ދިރާގު ހައިސްޕީޑް އިންޓަނެޓް އަދި ޓީވީގެ ހިދުމަތް ފެހެންދޫއަށް ތައާރަފުކުރުން (ފޮޓޯ/ދިރާގު)
ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީ ފެހެންދުއަށް
ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ބ. ފެހެންދޫ އަށް ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން އެ ހިދުމަތްތައް މިއަދު އިފްތިތާހު ކޮށްފައިވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އިނާޔަތްތަކަކާ އެކު އެވެ.
ތަފްސީލް - އެގޮތުން:
-
ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުން
-
ފައިބާ އަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީ ހިލޭ ލިބޭނެ
-
ދިރާގުން ބުނީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރެވޭނެ ކަމަށް
-
ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދޭނެ
-
ޑީކޯޑަރު ވެސް މުޅިން ހިލޭ ލިބޭނެ
ދިރާގުން ބުނީ މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ބުނީ ކީކޭ؟ - ދިރާގުން ބުނީ އެ ކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކް ކަމަށެވެ. އެގޮތުން މިހާރު:
-
ރާއްޖޭގެ ގޭބިސީގެ %85 އަށް ވަނީ ހިދުމަތް ފޯރުކޮށްދީފައި
-
އޭގެ ތެރޭގައި 87 ރަށެއް ހިމެނޭ