އެމްއެންޔޫގެ މުވައްޒަފުން ތަމްރީނެއް ފުރިހަމަކުރަން ކްރޮއޭޝިއާގައި. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫގެ މުވައްޒަފުން ކްރޮއޭޝިއާގައި ތަމްރީނުތަކެއް ފުރިހަމަކޮށްފި

މިއީ އީޔޫގެ އެހީއާ އެކު ކުރިއަށްގެންދާ މަޝްރޫއެއްގެ ދަށުން ފުރިހަމަކުރި ތަމްރީނުތަކެއް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މުވައްޒަފުން ކްރޮއޭޝިއާގައި މަސައްކަތު ތަމްރީނުތަކެއް ފުރިހަމަކޮށްފި އެވެ.

ވީ ކިހިނެއް؟ - ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީއާ އެކު އެމްއެންޔޫއިން ކުރިއަށްގެންދާ 'އެޑްވާންސިން ހަޔާ އެޑިއުކޭޝަން އިން ދަ މޯލްޑިވްސް ތުރޫ އީ-ލާނިން ޑިވެލޮޕްމެންޓް (އެމެޑް)' ޕްރޮޖެކްޓްގެ ދަށުން މި މަހު ކްރޮއޭޝިއާގައި ކުރިއަށްގެންދިޔަ "ޖޮބް ޝެޑޯއިން" ޕްރޮގްރާމެއްގައި އެމްއެންޔޫގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން، އެމްއެންޔޫގެ މުވައްޒަފުން ވަނީ އީ-ލާނިން ތަރައްގީކުރުމަށް ބޭނުންވާ އިންފްރާސްރަކްޗާގެ އިތުރަށް، ކޯސްތައް ފަރުމާކުރުމަށް ބޭނުންކުރާނެ ތަފާތު ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ފްރޭމްވާކްތަކާ ގުޅޭ ތަމްރީނު ހޯދާފަ އެވެ.

އެމްއެންޔޫގެ މުވައްޒަފުން ވަނީ މިފަދަ ތަމްރީނު ޕްރޮގްރާމެއް 2019ގައި ސްޕެއިންގެ ބާސެލޯނާގައި ވެސް ފުރިހަމަކޮށްފަ އެވެ.

އެމްއެންޔޫގެ މުވައްޒަފުން ތަމްރީނުތަކެއް ފުރިހަމަކުރަން ކްރޮއޭޝިއާގައި. (ފޮޓޯ/އެމްއެންޔޫ)
އެމްއެންޔޫގެ މުވައްޒަފުން ތަމްރީނުތަކެއް ފުރިހަމަކުރަން ކްރޮއޭޝިއާގައި. (ފޮޓޯ/އެމްއެންޔޫ)

އެމެޑް ޕްރޮޖެކްޓް:

  • 2019ގައި ފެށި ޕްރޮޖެކްޓެއް

  • ރާއްޖޭގައި ދޭ މަތީ ތައުލީމު، އީ-ލާނިން މެދުވެރިކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ހިންގާ މަޝްރޫއެއް

  • މިއީ ސްޕެއިންގެ 'ދަ އޯޕަން ޔުނިވާސިޓީ އޮފް ކެޓަލޯނިއާ އާއި ކްރޮއޭޝިއާގެ 'ދަ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އެންޑް އިންފޯމެޓިކްސް އެންޑް ކުރޮއޭޝިއަން އެކަޑެމިކް އެންޑް ރިސާޗް ނެޓްވޯކް'އާ ގުޅިގެން ހިންގާ މަޝްރޫއެއް

  • ޖުމްލަ 720،592 ޔޫރޯ (12.3 މިލިއަން ރުފިޔާ) ހަރަދުކުރޭ

ބުނީ ކީކޭ؟ - މި ޕްރޮޖެކްޓްގެ ދަށުން އެމްއެންއެންޔޫއަށް މައިގަނޑު ތިން ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ. އެއީ:

  • ހިޔާލު ބަދަލުކުރުމާއި މަޝްވަރާކުރުމުގެ ތެރެއިން މުވައްޒަފުން ބާރުވެރިކުރުމާއި ތަމްރީނުކުރުން

  • އީ-ލާރނިން ރޯޑްމެޕް ތައްޔާރުކުރުމާއި ވަސީލަތްތައް ދެނެގަތުމާއި ހޯދުން

  • މުވައްޒަފުން ހޭލުންތެރިކޮށް، އެ މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދިނުން

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް