދުގެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ތ. ދިޔަމިގިއްޔަށް އުފަން ޖުނާހު، 23، މަރުވީ މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވެގެން އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ. އޭނާއާ އެކު މޫދަށް އެރި އުޅުނު ފިރިހެނެއްގެ ހާލު ދެރަވެގެން މިހާރު ވެސް އެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ތަފްސީލް - ޖުނާހުގެ މަރާ ގުޅިގެން ރައީސް ސޯލިހު ވަނީ ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު އަބްދުއްޝުކޫރާ ފޯނުން ގުޅުއްވައި އެ ރަށުގެ ހާލަތު ބައްލަވާލައްވާފަ އެވެ. ރައީސް އޮފީހުން ބުނީ:

  • ޝުކޫރު ވަނީ ހާދިސާގެ މައުލޫމާތު ރައީސާ ހިއްސާކުރައްވާފައި

  • އެ ރަށަށް އުދަ އެރުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ މައުލޫމާތު ވެސް ޝުކުރޫ ރައީސާ ހިއްސާކުރެއްވި

  • ރައީސް ސޯލިހު ވަނީ ޖުނާހުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި

  • އެ ރަށަށް ސަރުކާރަށް ކޮށްދެއްވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި

އެނގުން މުހިއްމު - މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރައި ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ފެންފުށި ވެސް ހިމެނެއެވެ. 

ޖުނާހު އާއި އޭނާއާ އެކު މޫދަށް އެރި އުޅުނު 19 އަހަރުގެ އެކުވެރިޔާ ފެނުނީ އެ ދެ މީހުން ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އެ ދެ މީހުން މޫދަށް އެރި އުޅުނީ ފެންފުށީ ތުނޑި ސަރަހައްދަށް ކަމަށްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް