ރައީސް މުއިއްޒު ރާއްޖޭގެ ބައެއް ކެޔޮޅުންނާ އެކު މިއަދު ބޭއްވި ބައްދަލުވުން (ފޮޓޯ/ރައީސް އޮފީސް)
ރައީސް ކެޔޮޅުންނާ ބައްދަލުކުރައްވާ ކަންބޮޑުވުންތައް އައްސަވައިފި
ރައީސް މުހައްމަދު މުއިއްޒު ދިވެހި ބައެއް ކެޔޮޅުންނާ ބައްދަލުކުރައްވާ އެމީހުންގެ ކަންބޮޑުވުންތައް މިއަދު އަޑުއައްސަވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު ކެޔޮޅުންނާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
ތަފްސީލް - އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ރަނގަޅުކުރަން ހުރި ކަންތައް ކެޔޮޅުންގެ ފަރާތުން ރައީސްއާ ހިއްސާކުރި ކަމަށެވެ.
އެގޮތުން މަހުގެ އަގު ދަށްކަމާއި، ފައިސާ އާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސް ކިރުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ރައީސްއާ ހިއްސާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން:
-
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތް ކޮށްދިނުމަށް އެދުނު
-
މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއަރުވަން ކުރެވިދާނެ ކަންކަން ކެޔޮޅުން ވަނި ހިއްސާކޮށްފައި
-
މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަސްވެރިންނާއި ކެއުޅުންނާ ގާތުން، އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެހެން މަސައްކަތް ކުރައްވާނެކަަމަށް ވިދާޅުވެފަ އެވެ.
ކެޔޮޅުން ފާހަގަކުރި ކަންކަން ސީރިއަސް ގޮތެއްގައި ބައްލަވާ އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން މަސައްކަތްޕުޅު ކުރައްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (1)
އަންހެން ކެޔޮޅު