ނައިބު ރައީސް ފައިސަލް ނަސީމް އާއި ޔޫއޭއީގެ ކެބިނެޓް އެފެއާޒް މިނިސްޓަރު މުހައްމަދު އަލް ގިރާވީ މިއަދު އެމްއޯޔޫގައި ސޮއިކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ދިވެހި ސަރުކާރު ހިންގުން ޒަމާނީކުރަން ޔޫއޭއީން އެހީވަނީ

މި އެމްއޯޔޫގައި ސޮއިކުރެއްވީ ޔޫއޭއީގައި ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމް
29 މާރިޗު 2022

ދިވެހި ސަރުކާރުގެ ހިންގުން ޒަމާނީކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ން އެހީވުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ޔޫއޭއީއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ޔޫއޭއީގެ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމެންޓް ސަމިޓުގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ:

  • ރާއްޖޭގެ ފަރާތުން ނައިބު ރައީސް ފައިސަލް ނަސީމް

  • ޔޫއޭއީގެ ކެބިނެޓް އެފެއާޒް މިނިސްޓަރު މުހައްމަދު އަލް ގިރާވީ

ތަފްސީލް - ރައީސް އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނި ގޮތުގައި، ދިވެހި ސަރުކާރުގެ އިދާރާތުގެ ގާބިލިއްޔަތުކަން ހަރުދަނާކޮށް، ސަރުކާރު ހިންގުން ޒަމާނީ ކުރަން މި އެމްއޯޔޫގެ ދަށުން ޔޫއޭއީން އެހީވާނެ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ރައީސް އޮފީހަކުން ނުދެ އެވެ.

"މިއީ ދެ ގައުމުގެ ގުޅުމުގައި އިތުރަށް އެޅުނު މުހިންމު ފިޔަވަޅެއް،" ބަޔާނުގައިވެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާ ވޯލްޑް ގަވަމެންޓް ސަމިޓް އިއްޔެ ދުބާއީގައި ކުރިއަށްދަނީ. (ފޮޓޯ/ރައީސް އޮފީސް)

ނައިބު ރައީސް ޔޫއޭއީއަށް ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މަނިކުފާނާ އެކު ބައިވެރިވެވަޑައިގަންނަވަނީ:

  • އެންވަޔަރްމަންޓް އަދި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ

  • ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ އިބްރާހިމް ހޫދު

ވޯލްޑް ގަވަމެންޓް ސަމިޓު:

  • މި ސަމިޓުގެ ޝިއާރެއްގެ ގޮތުން، ކޮވިޑަށް ފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެ ގޮތް ވަޒަންކޮށް، ބަލިމަޑުކަމަށް ފަހު ދުނިޔެ ބައްޓަންކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލުކުރާނެ 

  • އެކި ގައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތް ނިންމާ ފަރާތްތައް މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ

  • ތަރައްގީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް