ހއ. ކެލާ: ބައެއް މީހުން ބުނާ ގޮތުގައި ސިހުރުގެ ކަންތައް އެރަށުގައި ވަރަށް ބޮޑު (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ހއ. ކެލާ

ކެލާ ސިހުރު މައްސަލަ: ބަންދަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

ކެލާގައި ސިހުރުގެ މައްސަލަ ބޮޑުވެފައިވާތީ އާއްމުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން

ސިހުރުގެ ސަބަބުން ހއ. ކެލާގައި ބަޔަކު ބަލިވިކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފުލުހުން އިއްޔެ އެ ރަށަށް އަރައި، ގެތައް ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި އިއްޔެ ކެލައަށް ދިޔައީ، ދިއްދޫގައި ތިބޭ 50 އަށްވުރެ ގިނަ ފުލުހުންނެވެ. އެ އެންމެން ރަށަށް އަރައި، ޝައްކު ކުރެވޭ ހުރިހާ ގެއަކަށް ވަނީ އެއް ވަގުތެއްގަ އެވެ. އަދި ބައެއް ގެތަކުން އެކި ކަހަލަ ފޮތްތަކާއި ތަކެތި އަދި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

"އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފައި،" އިތުރު ތަފްސީލު ނުދީ ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޝައްކު ކުރެވޭ މީހުންގެ ގެއިން ގެންދިޔަ ފޮތްތަކާއި ސާމާނުތަކަށް ހެދި ގޮތް ނުބުނެ ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކެލާ ކައުންސިލުން ބުނިގޮތުގައި ފުލުހުން އެ ރަށަށް ދިޔައީ، މީގެ ދެ ދުވަސް ކުރިން ތިން ހަތަރު މީހަކު ވަރަށް ބޮޑަށް ބަލިވެ، ރުގުޔާކުރުމުން، ބަލީގެ އަސްލަކީ ސިހުރު ކަމަށް ތުހުމަތުވުމުންނެވެ.

އެނގިފައިވާ ގޮތުގައި ކެލާގެ ބައެއް މީހުން ތުުހުމަތުކުރާ ނުވަވަރަކަށް ސިހުރުވެރިން އެރަށުގައި އުޅެ އެވެ. އެމީހުންނާ މެދު ކުރިއްސުރެ ޝައްކުކުރާ ކަމަށް ވެސް، ބައެއް މީހުން 'ދައުރު'އަށް ކިޔައިދިނެވެ.

"އަޅުގަނޑުމެންގެ މުޅި އާއިލާ ވެސް އެކަން ތަހައްމަލު ކޮށްފި. މަދު އާއިލާއެއް ފިޔަވައި، ހުރިހާ ގެއެއްގައި ވެސް އުޅޭނެ ސިހުރުގެ ކަންތައްގަނޑު ތަހައްމަލު ކުރާ އެކެއް ނޫނީ ދެ މީހުން." ކެލައިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކޮމެންޓް (3)

profile-image-placeholder

ގަމާރު

2 ޑިސެމްބަރު 2024
މި ޒަމާނުގަ މީހުން ބަލިވީމަ ދައްކަނީ ޑޮކްޓަރަށް. ޑޮކްޓަރަށް ދައްކައި ތަހްލީލުކޮށް ބަލި ދެނެގަނެ އެއަށް ފަރުވާ ކުރަނީ.

ަައއ

2 ޑިސެމްބަރު 2024
@ގަމާރު ކުރީ ޒަމާނުގައި ނަމަ؟

ތެފައާސާ.

2 ޑިސެމްބަރު 2024
"އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފައި،" އިތުރު ތަފްސީލު ނުދީ ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ..... ކިހިނެތްތޯ އެނގެނީ އެންމެން މި ދޫކޮށްލީ ފުލުހުންނަށް ސިހުރެއް ހަދައިގެން ނޫންކަމެއްވެސް؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް